Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެންނަ ނުފެންނަ ވޯޓު

ދެ އިންތިޚާބު އެއް ކުރަނީ އެއްފަހަރާ ދެ ބާރު، އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން ނަގަން ފަސޭހަ ކުރަން: އީވާ

ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރަސީގެ އަސާސްތަކަށް ކުރާ މަލާމާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ. އީވާ ވިދާޅުވީ ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން އެއް ކެމްޕެއިނަކުން ދައުލަތުގެ ދެ ބާރު ހޯދުމަށް ފަސޭހަ ކުރުމަށް ކަމަށް. އެހެންކަމުން، މިކަމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ނިންމުމަށް "ނޫނެކޭ" ބުނުމަށް އޭނާ ގޮވާލެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 12:43
 "ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

"ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން | ރާއްޖެއެމްވީ

މި ސަރުކާރުން ދެ އިންތިޚާބު އެއް ކުރަނީ އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން އެއް ފަހަރާ ދެ ބާރު ނަގަން ފަސޭހަ ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

 "ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ މިއަދުގެ ސަރުކާރުން ޚަރަދު ކުޑަކުރަންށޭ ބުނެ ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށެވެ. މިއަދުގެ ސަރުކާރުން ޑިމޮކްރަސީ ހަރުދަނާ ކުރަނީއޭ ބުނުމަކީ ވެސް ހިނި އަންނަ ޒާތުގެ ވާހަކައެއް ކަމަށް އިވާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އީވާ ވިދާޅުވީ ސަރުކާރުން ޚަރަދު ކުޑަކުރަން ބޭނުން ކަމަށް ވާނަމަ ޚަރަދު ކުޑަކުރެވޭނެ އެތައް ދިމާލެއް ކޮންމެ މީހަކަށް ވެސް ކިޔައި ދެވިދާނެ ކަމަށެވެ. އެއްވެސް ބެލުމެއް ނެތި ދެމުންދާ ވަޒީފާތަކާ އެމްބަސީތަކުގެ ވަޒީފާތަކާ ގިރިޓީ މަޝްރޫއުތަކާ ނަމެއްގައި ހަވާލުކުރާ ކޮންޓްރެކްޓްތައް ވެސް ލިސްޓު ކުރެވިދާނެ ކަމަށް އީވާ ވިދާޅުވި އެވެ.  

ޚަރަދު ކުޑަ ކުރަން ފަށަން ޖެހޭނީ އިންތިޚާބަކުން ނޫން ކަމަށާއި އިންތިޚާބަކީ ޑިމޮކްރަސީ އެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ އެއީ ރައްޔިތުންގެ އަތް މަތީގަ އޮންނަ ބާރެއް ކަމަށެވެ. އެހެންކަމުން ފުރަތަމަ ޚަރަދުކުޑަ ކުރާނީ އެ ބާރަކުން ނޫން ކަމަށް ވެސް އިވާ ވިދާޅުވި އެވެ.

އެހެންކަމުން މިއީ ޑިމޮކްރަސީ ހަރުދަނާ ކުރަން ކުރާ ކަމެކޭ ބުނުމަކީ އެއީ ޑިމޮކްރަސީ އަށް ވެސް ކުރާ މަލާމާތެއް ކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ކުރަން އުޅޭ ކަމަކީ ސަރުކާރު ހިންގާ ޕާޓީ އަށާ ރައީސްގެ ޕާޓީ އަށް ކެމްޕެއިން ކުރަން ޚަރަދު ކުޑަކުރުން ކަމަށެވެ.

އެ ކުރަން އެއުޅޭ ކަމަކީ އެއްފަހަރާ އެއްބުރުން، އެއްފަހަރާ ދެ ބާރު، އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން ނަގަން ފަސޭހަ ކުރަނީ. ދެ އިންތިޚާބަށް ކުރަން ޖެހޭ ޚަރަދު ރައީސްގެ އިންތިޚާބާ ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބަށް ކުރަން ޖެހޭ ޚަރަދު އެއީ އެއް ކެމްޕެއިނަކަށް ހަދާފައި، ނާޖާއިޒް ހުރިހާ ވަސީލަތެއް، އެއީ ވޯޓަށް ޓަކައި އަޅާ ފައިސާ ކަމަށް ވިޔަސް، ވޯޓަށް ޓަކައި އެ ދޭ ވަޒީފާތައް ކަމަށް ވިޔަސް، ދޭ ކޮންޓްރެކްޓް ކަމަށް ވިޔަސް، ނާޖާއިޒް ހުރިހާ ވަސީލަތެއް އެއް ކެމްޕެއިން އަކަށް އަޅާފަ ދެ ބާރު އެއްކުރުން، ސަރުކާރު ހިންގާ ޕާޓީ އަށް ނަގަން އެ ފަސޭހަ ކުރަނީ. 
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ

އީވާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ އަށް ޚަރަދު ކުޑަ ކުރުމަކީ ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުން ނޫން ކަމަށެވެ. ސަރުކާރުން ކުރަން ވެސް އުޅޭހާ ކަމަކީ އެއް ކެމްޕެއިނަށް ޚަރަދު ކޮށްގެން ދެ ބާރު ނަގަން ފަސޭހަ ކުރުން ކަމަށް އީވާ ތަކުރާރު ކޮށް ވިދާޅުވި އެވެ. 

އީވާ ވިދާޅުވީ އެހެންކަމުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަކީ މުހިއްމު ވޯޓެއް ކަމަށާ އެ ވޯޓުގައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ކުރަން މި އުޅޭ ކަމަށް ސާފު ކޮށް ނޫނެކޭ ބުނުން މުހިއްމު ކަމަށެވެ. 

އީވާ އަބްދުﷲއިންތިޚާބުތައްރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް

07 މާރިޗު 2026
އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

03 މާރިޗު 2026
އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

24 ފެބުރުއަރީ 2026
ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލައިފި

18 ފެބުރުއަރީ 2026
ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

24 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު