Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް ނުކުރުން

ސަރުކާރު ހިއްސާވާ 13 ކުންފުންޔެއް، 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރޭ

ސަރުކާރުގެ 13 ކުންފުންޏެއްގެ 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރާކަން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރިޕޯޓުން ހާމަވެއްޖެ. އާރްޑީސީ، ވެމްކޯ، ޕީއެސްއެމް އަދި ބީސީސީގެ 2022، 2023 އަދި 2024 ގެ އޮޑިޓް ވެސް ނުނިމޭ އިރު، އެޗްޑީސީ، ފެނަކަ އަދި ހައްޖު ކޯޕަރޭޝަންގެ 2024 ގެ އޮޑިޓް ވެސް ފުރިހަމަ ނުވޭ. ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ދާކަމަށް ޕީސީބީ ގެ ރިޕޯޓުން ދައްކާއިރު، ރައީސް މުއިއްޒު ގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ އެތައް ގުނައެއް އިތުރުކޮށްފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 15 ޑިސެމްބަރު 2025 | ހޯމަ 11:59
ރައީސް މުޢިއްޒުގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، އުސޫލުން ބޭރުން ކަންކަން ކުރާ ކަމުގެ ގިނަ ތުހުމަތު ތަކެއް ކުރެވޭ

ރައީސް މުޢިއްޒުގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، އުސޫލުން ބޭރުން ކަންކަން ކުރާ ކަމުގެ ގިނަ ތުހުމަތު ތަކެއް ކުރެވޭ

ރައްޔިތުންގެ ފައިސާއިން ހިންގާ 13 ކުންފުންޏެއް އަދިވެސް 2024 ވަނަ އަހަރުގެ އޮޑިޓް ފުރިހަމަ ނުކުރާކަން ހާމަވެއްޖެ އެވެ.

މި ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އަދި ރައްޔިތުންގެ ފައިސާއިން އެންމެ ބޮޑު ހޭދަކުރާ ކުންފުނިތައް ހިމެނެ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކުރި ކުންފުނިތަކުގެ 2024 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު، ސަރުކާރުގެ އެންމެ ބޮޑެތި ކުންފުނިތައް ބަރާބަރަށް އޮޑިޓެއް ނުކުރާކަން ފާހަގަވެ އެވެ. އެގޮތުން ބައެއް ކުންފުނިތައް އޮޑިޓް ނުކުރާތާ 3 އަހަރު ވެފައިވާކަން އެ ރިޕޯޓުން ދައްކަ އެވެ.

އާރްޑީސީ، ވެމްކޯ، ޕީއެސްއެމް އަދި ބީސީސީ އަކީ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ނިންމާފައި ނުވާ ކުންފުނިތަކެވެ. މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން 2023 އަދި 2024 ގެ އޮޑިޓު ނިންމާފައެއް ނުވެ އެވެ.

2024 ވަނަ އަހަރުގެ އޮޑިޓު ފުރިހަމަ ނުކުރާ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، އެމްޕީއެލް، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް، ސްޓެލްކޯ، ޕީއެސްއެމް، އާރްޑީސީ، އެމްއެފްއެމްސީ، ވެމްކޯ، ބީސީސީ، ފަހި ދިރިއުޅުން ކޯޕަރޭޝަން، ޓްރޭޑްނެޓް، ފެނަކަ އަދި ހައްޖު ކޯޕަރޭޝަން ހިމެނެއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރިޕޯޓުން ދައްކާގޮތުގައި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ދާކަން ފާހަގަކުރެވެ އެވެ. މާލީ ހާލަތު ދަށަށް ދާއިރު، އޮޑިޓް ފުރިހަމަ ނުކުރުމަކީ ކުންފުނިތަކު ގެ ހިންގުމުގައި ހުރި ބޮޑު މައްސަލައެކެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އެތައް ގުނައެއް އިތުރުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. މުވައްޒަފުންގެ އަދަދު އިތުރުވުމާއެކު ކުންފުނިތަކުގެ ހަރަދުތައް ބޮޑުވެ، މާލީ ބުރަ އަންނަނީ އިތުރުވަމުންނެވެ.

.

ސަރުކާރުގެ ވިޔަފާރި ކުންފުނިތައްއޮޑިޓްމާލީ ހާލަތު

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް
07 ނޮވެމްބަރު 2025

ވައުދުވީ އެސްއޯއީތައް ކޮޅަށް ޖަހަން! އެކަމަކު ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަނުން ބަޖެޓުން ފައިސާ!

07 ނޮވެމްބަރު 2025
ވައުދުވީ އެސްއޯއީތައް ކޮޅަށް ޖަހަން! އެކަމަކު ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަނުން ބަޖެޓުން ފައިސާ!
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު