Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓް

ފައިނަލް ލިސްޓާ އެކު ފްލެޓް ލިބުނު މީހުންގެ މައުލޫމާތެއް އަދި ޕޮއިންޓް ވެސް އާންމު ނުކުރާނަން:މުއިއްޒު

ފްލެޓަށް އެދި ހުށަހެޅިއިރު ސައްހަ ނޫން މައުލޫމާތު ހިމަނާފައިހުރި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2017 | ހޯމަ 08:43
ހައުސިން މިނިސްޓަރު މުއިއްޒު

ހައުސިން މިނިސްޓަރު މުއިއްޒު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރަން ހަމަޖެއްސި ފްލެޓްތަށް ލިބުނު މީހުންގެ ފައިނަލް ލިސްޓް އާންމު ކުރާއިރު އެއް ވެސް މީހެއްގެ މައުލޫމާތެއް އަދި ލިބުނު ޕޮއިންޓެއް އާންމު ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފްލެޓާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް ހައުސިންގ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ މުއިއްޒު ވިދާޅުވީ ފެލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށާއި ނަމަވެސް ފްލެޓް ލިބުނު މީހުންނަށް ލިބުނު ޕޮއިންޓެއް އާންމު ނުކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ފޯމް ހުށަހެޅިއިރު ލިބުނު ޕޮއިންޓަށް ބަދަލު އައިސް ގޮތް އާންމު ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފޯމް ހުށަހެޅުމަށް ފަހު މިނިސްޓްރީން އަލުްނ ފޯމްތައް ރިވިއު ކޮށް ކުރި ސާވޭތަކަށް ފްލެޓަށް އެދި ހުސަހެޅި މީހުންނަށް ލިބުނު ޕައިޓަށް އައިސްފައިވާ ބަދަލު އެ މީހުންނާ ހިއްސާ ކުރާނެ ކަމަށާއި އަދި ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ނުލިބުނީ ކީއްވެގެންކަން ވެސް އަބްގާނެ ކަމަށެވެ.

އެގޮތުން ފެލްޓާ ގުޅިގެން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ހުރިހައި ސިޓީތަކަށް ވެސް އަދި ޝަކުވާތަކަކަށް ވެސް ޖަވާބް ދޭނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓަށް އެދި ފޯމް ހުށަހެޅިއިރު ސައްހަ ނޫން މައުލޫމާތު ވެސް ފޯމްގައި ހިމިނާފައިވާ ކަމަށެވެ. އަކަން މިނިސްޓްރީގެ ފަރާތުން ގޭގެ އަށް ގޮސް ކުރި ސާވޭތަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން ފްލެޓު ލިބޭ މީހުން ކަނޑައެޅުމުގެ ކުރިން ގޭގެއަށް ގޮސް ހާލަތު ވަޒަން ކުރި ކަމަށާއި އެކަމަށް 246 ދުވަސް މަތިން 984 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ފްލެޓް ލިބުނު މީޙުންގެ ތެރެއިން ދެމެފިރިންނަށް ލިބިފައި ނާނަމަ އޭގެ ތރެއިން އަކަު ފްލެޓް ދޫކޮށްލަން ޖެހޭނެ ކަމަށާއި އެކަން ސަރުކާރުގެ މުއައްސަސާތަކުގެ ތެެރެއިން ކަޝްވަރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަހަރު ދޫކޮށްފައިވާނީ އެއްވަނަ ދަރަޖައިން 500 ފްލެޓް. ދެވަނަ ދަރަޖައިން 161 ފްލެޓް. މާލެއިން ލިބިފިވާ ގޯތިި ސަރުކާރަށް ދޫކޮށްލި 3 ޢާއިލާއަކަށް 25 ފްލެޓާއި ގުޅިފަޅުން ފްލެޓަށް އެދިގެން ތިބި މީހުންގެ ތެރެއިން މިބުރުގައި 18 ފަރާތަކަށް ފްލެޓެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން 7000 ފްލެޓް އަންނަ އަހަރު ދޫކުރެވޭނެ ކަމަށެވެ. އަދި އެފްލެޓްތައް ދޫކުރާނީ ހަމައެކަނި މިހާރު ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ނޫން ކަމަށާއި ކުރިމަތިލުމުގެ ފުރުޞަތު އިތުރު ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެ 7000 ފްލެޓް ދޫކުރެވޭނީ ވެސް ދިރިއުޅުމުގެ ހާލަތު ހުރިގޮތަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ.

"7000 ފްލެޓް މިއަޅަނީ 25 ބުރީގެ ޓަވަރުތަކެއްގަ. އެހެންވީމާ އެފަދަ ބޮޑު މަސައްކަތެއް ނިންމައި ފްލެޓްތަކުގަ އަންނަ އަހަރު ދިރިއުޅެން ފެށޭނެ ކަމަކަށް ނޫން މިދަންނަވަނީ. ނަމަވެސް އެކަށީގެނވާ ވަރަކަށް އިމާރާތުގެ މަސައްކަތްތައް ހުންނާނީ ކުރެވިފަ. ފްލެޓް ލިބޭ ފަރާތްތަކަށް ޔަޤީންކަން ލިބޭވަރުގެ ޤާނޫނީ ލިޔުމެއް ސަރުކާރުން ދޫކުރާނެ." މިނިސްތަރު ވިދާޅުވިއެވެ.

ފްލެޓް ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މަހާރަނި ފާޠިމަތު އިބްރާހީމްގެ ނުފޫޒު ފޯރުއްވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް ޑރ. މުޢިއްޒު ވަނީ ދޮގު ކުރައްވައިފައެވެ. "އެކަމަނާގެ އޮފީހުން ރައްޔިތުންގެ ޚިޔާލު ހޯދަން ކުރާ ދިރާސާތަކާ މިމިނިސްޓްރީގެ މެންޑޭޓުގައިވާ މަސައްކަތްތަކާއި އެއްވެސް ގުޅުމެއް ނެތް. އެކަންކަން ގުޅުވަންވީ އެއްވެސް ސަބަބެއް ނެތް." ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ފްލެޓް ދޫކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ސިޔާސީ ކުލަތައް ޖައްސަން މަސައްކަތްކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށާއި ހައުސިންގ މިނިސްޓްރީން ކަންކަން ކުރަނީ ވަރަށް އިންސާފުވެރިކަމާއިއެކުގައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު