Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި

އިރާގުގެ ހުޅަނގު ސަރަހައްދުގައި ހަރަކާތްތެރިވާ ރެސިސްޓެންސް ގްރޫޕްތަކުން ދިން މިސައިލް ހަމަލާއެއްގައި، އެމެރިކާ ސިފައިންގެ ތެޔޮ އަޅާ ބޯޓެއް ވައްޓާލައި އޭގައި ތިބި ހަ މެންބަރުން މަރުވެއްޖެ. މި ހާދިސާ ހިނގާފައިވާކަން އެމެރިކާގެ ސެންޓްކޮމްއިން ކަށަވަރުކޮށްދިން ނަމަވެސް، އެއީ ހަމަލާއެއްގެ ސަބަބުން ވީ ކަމެއް ނޫން ކަމަށް އެ ފަރާތުން ބުނޭ.

ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 00:34
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ބުރާސްފަތި ދުވަހު އިރާގުގެ ހުޅަނގު ސަރަހައްދަކަށް އެމެރިކާގެ އެއަރ ފޯސްގެ ކޭ.ސީ-135 މަރުކާގެ ރިފިއުލިންގް މަތިންދާބޯޓެއް ވެއްޓިއްޖެ. އީރާނުން ބުނެފައިވާ ގޮތުގައި މި ބޯޓު ވައްޓާލާފައިވަނީ އިރާގުގައި ހަރަކާތްތެރިވާ "ރެސިސްޓަންސް ގްރޫޕް" ތަކުން ދިން ހަމަލާއެއްގައި.

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ބުރާސްފަތި ދުވަހު އިރާގުގެ ހުޅަނގު ސަރަހައްދަކަށް އެމެރިކާގެ އެއަރ ފޯސްގެ ކޭ.ސީ-135 މަރުކާގެ ރިފިއުލިންގް މަތިންދާބޯޓެއް ވެއްޓިއްޖެ. އީރާނުން ބުނެފައިވާ ގޮތުގައި މި ބޯޓު ވައްޓާލާފައިވަނީ އިރާގުގައި ހަރަކާތްތެރިވާ "ރެސިސްޓަންސް ގްރޫޕް" ތަކުން ދިން ހަމަލާއެއްގައި. | އެކްސް

އެމެރިކާގެ އުދުވާނާއި ނުފޫޒު ފެތުރުމުގެ ރަމްޒެއް ކަމަށް ބެލެވޭ، އެ ގައުމުގެ އެއާފޯސްގެ ކޭސީ-135 ސްޓްރެޓޯޓޭންކަރު މަތިންދާބޯޓެއް އިރާގުގެ ރެސިސްޓެންސް ގްރޫޕްތަކުން ވައްޓާލައިފިއެވެ.

އީރާނުގެ ސެންޓްރަލް ހެޑްކުއާޓާާސް އޮފް ދަ ހޯލީ ޕްރޮފެޓް (ސައްލަﷲ އަލައިހި ވަސައްލަމަ) ގެ ތަރުޖަމާނު ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ، އެމެރިކާ ސިފައިން މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންކުރާ މި ބޯޓު ވައްޓާލާފައިވަނީ އިރާގުގެ ހުޅަނގު ސަރަހައްދުގައި ހަރަކާތްތެރިވާ ރެސިސްޓެންސް ގްރޫޕްތަކުން ފޮނުވާލި މިސައިލަކުން ކަމަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެމެރިކާ ސިފައިންގެ ހަ މެންބަރުން ވެސް ވަނީ މަރުވެފައެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، އެހެން ގައުމެއްގެ އިސްތިގުލާލަށް އަރައިގަތުމަށް މަސައްކަތްކުރި އެ ބޯޓުގެ ފަޅުވެރިންނަށް ހައްގު އަދަބު ލިބި، ބޯޓު ވެއްޓުނު އިރު ބޯޓުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުގައި މި ހާދިސާގައި ދެ ބޯޓެއް ހިމެނޭއިރު، އޭގެ ތެރެއިން އެއް ބޯޓު ވެއްޓުނީ އެކުވެރި ގައުމެއްގެ ވައިގެ ސަރަހައްދަށެވެ. އަދި އަނެއް ބޯޓު ވަނީ ރައްކާތެރިކަމާއެކު އިޒްރޭލަށް ޖައްސާފައެވެ.

ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބޯޓު ވެއްޓުނުކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ ދީފައިވާ ހަމަލާއެއްގެ ސަބަބުން ވީ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ސެންޓްކޮމްގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާގެ ކޭސީ-135 މަރުކާގެ ތެޔޮ އަޅާ ބޯޓެއް ގެއްލިފައިވާކަން އެ ކޮމާންޑަށް އެނގިފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ތެރެއިން އެކުވެރި ގައުމެއްގެ ވައިގެ ސަރަހައްދުގައި ކަމަށާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި ބޯޓު ވައްޓާލާފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ހިންގަމުންދާ އަސްކަރީ އުދުވާނުގެ ތެރެއިން، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

1950 ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ އެއާފޯސްގައި ބޭނުންކުރަމުންދާ ކޭސީ-135 މަރުކާގެ ބޯޓުތަކަކީ، ހަނގުރާމަމަތީ ބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮ އަޅައިދީ، އެ ބޯޓުތަކަށް ދުރު ރާސްތާތަކަށް ދަތުރުކުރުމުގެ ގާބިލުކަން އިތުރުކޮށްދޭ މުހިންމު ވަސީލަތެކެވެ. މިއީ އީރާނާއި އެ ސަރަހައްދުގެ އެހެން ތަންތަނަށް މެދުނުކެނޑި ވައިގެ ހަމަލާތައް ދިނުމަށް އެމެރިކާއަށް ކޮންމެހެން ބޭނުންތެރި ބޯޓެކެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ވަނީ އެއްވެސް އުދުވާނަކާ ނުލައި އީރާނަށް އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފައެވެ.

މި ޖަރީމާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި، ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ އަމާޒަކީ ހަމައެކަނި އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތައް ކަމަށާއި، އަރަބި ގައުމުތަކާއެކު ހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމަށެވެ.

އީރާންކޭސީ-135 ސްޓްރެޓޯޓޭންކަރުއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

12 މާރިޗު 2026

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

12 މާރިޗު 2026
އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި
12 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް

12 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް
12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
12 މާރިޗު 2026

އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ

12 މާރިޗު 2026
އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ
12 މާރިޗު 2026

އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު