Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހަވަންދޫ

ޕީއެންސީ އިން އިހަވަންދޫ ރައްޔިތުންނަށް ދިނީ އަނިޔާ: އަދުނާން އަބްދުﷲ (ކުރީގެ ބޮޑު ކަތީބު)

22 ފެބުރުއަރީ 2026 | އާދީއްތަ 13:10

ރައީސް މުޢިއްޒުގެ ސަރުކާރުން އިހަވަންދޫގެ ތަރައްޤީއަށް ވީ ވައުދުތައް ނުފުއްދައި، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ހުއްޓާލާފައިވާތީ އެ ރަށުގެ ކުރީގެ ބޮޑުކަތީބު އަދުނާން އަބްދުﷲ ކަންބޮޑުވުން ފާޅުކުރެއްވި. އޭނާ ވިދާޅުވި ގޮތުގައި މަސް ފެކްޓްރީއާއި ހޮސްޕިޓަލް ފަދަ މުހިންމު މަސައްކަތްތަކުގައި ސަރުކާރުން އޮޅުވާލުންތައް ގެންގުޅުމުގެ ސަބަބުން ރަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ. އެހެންކަމުން، މި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ހާމަވަމުންދާ ކަމަށް ވިދާޅުވެ އަދުނާން ވަނީ ފާޑުވިދާޅުވެފަ.

އަލީ ޝާހީން
އަލީ ޝާހީން | 22 ފެބުރުއަރީ 2026 | އާދީއްތަ 13:10
އިހަވަންދޫގެ ކުރީގެ ބޮޑު ކަތީބު އަދުނާން އަބްދުﷲ

އިހަވަންދޫގެ ކުރީގެ ބޮޑު ކަތީބު އަދުނާން އަބްދުﷲ | ރާއްޖެ އެމްވީ

ވެރިކަންކުރާ ޕީއެންސީ އިން އިހަވަންދޫ ރައްޔިތުންނަށް ދިނީ ހުސް އަނިޔާ ކަމަށް އިހަވަންދޫގެ ކުރީގެ ބޮޑު ކަތީބު އަދުނާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަދުނާން އަބްދުﷲ ވިދާޅުވީ، ރައްޔިތުންނަށް ހާމަކޮށްދޭން ބޭނުންވަނީ ޕީއެންސީ އިން އިހަވަންދޫ އަށް ހަދާލި ގޮތް ކަމަށެވެ. ރައީސް މުޢިއްޒު ވެރިކަމަށް އަންނަންވެގެން އިހަވަންދޫ ރައްޔިތުންގެ ލޮލުގައި ވަރަށް ގިނަ އަނދުންތަކެއް އަޅުވާ ބޮޑެތި ވައުދުތަކެއް ވެފައިވާކަން ފާހަގަކުރައްވާ އަދުނާނު ވިދާޅުވީ، އެވަރުން ނިންމަވާލެއްވީ ނޫންކަމަށާއި މަޖިލިސް އިންތިހާބު ގައި ވެސް އެތައް ވައުދުތަކެއް އިހަވަންދޫ ރައްޔިތުންނަށް ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދުނާނު ވިދާޅުވީ މުޢިއްޒު ވީ ކޮންމެ ވައުދެއް އޮތީ ފެނަށް ގޮސް ނިމިފައި ކަމަށާއި، އެއާ ހިލާފަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ވަރަށް އޯގާތެރިކަމާއެކު ވަރަށް އިހުލާސްތެރިކަމާއެކު ވެރިކަން ކޮށްދެއްވި ކަމަށެވެ.

މިރަށަކީ މަސްވެރި ރަށަކަށް ވާތި މަސް ފެކްޓްރީއެއް އެޅުމަށްޓަކައި މި އުތުރު ފަރާތުން ބިމެއް ކަނޑައަޅާ އެތަނުގައި އެމަސައްކަތް ކުރަންވަނީ ނިންމަވާފަ. އެމަސައްކަތް ކުރަން ނިންމަވާފަ އެއަށް ބޭނުންވާ ފައިސާ ހޯދާފަވާކަން މަސްވެރިކަމުގެ ވަޒީރު މިރަށަށް ވަޑައިގެންފަ އަޅުގަނޑުމެންނަށް ޔަގީން ކޮށްދެއްވި. ކޮންމެއަކަށް އެފައިސާ ބޭނުންކުރައްވައިގެން އެތަނުގައި އެބޭފުޅުން މި ކުރެއްވި ކަމަކީ ގާ ކުނޑި ތަކެއް ގެނެސް އެތަނަށް އަޅާ މުޅި ރަށް މިހާރު މިއޮތީ ގިރައިގެން ގޮއްސަ
އިހަވަންދޫގެ ކުރީގެ ބޮޑު ކަތީބު އަދުނާން އަބްދުﷲ

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިހަވަންދޫގެ ރައްޔިތުންނަށްޓަކައި ހިއްކައިދެއްވި ބޮޑު ބިމުން ބޮޑު ބައެއް މިހާރުވަނީ އުނިވެފައިކަން ފާހަގަކުރައްވާ އަދުނާނު ވިދާޅުވީ ޕީއެންސީން އިހަވަންދޫގެ ރައްޔިތުންނަށް ދިނީ މިކަހަލަ ބޮޑެތި އަނިޔާތައް ކަމުގަ އެވެ. އަދުނާނު ވިދާޅުވީ ޕީއެންސީގައި އޮތީ މުޅިންވެސް މަކަރާ ހީލަތާއި ވައްކަންކުރުން ކަމަށާއި އެކަމުގެ ހެއްކަކަށް ޕީއެންސީން ރަށްރަށުގައި ފައްޓަވައިގެން އުޅޭ އެކަމަކު ކުރިއަށް ނުދާ ޕްރޮޖެކްޓު ތަކުން އެނގި ހާމަވާކަމަށް އަދުނާނު ވިދާޅުވި އެވެ.

އޭގެ އިތުރުން މިފަހަރު އިހަވަންދޫ އިން ޕީއެންސީ އަށް އެއްވެސް ގޮނޑިއެއް ނުލިބޭނެ ކަން ފާހަގަ ކުރައްވާ އަދުނާން ވިދާޅުވީ އިހަވަންދޫ އަށް އެންމެ ބޭނުންވަނީ ހޮސްޕިޓަލު ކަމަށާއި އެކަން ވެސް މިދިޔަ ސަރުކާރުން ފައްޓަވައިދެއްވާފައި ވަނިކޮށް މިސަރުކާރުން މުޅިން އައު މަޝްރޫއުއެއްގެ ގޮތުގައި ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮއި ކުރެއްވީ ހުސްގަނޑެއްގައި ކަމަށް އަދުނާން ވިދާޅުވި އެވެ. އަދުނާން ވިދާޅުވި ގޮތުގައި އެކަން ފަޅާއެރީ ވަޔާ ގަނޑު އެއްލައިގެންދިޔަ ވަގުތު ރައްޔިތުންނަށް ގަނޑުގެ ދެފަޅި ފެނުމުން ކަމަށެވެ.

ޕީއެންސީއަދުނާން އަބްދުﷲޑރ. މުއިއްޒުރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

21 ފެބުރުއަރީ 2026
ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް
21 ފެބުރުއަރީ 2026

ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ

21 ފެބުރުއަރީ 2026
ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ
19 ފެބުރުއަރީ 2026

އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި

19 ފެބުރުއަރީ 2026
އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި
19 ފެބުރުއަރީ 2026

ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

19 ފެބުރުއަރީ 2026
ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"
19 ފެބުރުއަރީ 2026

އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް

19 ފެބުރުއަރީ 2026
އެޗްޑީސީން މާލެސިޓީ މޭޔަރު ގެ މަގާމަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ޕްރޮމޯޓް ކުރާ މައްސަލައެއް
18 ފެބުރުއަރީ 2026

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

18 ފެބުރުއަރީ 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް
17 ފެބުރުއަރީ 2026

ޖަލްސާގެ ކޯރަމް ހަމަނުވެގެން އިއުލާނު ކުރާ ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވިކަމަކަށް ނުބެލެވޭނެ: އާޒިމް

17 ފެބުރުއަރީ 2026
ޖަލްސާގެ ކޯރަމް ހަމަނުވެގެން އިއުލާނު ކުރާ ފަހުން މީހަކު ވަނުމަކުން ކޯރަމް ހަމަވިކަމަކަށް ނުބެލެވޭނެ: އާޒިމް
17 ފެބުރުއަރީ 2026

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް
16 ފެބުރުއަރީ 2026

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު
15 ފެބުރުއަރީ 2026

ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟

15 ފެބުރުއަރީ 2026
ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް