Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަލިނަރީ ޗެލެންޖް

ކަލިނަރީ ޗެލެންޖުން ވަނަ ހޯދި ފަރާތްތައް ހޮފެކްސް 2017 ގައި ބައިވެރިވަނީ

ވަނަ ހޯދީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ޝެފް އަހްމަދު ފަތީން އާއި ހުޅުލެ އައިލެންޑް ހޮޓެލްގެ ދެ ޝެފުން ކަމަށްވާ، އިންދްރަ ކުމާރު ލިމްބޫ އާއި އިސްމާއިލް ނާސިރު

ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 15:34
ކަލިނަރީ ޗެލެންޖްގެ ބައިވެރިން

ކަލިނަރީ ޗެލެންޖްގެ ބައިވެރިން

ހޮޓެލް އޭޝިޔާ ކަލިނަރީ ޗެލަންޖް 2016 އިން ވަނަތައް ކާމިޔާބުކުރި ތިން ޝެފުން ހޮފެކްސް 2017 ގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ކަމަށް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އަދި މޯލްޑިވްސް ހޮޓެލް އެންޑް އެގްޒިބިޝަންސް (މެކްސް) އިން ހާމަކޮށްފިއެވެ.

ހޮޓެލް އޭޝިޔާ ކަލިނަރީ ޗެލެންޖްގައި 2016 ގައި ވަނަ ހޯދި ތިން ފަރާތަކީ، ބަނޑޮސް އައިލެންޑް ރިސޯޓްގެ ޝެފް އަހްމަދު ފަތީން އާއި ހުޅުލެ އައިލެންޑް ހޮޓެލްގެ ދެ ޝެފުން ކަމަށްވާ، އިންދްރަ ކުމާރު ލިމްބޫ އާއި އިސްމާއިލް ނާސިރުއެވެ.

Advertisement - businessAdvertisement

ހޮންކޮންގގައި އޮންނަ އެންމެ ބޮޑު ކަލިނަރީ ޗެލަންޖް ކަމަށްވާ ހޮފެކްސްގައި މި ކާމިޔާބު ތިން ޝެފުން ބައިވެރިވުން ހޮސްޓް ކުރަނީ ބީބީއެމް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސް، މެކްސްއާ ގުޅިގެންނެވެ.

ކަލިނަރީ ޗެލެންޖްގެ ޕްރޮޖެކްޓް ޑިރެކްޓަރ އެލަން ޕާމަރ ވިދާޅުވީ މޯލްޑިވްސް ހޮޓެލް އޭޝިޔާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގެ އޮގަނައިޒަރގެ ޙައިޞިއްޔަތުން މިތިން ޝެފުން ހޮފެކްސްގައި ބައިވެރި ކުރަނީ ފަހުރުވެރިކަމާއި ވަރަށް އުފަލާ އެކުގައި ކަމަށާއި މަޤްޞަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން، މިފަދަ ފަހުރުވެރި އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ހޯދައިދީ އެމީހުން ހުނަރު ކުރިއެރުވުމަށް ދުނިޔޭގެ އެކިކަންކޮޅުގެ ކަމުގެ މާހިރުންނާއި އެއްކޮށް މަސައްކަތުގެ ތަޖުރިބާ ކޮށްލާނެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

ބީބީއެމްގެ ސީއީއޯ، މުހައްމަދު މަޒްލޫމް ވިދާޅުވި ގޮތުގައި އެ ކުންފުނިން ހޮސްޕިޓަލިޓީ އިންޑަސްޓްރީ ކުރިއެރުވުމަށް ވަރަށްބޮޑު އިސްކަމެއްދެއެވެ. އެގޮތުން އިންޑަސްޓްރީ ކުރިއެރުވުމަށާއި ވަކިން ޚާއްޞަކޮށް ފުޑް އެންޑް ބެވަރޭޖް ދާއިރާ ތަމްރީނު ކުރުމަށް ޕްރޮގްރާމްތަކެއް ހިންގާ ކަމަށާއި އިތުރަށް ތަމްރީނުކުރުމަށް ޤައުމުން ބޭރަށް ދުވަސް ދުވަސްކޮޅުން ޝެފުން ފޮނުވާ އުޅޭ ކަމަށް ވެސް މަޒްލޫމް ހާމަކުރެއްވިއެވެ.

ފާއިތުވީ 30 އަހަރު ހޮފެކްސް ވަނީ ދުނިޔޭގެ އެކިކަންކޮޅުން، މިއިންޑަސްޓްރީއަށް ކަލިނަރީގެ ތަފާތު، ގިނަ ރަހަތަކެއް ގެނެސްދީފައެވެ. ކާބޯތަކެތީގެ ތަފާތުބާވަތްތަކާއި އިންޑަސްޓްރީގައި ބޭނުންކުރާ ސާމާނު އޭޝިޔާއަށް ސަޕްލައި ކުރުމުގައި ހޮފެކްސް އިސް ރޯލެއް އަދާކުރެއެވެ. ހޮފެކްސް އިންތިޒާމް ކުރަނީ ހޮންކޮންގް އެގްޒިބިޝަން ސަރވިސަސް ލިމިޓެޑް އިންނެވެ. އޮގަނައިޒް ކުރުމުގައި ވާގިވެރިވާ އަނެއް ދެފަރާތަކީ އޯލްވޯލްޑް އެގްޒިބިޝަންސް އާއި ދަ ހޮންކޮންގް ޝެފްސް އެސޯސިއޭޝަން އާއި އިންޓަނޭޝަނަލް ކަލިނަރީ އިންސްޓިޓިއުޓް، އައި.ސީ.އައި ( ވީޓީސީ ގްރޫޕް މެމްބަރ އެއް) އެވެ.

ޝެފުންނާއި ކައްކާއިންނާއި ޕޭސްޓްރީ ޝެފުންނާއި ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކުގެ ކުޅަދާނަކަމާއި ކަލިނަރީ ހުނަރުވެރިކަން ކުރިއެރުވުމަށް ވާގިވެރިވުމުގެ މަޤްޞަދުގައި ބާއްވާ މިއިވެންޓަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީން އެންޑޯޒްކޮށްފައިވާ އިވެންޓެކެވެ. އަދި މީގެ އިތުރުން އިވެންޓް ބޭއްވުމުގައި އެހީތެރިވެ އެސޯސިއޭޓްވާ ދެފަރާތެއް ކަމުގައި ހޮންގްކޮންގް ޗައިނީޒް ޝެފްސް އެސޯސިއޭޝަން އާއި ހޮންކޮންގް ބޭކަރީ އެންޑް ކޮންފެކްޝަނަރީ އެސޯސިއޭޝަން ލިމިޓެޑް ހިމެނެއެވެ.

ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2017 އަށް ތައްޔާރުވުމުގެ ގޮތުން މެކްސް އާއި ބީބީއެމް ގުޅިގެންވަނީ މިދިޔަ ފެބްރުއަރީ މަހު އެވާރޑް ވިނިންގ ޝެފް އެޑްވިން ލިއޯ އާއެކު ޕޭސްޓްރީގެ ސްޕެޝަލް މާސްޓަރ ކްލާސް އިވެންޓެއް ބާއްވާފައެވެ. ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ގެ ތޭރަ ވަނަ އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ 17 އިން 20 އަށް ދަރުބާރުގޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

50 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތައް ޓެކްސް ދައްކަންޖެހޭ އުސޫލަށް ބަދަލު ގެނެސްފި

50 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތައް ޓެކްސް ދައްކަންޖެހޭ އުސޫލަށް ބަދަލު ގެނެސްފި

20 ފެބުރުއަރީ 2019
މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް

މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް

14 ޖޫން 2018
ކަރާ ކިލޯ އެއްގެ އަގު 45ރ. އަށް، އިތުރަށް އުފުލޭނެ: ތަކެތި ވިއްކާ ފަރާތްތައް

ކަރާ ކިލޯ އެއްގެ އަގު 45ރ. އަށް، އިތުރަށް އުފުލޭނެ: ތަކެތި ވިއްކާ ފަރާތްތައް

09 ޖޫން 2018
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އިއުލާނު ކޮށްފި

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އިއުލާނު ކޮށްފި

19 އެޕްރީލު 2018
ބޮޑެތި ޕޭޖްތައް ހިންގާ ފަރާތްތައް ފޭސްބުކްއިން ވެރިފައި ކުރަނީ

ބޮޑެތި ޕޭޖްތައް ހިންގާ ފަރާތްތައް ފޭސްބުކްއިން ވެރިފައި ކުރަނީ

07 އެޕްރީލު 2018

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު