Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

ގާނޫނުއަސާސީގެ މާއްދާތަކާއި އޭގެ ތަރުތީބުތަކަކީ ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކޮށްގެން ނިންމާފައިވާ ކަންތައްތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. އެމަނިކުފާނު ވިދާޅުވީ ކަމެއް ނިންމާއިރު ހަމައެކަނި އެވަގުތަކު ތިމާއަށް ފައިދާވާ ގޮތަށް ކަންކަން ކުރުމަކީ އޭގެ ނޭދެވޭ އަސަރު ފަހުން ކޮށްފާނެ ކަމެއް ކަމަށް. އަދި މިހާރުގެ ސަރުކާރުން ގާނޫނުތަކަށް ގެންނަ އަވަސް ބަދަލުތަކުގެ ސަބަބުން، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޑރ. މުއިއްޒަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ރައީސް ސޯލިހު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 02:40
 ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު | އެމްޑީޕީ ސެކްރިޓޭރިއެޓް

ކަމެއް ކުރާއިރު ހަމައެކަނި ތިމާއަށް އެވަގުތަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ ކަމަށާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ދެ އިންތިޚާބު އެއްކޮށްގެން 2028 ގައި ލަނޑެެއް ލިބިވަޑައިގެންފާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން ކ. މާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ  ދެ އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ދައްކާއިރު އެއީ ވެސް ފުންކޮށް ވިސްނާން ޖެހޭ ކަމެއް ކަމަށެވެ. ގާނޫނު އަސާސީގައި މާއްދާތަކެއް ލިޔެ، އެއަށް ސުރުޚީތަކެއް ދީފައި ވަނީ ވާހަކަ ނުދައްކާ ނުވަތަ މަޝްވަރާ ނުކޮށް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

Advertisement - newsAdvertisement
މިސާލަކަށް ބައްލަވާ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ބައި. އޭގައި އޮންނަނީ ދިވެހިރާއްޖޭގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ މުއައްސަސާ އެއް އޮންނަން ވާނެ އޭ. ސަލާމަތީ ބާރުގެ ވާހަކައެއްް ނޫން އޭގައި ދައްކާނީ. އަދި ސަލާމަތީ ޚިދުމަތްތައް ފުލުހުންގެ ޚިދުމަތާ، ސިފައިންގެ ޚިދުމަތް އޮންނަން ވާނެ އޭ. ހަމަ ލިޔަން ވީނޫން ތޯ އޭގައި ބާރޭ. މިހާރުވެސް އެބަ ބޭނުން ކުރޭ އެގޮތަށް. ސަލާމަތީ ބާރޭ. ދިފާއީ ބާރޭ. ފުލުހުންގެ ބާރޭ. އެކަމު އަސްލުގައި އޭގައި ޚިދުމަތެއްގެ ގޮތުގައި އަޅުގަނޑުމެން ލިޔުނީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދޭ ތަންތަނުގެ ގޮތުގައި ބޭއްވުމަށްޓަކައި.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މިއަދު އެމެރިކާ އިން ފެންނަ މަންޒަރު ތަކަށް ބަލާއިރު ފެންނަނީ އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިޕާޓްމަންޓް އޮފް ޑިފެންސް ގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް ބަދަލު ކުރެއްވި މަންޒަރު ކަމަށެވެ. މިއަދު ރާއްޖޭގައި ހުރި ރައީސް މުއިއްޒަކީ ވެސް ގާނޫނުތަކާ، ގަވާއިދުތަކަށް ވެސް އަވަސްއަވަހަށް ބަދަލު ގެންނަވާ ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ޑިފެންސް މިނިސްޓްރީ ގެ ނަން ވޯ މިނިސްޓްރީ އަށް ބަދަލު ކުރައްވަފާނެ ތޯ ސުވާލު އުފެދޭ ކަމަށެވެ. 

އަޅުގަނޑު ހިތަށްއަރާ އަޅުގަނޑުމެންގެ މި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދަ ކަމެއް ނުކުރައްވާނެ ބާއޭ. އަޅުގަނޑުމެންނާ ދިމާއަށް ހަނގުރާމައެއް އެބަ އާދޭ. ހަމަ ބަދަލު ކޮށްލަ ފާނެ. މިނިސްޓްރީ އޮފް ވޯ އަށް. ކިޔާފަ މިނިސްޓްރީގެ ނަން ބަދަލު ކޮށްލަ ފާނެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީ އަށް ގެނެވިފަ ހުރި މާއްދާތަކާއި، އެ ތަރުތީބު ކުރެވިފައި ވަނީ ނުވިސްނާ ނޫން ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބާބު ލިޔެވިގެން ދިޔައިރު އެއަށް ކުރެވިގެން ދިޔަ ބަހުސް ހަނދުމަފުޅު ހުރިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާބު ލިޔެ ނިމުމުން މަޖިލީހަށް މާ ގިނަ ބާރުތައް ދީފައިވާތީ އެހެން މެންބަރުން ގާތު ސުވާލު ކުރެއްވި ކަމަށެވެ. ހުރިހާ ބާރެއް މަޖިލީހަށް ދީގެން ރާއްޖޭގައި ވެރިކަމެއް ކުރާނީ ކިހިނެއްތޯ ސުވާލު ކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ވިދާޅުވީ އިބޫ ތިވާހަކަ އެހާ ބޮޑަށް ނުދައްކައްޗޭ. ތިމަންނަ މެންނަށް ފެންނަ ގޮތުގައި 2008 ވަނަ އަހަރުވެސް ރާއްޖޭގެ ވެރިކަމަށް އަދި އަންނާނީ ރައީސް މައުމޫން އޭ. ރައީސް މައުމޫން ބަލިކުރެވޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނެއޭ. އެކަމަކު ރައްޔިތުންގެ މަޖިލީސް ތިމަންނަމެން ނަގާނަމޭ. އެހެންވީމަ އެތާ ނޫންހޭ ބާރުތައް އޮންނަން ވާނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެކަމު ކަންތައް ވެގެން ދިޔައީ އެހެން ނޫން ކަމަށާ 2008 ވަނަ އަހަރު ވެރިކަން ލިބުނީ އެމްޑީޕީ އަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލިސް ލިބުނީ ރައީސް މައުމޫން އަށް ކަމަށާ އެހެންވީމާ ކަމެއް ކުރާއިރުގައި ހަމައެކަނި ތިމާއަށް އެވަގުތަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ އެހެންކަމުން ރައީސް މުއިއްޒު މިއަދު އެ ގެންނަވާ އިސްލާހުން ހަމަ ފަހަރުގައި އެމަނިކުފާނަށް 2028 ގައި ބޮޑު ލަނޑެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.  

އިބްރާހިމް މުހައްމަދު ސޯލިހުމާފުށިއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

08 މާރިޗު 2026
އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

07 މާރިޗު 2026
މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

މާލޭ ރައްޔިތުންނަށް ކަންތައްތައް މިހާރު ކޮށްދެނީ މެޖޯރިޓީ ނެތި، ދަތި އުނދަގުލުގައި، ބޭނުންވަނީ އިންތިޚާބު ކާމިޔާބު ކޮށް، ފަސޭހަކަމާއެކު ކަންކަން ކޮށްދޭން: ރައީސް ސޯލިހު

07 މާރިޗު 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ސޯލިހު މާފުށްޓަށް ވަޑައިގަތުމުން ހޫނު މަރުޙަބާ އެއް ކިޔައިފި

07 މާރިޗު 2026
ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

07 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު