Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯމިއުލާ ވަން

ފޯމިއުލާ ވަން: ސިންގަޕޫރު ޖީޕީ ހެމިލްޓަން ކާމިޔާބު ކޮށްފި

މިއީ މި ސީޒަނުގައި ހެމިލްޓަން ކާމިޔާބުކުރި ހަތް ވަނަ ރޭސް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ސެޕްޓެމްބަރު 2017 | ހޯމަ 06:32
ސިންގަޕޯ ޖީޕީ ކާމިޔާބު ކުރުމަށްފަހު ހެމިލްޓަން

ސިންގަޕޯ ޖީޕީ ކާމިޔާބު ކުރުމަށްފަހު ހެމިލްޓަން

ފޯމިއުލާ ވަންގެ ސިންގަޕޯ ގްރޭންޑް ޕްރީ އިނގިރޭސިވިލާތުގެ ލުއިސް ހެމިލްޓަން ކާމިޔާބުކޮށްފިއެވެ.

ސިންގަޕޫރުގެ "މެރީނާ ބޭ ސްޓްރީޓް ސާކިޓް" ގައި ކުރިޔަށް ދިޔަ މި ރޭސް ހެމިލްޓަން ކާމިޔާބުކޮށްފައިވަނީ ރެޑްބުލް ރޭސިންގެ ޑެނިއެލް ރިކާޑޯއާ މާސީޑީސް ރޭސިންގެ ވަލްޓޭރީ ބޯޓާސް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

61 ލެޕްގެ މި ރޭސް ހެމިލްޓަން ނިންމާފައިވަނީ ދެ ގަޑިއިރާ ތިން މިނިޓުންނެވެ. އޭނާގެ ފަހަތުން ދެވަނައަށް ނިންމި ރެޑްބުލް ރޭސިންގެ ޑެނިއެލް ރިކާޑޯއަށް ރޭސް ނިންމުނީ ހެމިލްޓަންއަށް ވުރެ ހަތަރު ސިކުންތު ފަހުންނެވެ. އަދި ތިންވަނައަށް ރޭސް ނިންމި މާސިޑީސްގެ ވަލްޓޭރީ ބޯޓާސްއަށް ރޭސް ނިންމާލެވިފައިވަނީ ހެމިލްޓަންއަށް ވުރެ އަށް ސިކުންތު ލަހުންނެވެ.

ރޭހުގެ ފުރަތަމަ ލެޕުގައި މާސިޑީސްއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ފެރާރީގެ ދެ ޑްރައިވަރުން ކަމަށްވާ ސެބެސްޓިއަން ވެޓެލްއާ ކިމީ ރައިކޮނެން ވަނީ އެކްސިޑެންޓެވެފައެވެ. ރޭސް ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ހެމިލްޓަން ބުނެފައިވަނީ އޭނާގެ ކެރިއަރުގައި 60 މޮޅު ލިބުމަކީ ގަބޫލްކުރަން ދަތި ކަމެއް ކަމަށާއި ރޭހުން މޮޅުވުމުގައި ނަސީބު ވަރަށް ބޮޑަށް އެހީތެރިވި ކަމަށެވެ.

މި މޮޅާއެކު ހެމިލްޓަންވަނީ ޑްރައިވަރުންގެ ރޭންކިންގައި ވެޓެލްއާ ދެމެދު އޮތް ފަރަގު 28 ޕޮއިންޓަށް ބޮޑުކޮށްފައެވެ އެގޮތުން އެއްވަނައިގައި ހެމިލްޓަންއޮތީ 263 ޕޮއިންޓާއެކެއެވެ. ފެރާރީގެ ޑްރައިވަރު ވެޓެލް އޮތީ 235 ޕޮއިންޓާއެކު ދެވަނައިގއެވެ އަދި 212 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ މާސިޑީސްގެ ވަލްޓޭރީ ބޯޓާސްއެވެ.

ޓީމުތަކުގެ ރޭންކިންގެ އެއްވަނައިގައި 475 ޕޮއިންޓާއެކު މާސިޑީސް އޮތްއިރު 373 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ފެރާރީއެވެ. ފޯމިއުލާ ވަންގެ ރޭހެއް ދެން އޮންނާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މެލޭޝިއާގެ "ސެޕަންގެ އިންޓަނޭޝަނަލް ސާކިޓް" ގައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސްވަންސީ ބަލިކޮށް ޗެލްސީ އަށް 11 ޕޮއިންޓްގެ ލީޑެއް

26 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސްވަންސީ ބަލިކޮށް ޗެލްސީ އަށް 11 ޕޮއިންޓްގެ ލީޑެއް
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
07 ފެބުރުއަރީ 2017

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި

07 ފެބުރުއަރީ 2017
ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު