Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުކީ

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

ރައީސް މުޢިއްޒުގެ މި ސަރުކާރުން ގައުމު ބިނާކުރުމުގެ އެއްވެސް މަސައްކަތެއް ކުރައްވާ ކަމަށް ގަބޫލު ނުކުރަން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 ޖޫން 2025 | ހޮނިހިރު 13:10
ޑރ. ޝަމްހީދު ރާއްޖެ ޓީވީގެ ފަލަސުރުކީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ.

ޑރ. ޝަމްހީދު ރާއްޖެ ޓީވީގެ ފަލަސުރުކީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ގައުމު ބިނާކުރުމުގެ އެއްވެސް މަސައްކަތެއް ކުރައްވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މި ސަރުކާރުން މިހާރު ކުރާ ހަމަ އެކަނި ކަމަކީ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ފޯމިއުލާ އެއް ހޯދުން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ ފަލަ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ.

Advertisement - newsAdvertisement

ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށް ހާއްސަ ކުންފުންޏެއް ރައީސް ޑރމުޢިއްޒު ވަނީ އުފައްދަވާފައެވެ.

ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން އުފެއްދެވި "އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ މިދިއަ މެއި މަހުގައެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމަށް ކަމަށް ރައީސް އޮފިހުން ވަނީ ބުނެފައެވެ.

އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެެއް ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި ކަމަށް އޮތް ކަންބޮޑުވުމާއި ގުޅިގެން ޝަމްހީދު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކަކީ ކޮބައިކަން މިހާރު އެންމެންނަށް ވެސް އެނގޭ ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ގައުމު ބިނާކުރުން ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އިންތިޚާބުތައް ކާމިޔާބު ކުރުމުގެ ފޯމިއުލާއެއް ހޯދުންކަމަށް ޝަމްޙީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރަށް ދޮޅު އަހަރުވެގެން ދިއައިރުގައި ވެސް ގައުމަށް ހެޔޮ ބަދަލެއް ގެނެވިފައި ނުވާކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރައްވަނީ އަމިއްލަ މަންފާ ހޯއްދެވުމަށް ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ގިނަ ކަންކަން ކުރާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ކަމަކީ ގައުމުގެ އެންމެހާ ރައްޔިތުން ފަގީރު ކުރުން ކަމަށެވެ. އެގޮތުން ގައުމުގެ ރައްޔިތުންގެ ދިރިއުޅުން ސަރުކާރަށް ބައްޓަން ކުރުވައި ސަރުކާރުން ދިނިއްޔާ ނޫނީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތް ހެދުމަކީ މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކަމުގައެވެ.

ޝަމްހީދު ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތަށް ބަލާއިރު، ފެންނަނީ ވެނެޒުއެލާ ފަދަ ގައުމުތަކުގެ އުސޫލުތަކަށް ރާއްޖެ ބަންޓަން ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތަން ކަމަށެވެ.

ގައުމުތަކުގަ އިންތިޚާބުތައް ވިން ކުރަން މިހަދާ އެއްގޮތަކީ ރައްޔިތުން ފަގީރުކުރުވުން. ސަރުކާރަށް މުޅިން އެއްބައެއްގެ ދިރިއުޅުން ބައްޓަން ކުރުން. އެހެންވީމަ ސަރުކާރުން ކާންދިނިއްޔާ ކޮންމެ މަހަކުވެސް ކާން ލިބޭގޮތް ހެދުން. އެހެންވީމާ އަހަޅުގަނޑުމެންނަށް މި ފެންނަނީ ވެނެޒުއެލާ ފަދަ ގައުމުތަކުގެ އުސޫލަށް އަޅުގަނޑުމެންގެ މި ގައުމުވެސް ބައްޓަމް ކުރަމުން ދާތަން.
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

ޝަމްޙީދު ވިދާޅުވީ މިހާރު މިއޮތް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ 2008 ގައި ގެނައި ފެހި ގާނޫ އަސާސީގައި އޮންނަ ގޮތަށް ނޫން ކަމަށާއި ފެނިގެން މިދަނީ މައުމޫނުގެ 30 އަހަރުގެ ވެރިކަމަށް ވުރެވެސް ފަހަތަށް ދާ މޮޑެލްއަކަށް ގައުމު ހިންގަން މަސައްކަތް ކުރާ ތަންކަމަށެވެ.

އެގޮތަށް ކަންތައް ވުމުން ދެން ވެގެންދާނެ ގޮތަކީ ރައްޔިތުންނާއި ގައުމުގެ މުޅި ހުރިހާ ވިޔަފާރިތަކެއް ވެސް ސަރުކާރުގެ ބާރުގެ ދަށަށް އައުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ސަރުކާރުން މިގޮތަށް ކަންކޖުރަން މަސައްކަތް ކުރުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޑރ. އަހްމަދު ޝަމްހީދުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު