Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒުގެ ވެރިކަން

އުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިޔަޔަސް، މާލޭ އަވަށްތަކުގެ މީހުން އެއްކުރިޔަސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ އެއްގޮތެއް ވެސް ނެތް: ބޮންޑާ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ ރައީސް މުއިއްޒު ކަޓުޖައްސަން އުޅެގެން ދެވަނަ ދައުރަކަށް ނުހޮވޭނެ ކަމަށް. މުއިއްޒުގެ ސަރުކާރުން 5000 އަށް ވުރެ ގިނަ ވައުދުވެފައިވާ ނަމަވެސް އެއްވެސް ވައުދެއް ފުއްދިފައި ނެތް ކަމަށް ބޮންޑާ ވިދާޅުވި. ވެރިކަމަށް އާދެވޭނީ ބޯހިޔާވަހިކަމާ އަގުހެޔޮ ކަރަންޓާއި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީގެން ކަމަށާ އެގޮތަށް ނުކުރެވޭނަމަ ރައީސް މުއިއްޒު ނުހޮވޭނެ ކަމަށް ބޮންޑާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 04:44
މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ކިތަންމެ ބޭނުންފުޅު ވިއަސް އެމަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވެން ވެގެން ކަޓު ޖައްސަން އުޅެގެން ނުހޮވޭނެ ކަމަށެވެ. 

Advertisement - newsAdvertisement

ހުރިހާ އިންތިޚާބެއް އެއްކޮށްލިއަސް، ރައީސް މުއިއްޒަށް ދެން ވެރިކަމަށް އާދެވޭނެ އެއްވެސް މަގެއް ނެތް ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

ހަމައެކަނި އޭނާ އަށް ވެރިކަމަށް އާދެވޭނެ ގޮތަކީ ރާއްޖޭގަ މިހާރު މިތިބަ ގޯތި ދީފަ ތިބި ފަރާތްތަކަށް 25 އަހަރުގެ މުއްދަތަށް 5 އިންސައްތައިގެ ލޯނުތައް ދީ އެތަން ރާނާ، ދިރިއުޅެވޭނެ ގޮތް ހަދައިދީ. އާދެވޭނެ ގޮތެއް މި ކިޔާދެނީ. އެކަން ކުރޭ. ގޭގޭ ގެ ކަރަންޓު ބިލުތައް ވެސް މިހާރު ވެސް ސޯލާ އަށް ބަދަލު ކުރޭ. ކަރަންޓު ބިލުތައް ވެސް އަގުހެޔޮ ކުރޭ. ޒުވާނުންނަށް ވެސް ދިރިއުޅެވޭނެ، ވިޔަފާރި ކުރެވޭނެ ގޮތްތަކެއް ފަހި ކޮށްދީ،
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ މުއިއްޒު ވެރިކަމަށް އާދެވޭނެ ކަމަށް ވަރަށް ގިނަ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތުންއުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިއުމާ އިންތިޚާބާ ދިމާކޮށް މާލޭގެ އަވަށްތަކުގެ މީހުން އެއްކޮށްގެން އެއް ވާހަކަ އެއް ދައްކާ ކަމަށެވެ. ނަމަވެސް މިކަންކަން ކޮށްގެން ދެވަނަ ދައުރެއް ރައްޔިތުން މުއިއްޒަކަށް ނުދޭނެ ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

މިހާރު ވެސް 5000 އަށް ވުރެ ގިނަ ވައުދު ވެވަޑައިގެންފި ކަމަށާ ނަމަވެސް ފުއްދުނު އެންމެ ވައުދެއް ވެސް ނެތް ކަމަށް ބޮންޑާ ވިދާޅުވި އެވެ. ރައްޔިތުންނަށް އެކަން ފެންނަ ކަމަށާ އެހެން ކަމުން މުއިއްޒުގެ އަމަލުތައް މިގޮތަށް ބަހައްޓައިގެން ދެވަނަ ދައުރެއް ލިބޭތަން ނުފެންނަ ކަމަށް ބޮންޑާ ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. 

އިބްރާހިމް ރަޝީދު (ބޮންޑާ)ފަލަސުރުޚީރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

16 ޖުލައި 2025
އެއާޕޯޓު ޑިއުޓީފްރީ އަކީ ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ވަންނަ ދޮރާށި, އެތަނުން ވަންނަ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނީ ދިވެހިންނަށް ފުރުސަތު ދީގެން: ބޮންޑާ

އެއާޕޯޓު ޑިއުޓީފްރީ އަކީ ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ވަންނަ ދޮރާށި, އެތަނުން ވަންނަ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނީ ދިވެހިންނަށް ފުރުސަތު ދީގެން: ބޮންޑާ

16 ޖުލައި 2025
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

16 ޖުލައި 2025
ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ

ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ

21 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު