Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔައުގޫބު އަބްދުﷲ

ޕީއެންސީ ކައުންސިލެއް ހޮވައިފި ނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުން އެންގީމަ: ޔައުގޫބް

10 މާރިޗު 2026 | އަންގާރަ 14:42

ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލަރުންނަށް ރައީސް އޮފީހުގެ ނުފޫޒާ ނުލައި މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވި. އޭނާ ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިފި ނަމަ ރަށުގެ ތަރައްގީއަށްވުރެ ބޮޑަށް އިސްކަންދޭނީ ސަރުކާރުން އަންގާ ގޮތަށް އަމަލުކުރުމަށް ކަމަށް. އެހެންކަމުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުން އިންތިޚާބު ކުރުން މުހިންމު ކަމަށް ޔައުގޫބް ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 މާރިޗު 2026 | އަންގާރަ 14:42
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީ ކެންޑިޑޭޓުން ހޮވައިފި ނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުގެ ހުއްދަ ލިބިގެން ނުވަތަ އެ އޮފީހުން އަންގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ މިހާރު މި ސަރުކާރު ކަންކުރާ އުސޫލަށް ބަލާއިރު ސަރުކާރު ނޫން ޕާޓީ އެއްގެ ކައުންސިލެއް ހޮވަން ނުވަތަ ސަރުކާރަށް ތާއީދު ނުކުރާ ބަޔަކު އެރަށެއްގެ ކައުންސިލަށް ހޮވަން ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ވެސް މަޖުބޫރުވާ ކަމަށެވެ. 

Advertisement - newsAdvertisement
ސަބަބަކީ ސަރުކާރު ނިސްބަތްވާ ޕީއެންސީ ގެ ކައުންސިލެއް އެ ރަށަކަށް އައިސްފި ކަމަށް ވާނަމަ އެމީހުން ގަލަން ހިއްލާލާނީ ވެސް ރައީސް އޮފީހުން އެންގީމަ. އެންމެ ކަމެއް ވެސް ނުކުރާނެ ރައީސް އޮފީހުގެ އެންގުމާ ޚިލާފަށް. އެމީހުންނަށް ނުވެސް ކެރޭނެ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ ޕީއެންސީ ކައުންސިލެއް ހޮވައިފި ނަމަ އެމީހުން ބޭނުންވިޔަސް ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭނެ ކަމަށެވެ. ސަބަބަކީ ސަރުކާރުން އެމީހުންގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވާ މިންވަރު ކަމަށާ މިހާރު ވެސް ސަރުކާރަށް ނިސްބަތްވާ އެކި މެންބަރުންނާ މަގާމުތަކުގައި ތިއްބަވާ މެންބަރުންނަށް ބަލާލުމުން ފެންނަނީ އެ މަންޒަރު ކަމަށެވެ. 

ޔައުގޫބް ވިދާޅުވީ އެހެންކަމުން އެ މެންބަރުން އަދި ކިތަންމެ ބޭނުން ވިޔަސް ރަށަށް ކަމެއް ނުކޮށްދެވޭނެ ކަމަށެވެ. ކިރިޔާ ވެސް އުއްމީދެއް އޮތީ އެމްޑީޕީ އަށް ނިސްބަތް ވާ ކައުންސިލްތަކެއް އިންތިޚާބު ކޮށްގެން ކަމަށާއި ރައްޔިތުންނަށް މަންފާ ވާނީ ވެސް އަދި ރަށަށް ތަރައްގީ ގެނެވޭނީ ވެސް އޭރުން ކަމަށް ޔައުގޫބް ތަކުރާރު ކޮށް ވިދާޅުވި އެވެ. 

ޔައުގޫބު އަބްދުﷲޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
10 މާރިޗު 2026

ހަގީގަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގެންގުޅޭތާ އަހަރެއް ވީ: ޔައުގޫބް

10 މާރިޗު 2026
ހަގީގަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގެންގުޅޭތާ އަހަރެއް ވީ: ޔައުގޫބް
10 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި

10 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
09 މާރިޗު 2026

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

09 މާރިޗު 2026
ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ
09 މާރިޗު 2026

ހަރަދު ކުޑަ ކުރުމުގެ ނިވަލުގައި ތިބެ ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރަނީ ހީލަތްތެރި ރޭވުމެއްގައިތަ؟

09 މާރިޗު 2026
ހަރަދު ކުޑަ ކުރުމުގެ ނިވަލުގައި ތިބެ ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރަނީ ހީލަތްތެރި ރޭވުމެއްގައިތަ؟
09 މާރިޗު 2026

އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި

09 މާރިޗު 2026
އަމާނާތްތެރި ޚިދުމަތް، މާލޭ ސިޓީގެ ވިންދު މެނިފެސްޓޯ އިފްތިތާހް ކޮށްފި
08 މާރިޗު 2026

ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު

08 މާރިޗު 2026
ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ: ރައީސް ސޯލިހު
08 މާރިޗު 2026

މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

08 މާރިޗު 2026
މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު
08 މާރިޗު 2026

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

08 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް