Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި

ރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި 19 އަހަރާއި 25 އަހަރުގެ ދެ ޒުވާނަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން 5 ދުވަސް ވަނީ ޖަހާފައި. ފުލުހުން މި ދެ މީހުން އަތުލައިގަތްއިރު، މީގެ ތެރެއިން އެކެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 10 ސެލޯފިންކޮޅު ވެސް ވަނީ ފެނިފައި. މި މައްސަލައިގައި ހިމެނޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 6.280 ކިލޯ ހުރިއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 08:36
ކްރިމިނަލް ކޯޓު. މި ދެ ޒުވާނުންގެ ބަންދަށް ޖަހާފައިވަނީ 5 ދުވަސް

ކްރިމިނަލް ކޯޓު. މި ދެ ޒުވާނުންގެ ބަންދަށް ޖަހާފައިވަނީ 5 ދުވަސް | ރާއްޖެއެމްވީ

ދިވެހިރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި އެވެ. 

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، ޓްރެފިކްކުރުމުގެ ތުހުމަތުގައި މިމަހުގެ 5 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ ސ. މަރަދޫ އަށް ނިސްބަތްވާ ރަތްމާގެ، 19 އަހަރުގެ، އަހުމަދު ދާން ފަރްހޫދު އާއި، ކ. މާލެއަށް ނިސްބަތްވާ މއ. ތަރިޖެހިއާގެ، 25 އަހަރުގެ އިސްމާޢީލް އަބާން ޢަބްދުﷲ އެވެ. 

Advertisement - newsAdvertisement

މި ދެ ޒުވާނުންގެ ކޯޓު އަމުރުން އެނގޭގޮތުގައި، އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ހެއްކާއި، ގަރީނާ ހުށަހަޅާފައިވެ އެވެ.

އެގޮތުން މޯލްޑިވްސް ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމާއި، މުދާ ކްލިއަރ ކުރުމަށް ހަވާލުވެހުރި ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާނާއި، ފުލުހުންގެ އިންސިޑެންޓް ރިޕޯޓާއި ލިޔެކިޔުންތައް ހުށައަޅާފައިވާ ކަމުގަ އެވެ. 

މީގެ އިތުރުން ކޯޓުގައި ފުލުހުން ބުނީ، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން މި މުދާ އެންމެ ފުރަތަމަ ހަވާލުވެފައި ވަނީ އަޙްމަދު ދާން ކަން އެނގޭ ކަމަށާއި، އަބާން ވެސް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން މި މުދަލާ ހަވާލުވި ނަމަވެސް މިއީ އޭނާ ގެ ތަކެތި ނޫންކަމަށް ބުނެ ތުހުމަތުތަކަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި އަބާން ގެ ހަށިގަނޑު ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، އެތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތިކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ އޮފިސަރު ވިދާޅުވީ، ފެނިފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހީގެ ވަގުތީ ބަރުދަނުގައި 6.280 ކިލޯ ގްރާމް ހުރިކަމަށެވެ. 

މި މައްސަލައާ ގުޅިގެން ވަކީލެއްގެ ފުރުސަތަކަށް ދެމީހުން ވެސް އެދިފައިވާތީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 14 ވަނަ މާއްދާއަށް ރިއާޔަތްކޮށް 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ ނިންމާފަ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

އަހުމަދު ދާން ފަރްހޫދުއިސްމާއިލް އަބާން އަބްދުﷲމަސްތުވާތަކެތި ޓްރެފިކްކުރުންމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

02 މާރިޗު 2026
މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

28 ފެބުރުއަރީ 2026
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި 28 އަހަރުގެ ޒުވާނަކު، 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި 28 އަހަރުގެ ޒުވާނަކު، 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

25 ފެބުރުއަރީ 2026
ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ހައްޔަރުކޮށްފި

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ހައްޔަރުކޮށްފި

22 ފެބުރުއަރީ 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ޕީއެންސީ އެކްޓިވިސްޓް ޝަހީބަށް 650،000 ރުފިޔާ ދޭން ހުކުމެއް

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު