Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޙްމަދު ޢަބްދުﷲ ދީދީ

އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް. އިންތިޚާބު އެއް ކުރުމަށް އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ނަމަވެސް، ގާނޫނުއަސާސީގެ އަސާސީ ސިފަތަކަށް ބަދަލު ނުގެނެވޭނެ ކަމަށާއި، ޚަރަދު ކުޑަކުރުމުގެ ބަހަނާގައި އިންތިޚާބުތަކާ ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި. އެހެންކަމުން ގާނޫނުއަސާސީގެ ސުޕްރީމިސީ ދަމަހައްޓައި، ސިޔާސީ މަންފާއަށްވުރެ ބޮޑަށް ދުސްތޫރީ ހަމަތަކަށް އިސްކަންދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 08:56
"ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވާހަކަ ދައްކަވަނީ

"ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް ކަމަށާއި، އިންތިޚާބު އެއްކުރުމަށް އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. 

 "ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވަނީ ގާނޫނު އަސާސީއަށް ކުއްލިކުއްލި އަށް ގެންނަ ބަދަލުތައް ގެނައުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ގާނޫނު އަސާސީއަކީ ލީގަލް ހައިރާކީގެ އެންމެ މަތީގައިވާ އެއަށް ޚާއްސަ ސްޓޭޓަސް ދެވިފައިވާ ސުޕްރީމިސީ ޑޮކިއުމަންޓެއް ކަމަށާއި، ކުޅޭކުޅޭ އެއްޗެއްގެ ގޮތަށް ނުވަތަ އާދައިގެ ގާނޫނުތައް ފާސްކުރާ ކުއްލި ކުއްލި އަށް ބަދަލު ގެނެވޭނެ އެއްޗެއް ނޫން ކަމަށެވެ. 

އެންމެ މުހިންމު ދެ ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހުވާގައި ގާނޫނު އަސަސީއަށް އިހުތިރާމް ކުރުމާއި، ގާނޫނު އަސާސީ ނަގަހައްޓަން ބަޔާން ކޮށްފައިވާކަން ފާހަގަކުރައްވައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިފައިވަނީ އިސްތިސްނާ ގޮތަކަށް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީއަކީ ލެޖިޓް އެއްޗަކަށްވާއިރު، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތް ނަމަވެސް ބަދަލު ގެނެވިގެން ނުވާނެ ކަމަށެވެ. މިހާރު މި ސަރުކާރުން ކަންކަން ކުރަނީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކަން ކުރާ އުސޫލު ނޫން ކަމަށާއި، ގާނޫނު އަސާސީއަށް މިގޮތަށް ބަދަލު ނުގެންނަ ކަމަށެވެ. 

މީގެ އިތުރުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުން ވެގެން ނޫން ކަމަށާއި، އެކަމަށް ރައްޔިތުން ޑިމާންޑް ނުކުރާ ކަމަށެވެ. ގާނޫނު އަސާސީއަކީ ރައްޔިތުންގެ މިލްކެއް ކަމަށާއި، ކުރިއަށް އޮތް ޖެނަރޭޝަންތަކުގެ މިލްކެއް ކަމަށެވެ. އަދި ވަކި ފަރުދެއްގެ މިލްކަކަށް ނުވާއިރު، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވުމުން ގާނޫނު އަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލު ކުރައްވާ ކޮންމެ ފަހަރަކު ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ބެހޭ ގޮތުން އާ ސަބަބެއް ގެންނަވާ އެބަ. އެގޮތުން ވަރަށް ފަހުން ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޓާންއައުޓް ގިނަވެގެންދާ ދިއުން ގިނައިން ރައްޔިތުން ވޯޓު ދޭން ނުކުންނަ އިންތިޚާބަކަށްވާތީއޭ ތިމަންމަނިކުފާނު ދެ އިންތިޚާބު އެއްކޮށްލަވައްނީ. ދެން އަންނަ ހަ މަސް ތެރޭގައި ނޯ ކޮންފިޑެންސް ނޫނީ އިންޕީޗްމަންޓް ޕްރޯސަސްއެއް މަޖިލީހުން ހިންގާފާނެތީ ކަމަށް. ހަގީގަތުގައި އިންޕީޗްމަންޓަކީ އެއީ ރައީސުލްޖުމްހޫރިއްޔާ ޕަވަރ ކޮންސިއުނަޝަލް ބާރުތޯ އެބިއުސް ކުރައްވަނީ. އެއީ މެޖޯރިޓީ އޮތީމަ. މިދެންނެވީ ޕާލިމަންޓްގެ މެޖޯރިޓީ އޮތީމަ. ހަގީގަތުގައި އެހެނޭ ކިޔާފައި ވިދާޅުވާ ވިދާޅުވުން ވެސް އެދޭހަވަނީ އަޅުގަނޑުމެން މިދަންނަވާ ކޮންސިއުޝަނަލް ލެގަމެސީ ގެއްލިފައިވާކަން. އެއީ އަމިއްލަ ކަންތައްތަކެއް ވާހަކަ އެ ދައްކަވަނީ. މިއީ ރައްޔިތުންގެ މިލްކެއް. 
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ

އެއްދުވަހެއްގައި އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަނީ ހަރަދު ކުޑަ ކުރުމަށް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޕޮލިޓިކަލް ސިސްޓަމްގެ ތެރެއިން ވަރަށް ގިނައިން އިސްރާފު ކުރާ ކަމަށާއި، އެއިސްރާފު ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް ކަމަށާއި، މިކަންތައްތައް ހަރަދާ އަޅާ ކިޔުމަށްފަހު އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ހަރަދު ކުރަން ޖެހޭ ވަރަށް ހަރަދު ކުރަން ޖެހޭ ކަމަށާއި، ބަޖެޓު އޮންނަން ޖެހޭނީ ފާސް ކުރެވިފައި ކަމަށެވެ.

އަޙްމަދު ޢަބްދުﷲ ދީދީރައްޔިތުންގެ މަޖިލިސްއިންތިޚާބުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 މީހުންގެ މަގާމު އުނި ކުރިޔަސް 5 އަހަރު 60 މިލިއަން ސަލާމަތް ކުރެވޭނެ: ހަސަން ލަތީފް

ސަރުކާރުގެ 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 މީހުންގެ މަގާމު އުނި ކުރިޔަސް 5 އަހަރު 60 މިލިއަން ސަލާމަތް ކުރެވޭނެ: ހަސަން ލަތީފް

09 މާރިޗު 2026
 ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

09 މާރިޗު 2026
ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް، ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭން ފާސް ކޮށްފި

ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް، ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭން ފާސް ކޮށްފި

08 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން

08 މާރިޗު 2026
ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

08 މާރިޗު 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު