Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުﷲ ޝާހިދު

ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

ގއ. މާމެންދޫގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ ބާރުތައް އަތުލައި ހުރިހާ ކަމެއް މަރުކަޒީ ކުރަން ކަމަށެ. އެހެންކަމުން، ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މި ސަރުކާރަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 11:15
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގއ މާމެންދޫ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގއ މާމެންދޫ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް މުޢިއްޒު ހިންގަވާ ފިނޑި ހުތުރު އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައްވައި ފަހަތަށް ޖެހިވަޑައިގަތުމަށް ޝާހިދު ގޮވާލައްވައިފި އެވެ. 

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން ގއ. މާމެންދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައްޔިތުން އަނިޔާވެރިކަމުގެ ކުރިމަތީ ބޯ ނުލަނބާނެ ކަމަށާއި އަނިޔާވެރިވުމާއި ބިރުދެއްކުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ވޯޓު ލުމުގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭނެ ގޮތަށް ކަންކަން ކުރައްވައި ފަހަތަށް ޖެހިވަޑައިގަތުމަށް ޝާހިދުވަނީ ގޮވާލައްވައިފަ އެވެ.

Advertisement - newsAdvertisement
އަނިޔާވެރިއެއް ނުވެވޭނެ، އަނިޔާވެރިކަމުގެ ކުރިމަތީ ދިވެހިން ބޮލެއް ނުލަނބާނެ. މިހާރު ޕީއެންސީގަ އެކަން ދަސްވާހަ ދުވަސް ވެއްޖެ. މީގެ ކުރިން އުފެދިފައި އޮތް ޕީޕީއެމް ގެ އަނިޔާވެރި ސަރުކާރުން ވެސް އެކަން އެހިސާބަށް ގެންދިޔަ. އެއަށްވުރެ މާ މައްޗަށް ގެންދިޔަ، އެހެންނަމަ ވެސް ކިހިނެއްތޯ؟  އާހިރުގައި ވީ ހަމަ ބޮޑުތަނުން ބަލި. މިފަހަރުވެސް ވާނީ ހަމަ އެހެން. 
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ފަރިތަ ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ލާމަރުކަޒީ ނިޒާމު ހިންގަން އެނގޭ ޕާޓީ އަކީ ވެސް އެމްޑީޕީ ކަމަށެވެ. އަދި މިސަރުކާރު ހިންގާ ޕާޓި ޕީއެންސީ އަށް ފަރިތައީ ރަށްރަށަށް ގާނޫނުން ދީފައިހުރި ބާރުތައް އަނބުރާ އަތުލައި މާލޭގައި ހުންނަ މިނިސްޓްރީއަކަށް ގެންދިއުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ ކަމަށާއި މިސަރުކާރު ބަލި ނުކުރެވިއްޖެ ނަމަ ރަށްރަށުގެ ކަންކަން ނިންމާނީ މާލޭގައި އޮންނަ މިނިސްޓްރީއަކުން ކަމަށެވެ. އެންމެ ކުދިކުދި ކަންކަންވެސް ދެން ކުރެވޭނީ މާލޭގައި ހުންނަ މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެއީ މިސަރުކާރުން ބޭނުންވާ ގޮތް ކަމަށާއި އެކަން ވިޔަ ނުދިނުމަށް ކެނޑިނޭޅި ހުރިހާއެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޑރ. މުއިއްޒުއަބްދުﷲ ޝާހިދުއެމްޑީޕީޕީއެންސީގއ. މާމެންދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

11 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

10 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު