Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ މާލިއްޔާ

ކޮވިޑުގެ ޙާލަތުގައިވެސް މާލީ ހާލަތު ދުވަހުން ދުވަހަށް ސާފުކޮށްދިން، މިއަދު މާލީ ވަޒީރު ވީތަނެއް ނޭނގެ: ޝަމްހީދު

ޝަމްހީދު ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމައެއް ހިނގަމުންދާއިރު، އެ ހަނގުރާމައިގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް. ވަކިން ޚާއްސަކޮށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ކަންކަމަށް އެކަމުގެ އަސަރު ކުރާނެކަން ޝަމްހީދު ފާހަގަ ކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 08:23
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު | ރާއްޖެއެމްވީ

ކޮވިޑް 19 ގެ އުނދަގޫ ޙާލަތުގައިވެސް އޭރުގައި އޮތް ސަރުކާރުން ދައުލަތުގެ މާލީ އަދި އިޤްތިސާދީ ހާލަތު ރައްޔިތުންނަށް ސާފުކޮށްދެމުން ގޮސްފައިވާ ކަމަށާއި، ނަމަވެސް މިއަދު މާލީ ވަޒީރު ވީ ތަނެއްވެސް ރައްޔިތުންނަށް ނޭނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝަމްހީދު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝަމްހީދު ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމައެއް ހިނގަމުންދާއިރު، އެ ހަނގުރާމައިގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ކަންކަމަށް އެކަމުގެ އަސަރު ކުރާނެކަން ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

ކަން އެހެން އޮތްނަމަވެސް، މިއަދު ދައުލަތުގެ މާލީ ވަޒީރު ހުންނެވީ ފިއްލަވައިގެން ކަމަށާއި، އަދި މިކަންކަމާ ގުޅޭގޮތުން މާލީ ވަޒީރު އެއްޗެއް ވިދާޅުވާތަނެއް ނުފެންނަކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މީގައި އެންމެ މުހިއްމު އެއް ބޭފުޅާ އަޅުގަނޑުމެންނަށް އަދި ޕޯޑިއަމްއަކުން ނުފެނޭ، އެއީ ފިނޭންސް މިނިސްޓަރު، އެބޭފުޅާ އަދި އަޅުގަނޑުމެންނަށް މިއަށް އެޑްރެސް ކުރާތަނެއް ނުފެނޭ، ވެދާނެ ހަމަ ބުނާނެ އެއްޗެއް ނޭނގޭތީ ފިއްލަވައިގެން ހުންނެވީކަމަށްވެސް
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު އިތުރަށް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް 19 ގެ ދަތި އުނދަގޫ ޙާލަތާ ބައްދަލުކުރަން ޖެހުނު ކަމަށާއި، އޭރުވެސް ސަރުކާރުން ދައުލަތުގެ މާލީ އަދި އިޤްތިސާދީ ހާލަތު ރައްޔިތުންނަށް ސާފުކޮށްދެމުން ގޮސްފައިވާ ކަމަށެވެ. އަދި ޤައުމު އޮތް ޙާލަތު އޭރު ރައްޔިތުންނަށް ސާފުކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދިވެހި ރައްޔިތުންވެސް ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިކަންކަމުން އެނގިގެންދަނީ ދެ ސަރުކާރަކުން ކަންކަން މެނޭޖް ކުރުމުގައި ހުރި ތަފާތުކަން ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑު ކޮށްފައި ވަނީ އަގު ބޮޑު ކުރަން ޖެހޭ ހާލަތު ކުރިމަތިވެގެން ނޫން ކަމަށް އިދިކޮޅުން ވެސް ވަނީ ބުނެފަ އެވެ. އަދި މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް ތެލުގެ އައު ޝިޕްމަންޓެއް މިހާރުވެސް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށާއި، މުދާ އުފުލާ ރޫޓުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައިވާއިރު، އަގު ބޮޑު ކުރުން ބަލައި ނުގަނެވޭ ކަމަށް އާންމު ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ. 

 

މާލީ ހާލަތުޑރ. އަހްމަދު ޝަމްހީދުފަލަސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

އުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިޔަޔަސް، މާލޭ އަވަށްތަކުގެ މީހުން އެއްކުރިޔަސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ އެއްގޮތެއް ވެސް ނެތް: ބޮންޑާ

އުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިޔަޔަސް، މާލޭ އަވަށްތަކުގެ މީހުން އެއްކުރިޔަސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ އެއްގޮތެއް ވެސް ނެތް: ބޮންޑާ

26 ޖެނުއަރީ 2026
ސަރުކާރު ހިއްސާވާ 13 ކުންފުންޔެއް، 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރޭ

ސަރުކާރު ހިއްސާވާ 13 ކުންފުންޔެއް، 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރޭ

15 ޑިސެމްބަރު 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު