Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އައު ރޫހީ ލީޑަރުގެ ފުރަތަމަ ބަޔާން ވަރުގަދަ، ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް

ބަޔާނުގައި ބުނެފައި ވަނީ، އީރާން އަކީ ސަރަހައްްދީ ޤައުމު ތަކުގެ ދުޝްމަނެއް ނޫން ކަމަށް. އަދި އީރާންގެ ލަނޑު ދަނޑި އަކީ އެމެެރިކާގެ ބޭސްތައް ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 15:05
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ | ރޮއިޓާސް

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ ފުރަތަަމަ ބަޔާނުގައި ވެސް، މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދު ކުރުމަށް ގޮވާލުމާ އެކު، އިރާންގެ ސާބިތުކަން ދަައްކުވައި ދީފި އެވެ.

އީރާންގެ ދައުލަތުގެ މީޑިއާ އިން ގެނެސްދިން އެ ބަޔާނުގައި މުޖުތަބާ ޚާމަނާއީ ވިދާޅުވެފައި ވަނީ، ސަރަހައްދުގައި ހުރި ޤައުމުތަކާއި އީރާންއާ ދެމެދު މައްސަލައެއް ނެތް ކަމަށާއި، އެ ޤައުމު ތަކަށް ހަމަލާ ނުދޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ޤައުމުތަކުގައި ހުރި އެމެރިކާގެ ބޭސް ތަކަކީ އަމާޒު ތަކެއް ކަމަށާއި، އެ ތަންތަން ބަންދު ކުރުމަށް ވަނީ ގޮވާލައްވައިފަ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ސަރަހައްދުގައި ހުރި ޤައުމުތަކާ އެކު އީރާން އިން ގުޅުން ބާއްވަން ބޭނުންވާ ކަމަށެވެ. އެކަމަކު ބައެއް ޤައުމު ތަކުގައި އެމެރިކާގެ ބޭސްތައް ހުރުމާއި، އެ ބޭސްތައް ބޭނުން ކޮށްގެން އީރާން އަށް ހަމަލާ ދިނުމަކީ ސަރަހައްދަށް ފައިދާ ހުރި ކަމެއް ނޫން ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ އެ ބޭސްތައް ބަންދު ކުރުމަށް ގޮވާލައްވާފައިވެ އެވެ. 

މީގެ އިތުރުން ބަޔާނުގައި ބުނެފައި ވަނީ، އީރާން އަކީ ސަރަހައްްދީ ޤައުމު ތަކުގެ ދުޝްމަނެއް ނޫން ކަމަށެވެ. އަދި އީރާންގެ ލަނޑު ދަނޑި އަކީ އެމެެރިކާގެ ބޭސްތައް ކަމަށް ބުނެފައިވެ އެވެ. ހަމަ އެހެންމެ ހޮރުމޯޒު ކަނޑު އޮޅި ބަންދު ކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ބަޔާނުގައި މުޖުތަބާ ޚާމަނާއި ފެނިވަޑައިގެންފައި ނުވެ އެވެ. ލިޔެފައިވާ ބަޔާން ކިޔާފައި ވަނީ ދައުލަތުގެ ޓީވީގެ ނޫސްވެރިޔަކު އެވެ. 

މަސްދަރު: ސްކައި ނިއުސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީހޯރްމޫޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

12 މާރިޗު 2026

ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ

12 މާރިޗު 2026
ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ
12 މާރިޗު 2026

ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި

12 މާރިޗު 2026
ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި
12 މާރިޗު 2026

އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި

12 މާރިޗު 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި
12 މާރިޗު 2026

އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް

12 މާރިޗު 2026
އެމެރިކާގެ ބިމަށް އީރާން އިން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް، ޓްރަމްޕް ވިދާޅުވީ ބިރު ނުގަންނަ ކަމަށް
12 މާރިޗު 2026

އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް

12 މާރިޗު 2026
އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް
12 މާރިޗު 2026

ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި

12 މާރިޗު 2026
ހަނގުރާމަ ފެށުނު ފަހުން ބަހްރެއިން އިން މިހާތަނަށް 300 ޑްރޯން އާއި މިސައިލް ހުއްޓުވައިފި
12 މާރިޗު 2026

އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި

12 މާރިޗު 2026
އީރާންގެ އަންހެން ކުދިންގެ ސްކޫލް އަށް ދިން ހަމަލާ، އިޓަލީގެ ބޮޑު ވަޒީރު ކުށްވެރި ކުރައްވައިފި
12 މާރިޗު 2026

ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފި
12 މާރިޗު 2026

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

12 މާރިޗު 2026
އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު