Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

އާޒިމް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް އަންނަނީ ސިޔާސަތުތަކާ އެކުގައި ކަމަށާއި، އެމްޑީޕީއާ އެހެން ޕާޓީތަކާ ތަފާތުވަނީ ވެސް އެގޮތަށް ކަމަށް. އެގޮތުން އެމްޑީޕީން އަބަދުވެސް ކަމެއް ކުރުމުގެ ކުރިން ލިއެކިއުމަށް އެކަމެއް ތިރިކޮށް ރައްޔިތުންނަށް ދައްކާކަމަށް އާޒިމް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މާރިޗު 2026 | ބުދަ 05:44
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ

މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފެންނަމުންދަނީ އެވަގުތަކު ހިތްޕުޅަށް އައި އެއްޗެއް ވިދާޅުވެ އެ އެއްޗެއް ވައުދަކަށް ހައްދަވަމުން ގެންދަވާ މަންޒަރުކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޑޯޓުޑޯ ޙަރަކާތް ރެއަށް ނިންމަވާލެއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ޚާއްސަ މެނިފެސްޓޯ އެމްޑީޕީން އެކުލަވާލިއިރު މާލެސިޓީއަށް އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓުންނާއި، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު އަދި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ހިމެނޭކަމަށެވެ. އަދި މުޅި މެނިފެސްޓޯ އެކުލަވާލެވިގެން ދިޔައީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، އެންމެންގެ ލަފަޔާ އެކުގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް އަންނަނީ ސިޔާސަތުތަކާ އެކު ކަމަށާއި، އެމްޑީޕީއާ އެހެން ޕާޓީތަކާ ތަފާތުވަނީވެސް އެގޮތަށް ކަމަށެވެ. އެގޮތުން އެމްޑީޕީން އަބަދުވެސް ކަމެއް ކުރުމުގެ ކުރިން ލިއެކިއުމަށް އެކަމެއް ތިރިކޮށް ރައްޔިތުންނަށް ދައްކާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީއާ އެހެން ޕާޓީތަކާ ހުރި ތަފާތަކީ، އެމްޑީޕީން އަބަދުވެސް ލިއެކިއުމަށް އެއްޗެއް ތިރިކޮށްފައި މެނުވީ އެކަމެއް ނުކުރޭ، އަޅުގަނޑުމެން އަބަދުވެސް ބުނަމުން މި ދަނީ ޕޮލިސީތަކަކާ އެއްކޮށޭ އަޅުގަނޑުމެން މި އަންނަނީ، ހަމަ އައިސް ވައި އަނގަ ތަޅާފައި ދަނީއެއް ނޫން،  
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް އިތުރަށް ވިދާޅުވީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފެންނަމުންދަނީ އެވަގުތަކު ހިތްޕުޅަށް އައި އެއްޗެއް ވިދާޅުވެ އެ އެއްޗެއް ވައުދަކަށް ހައްދަވަމުންދާ މަންޒަރުކަމަށެވެ.

އެހެންނަމަވެސް ވައުދެއް ވުމުގެ ކުރިން އެއީ އަމަލީ ގޮތުން ކުރެވިދާނެ ކަމެއްތޯ ބެލުމަކީވެސް އޮންނަ ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ނުކުރެވޭ ވަރުގެ ކަންކަން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވިދާޅުވުމަކީ ވައުދެއް ނޫން ކަމަށާއި، އެއީ ކަނޑައެޅިގެން އިތުރުފުޅު ހެއްދެވުން ކަމަށެވެ.

އާޒިމް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ތިބީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް މެނިފެސްޓޯއަކާ އެކު އައިސް ކަމަށާއި، އެމްޑީޕީން ވައުދު ފުއްދާނެ ކަމަށެވެ.

 

އާދަމް އާޒިމްއެމްޑީޕީކައުންސިލް

އިތުރަށް ކިޔާލަން

10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
10 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

10 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި
10 މާރިޗު 2026

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

10 މާރިޗު 2026
އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް
10 މާރިޗު 2026

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026
އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު