Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެންޝަން ބޯޑު

ޕެންޝަން ބޯޑަށް މެންބަރަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ސަރުވަޝް އާދަމް، މިދިޔަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހު އިސްތިއުފާދެއްވުމުން. ސަރުވަޝް އިސްތިއުފާ ދެއްވީ ރައީސް މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމަށް ޕެންޝަން ފަންޑުން އިންވެސްޓު ކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ވިއްކާލުމާ ދެކޮޅު ހެދުމުގެ ގޮތުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 9 މާރިޗު 2026 | ހޯމަ 19:35
ތަރުހީބު ކުޑަވުމުގެ ސަބަބުން، ޕެންޝަން އޮފީހުން ވަނީ ބޯޑު މެމްބަރަަކު ހޯދަން 3 ވަނަ ފަހަރަށް އިއުލާނު ކޮށްފަ

ތަރުހީބު ކުޑަވުމުގެ ސަބަބުން، ޕެންޝަން އޮފީހުން ވަނީ ބޯޑު މެމްބަރަަކު ހޯދަން 3 ވަނަ ފަހަރަށް އިއުލާނު ކޮށްފަ

ތަރުހީބު ކުޑަވުމުގެ ސަބަބުން، ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުގެ މެންބަރަކު ހޯދަން ތިންވަނަ ފަހަރަށް ޕެންޝަން އޮފީހުން އިއުލާނުކޮށްފި އެވެ.

ޕެންޝަން އޮފީހުން ގެޒެޓުގައި ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝޯޓްލިސްޓުކުރަން ބޭނުންވާ އަދަދަށް އެކަށީގެންވާ ވަރަށް ތަރުހީބެއް ނުލިބުނެވެ. މި މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ސަރުވަޝް އާދަމް މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

Advertisement - newsAdvertisement

ސަރުވަޝް އިސްތިއުފާ ދެއްވީ ރައީސް މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމަށް ޕެންޝަން ފަންޑުން އިންވެސްޓު ކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ވިއްކާލުމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ސަރުވަޝް ވިދާޅުވީ އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ.

ޕެންޝަން ފަންޑުގައި 2.4 ބިލިއަން ރުފިޔާ ނެތްއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ފައިސާ ހޯދައިގެން މިކަން ކުރާ ނަމަ ކުރެވޭނީ ފައިސާ ޗާޕުކޮށްގެން ކަމަށް ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ބުހުތާނު ދޮގުތަކެއް ހަދަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

މި މައްސަލައިގައި ޕެންޝަން ބޯޑުގެ ޗެއާޕާސަން އަޙްމަދު އިނާޒާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު ޙައްވާ ފަޖުވާ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ސުޖާތާ ޙަލީމް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. 

ޕެންޝަން އޮފީސްޑރ. މުއިއްޒު

އިތުރަށް ކިޔާލަން

09 މާރިޗު 2026

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

09 މާރިޗު 2026
ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ
07 މާރިޗު 2026

އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

07 މާރިޗު 2026
އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ
06 މާރިޗު 2026

ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި

06 މާރިޗު 2026
ވީހާވެސް އަވަހަކަށް މަޓީ އާއި ބައްދަލުކުރައްވައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޝާހިދު ގޮވާލައްވައިފި
05 މާރިޗު 2026

ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު އަބްދުﷲ

05 މާރިޗު 2026
ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު  އަބްދުﷲ
05 މާރިޗު 2026

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު