Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ.ގޮއިދޫ

ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށް ހެލްތު މިނިސްޓްރީއާއެކު ދަނީ މަޝްވަރާ ކުރަމުން: މިނިސްޓަރު މާރިޔާ

6 މާރިޗު 2026 | ހުކުރު 11:04

ބ. ގޮއިދޫގައި ކެންސަރު ބަލި އިތުރުވާ ސަބަބު ދެނެގަތުމަށްޓަކައި އެގްރިކަލްޗާ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ ގުޅިގެން ދިރާސާއެއް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. އެގޮތުން ދަނޑުވެރިކަމުގައި ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާއިރު، ގޮއިދޫގެ ދަނޑުތަކުގައި ބޭސް ބޭނުންކުރާ ގޮތް ބަލައިދިނުމަށް އެ ރަށު ރައްޔިތުން ވަނީ މީގެ ކުރިން އެދިފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2026 | ހުކުރު 11:04
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަ ދައްކަވަނީ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށްޓަކައި އެގްރިކަލްޗާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން މަޝްވަރާ ކުރަމުން އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓްރީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ޕެސްޓިސައިޑާ ގުޅުން ހުރި ގާނޫނެއް އޮތް ނަމަވެސް މިހާތަނަށް ވެސް ސިޔާސަތެއް ހަދައިފައިނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ސިޔާސަތެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާގުޅޭ ގޮތުން މާ ބޮޑު ތަފްސީލެއް ނުދެއްވައި، ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ބައެއް މީޑިއާތަކަށް މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖޭގައި ކެންސަރު އިތުރުވާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އާބާދީ ކުދި ރަށްތައް ކަމަށްވާ ގޮއިދޫގައި ވެސް ކެންސަރު ވަރަށް އާއްމުވެފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެގޮތުން ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށްޓަކައި ހެލްތް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ދިރާސާތައް ހަދަމުންދާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. 

500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގޮއިދޫގައި ކެންސަރު ބަލި އާއްމުވާ ސަބަބު ދިރާސާކޮށް ދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް އެރަށަށް ނިސްބަތްވާ މީހަކު އެދިފައިވަނީ 7 ޑިސެންބަރު 2025 ގަ އެވެ. ގިނަ ކަންބޮޑުވުންތަކާއެކު، ހެލްތް މިނިސްޓްރީގެ އިތުރުން އެގްރިކަލްޗަރ މިނިސްޓްރީއަށް ސިޓީ ހުށަހަޅާފައިވާއިރު، އެރަށުގައި މިދިޔަ ފަސް އަހަރު ތެރޭގައި ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވެ އެވެ. 

ގޮއިދޫކެންސަރުމިނިސްޓްރީ އޮފް އެގްރިކަލްޗަރޕެސްޓިސައިޑްޑރ. މަރިޔަމް މާރިޔާ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލުކޮށްފައިވާ ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކަނީ، ސަމާލުވޭ!

12 އޯގަސްޓު 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލުކޮށްފައިވާ ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކަނީ، ސަމާލުވޭ!
28 ޖުލައި 2026

ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި

28 ޖުލައި 2026
ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި
20 ޖުލައި 2026

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ

20 ޖުލައި 2026
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ
10 ޖުލައި 2026

2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ

10 ޖުލައި 2026
2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ
05 ޖުލައި 2026

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

05 ޖުލައި 2026
ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި
14 އެޕްރީލު 2026

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު ވެސް އިސްތިއުފާ ދެއްވައިފި

14 އެޕްރީލު 2026
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު ވެސް އިސްތިއުފާ ދެއްވައިފި
14 އެޕްރީލު 2026

ޓޫރިޒަމް މިނިސްޓަރު ތޯރިގު، މަގާމުން އިސްތިއުފާ ދެއްވައިފި

14 އެޕްރީލު 2026
ޓޫރިޒަމް މިނިސްޓަރު ތޯރިގު، މަގާމުން އިސްތިއުފާ ދެއްވައިފި
14 އެޕްރީލު 2026

އެގްރިކަލްޗަރ މިނިސްޓަރު މާރިޔާ، މަގާމުން އިސްތިއުފާ ދެއްވައިފި

14 އެޕްރީލު 2026
އެގްރިކަލްޗަރ މިނިސްޓަރު މާރިޔާ، މަގާމުން އިސްތިއުފާ ދެއްވައިފި
03 މާރިޗު 2026

ވާލާއި ކާޅު މަރާނަމަ، އެކަން ކުރަން ޖެހޭނީ ޚާއްސަ ސަމާލުކަމެއް ދީގެން: މިނިސްޓަރު މާރިޔާ

03 މާރިޗު 2026
ވާލާއި ކާޅު މަރާނަމަ، އެކަން ކުރަން ޖެހޭނީ ޚާއްސަ ސަމާލުކަމެއް ދީގެން: މިނިސްޓަރު މާރިޔާ
12 ފެބުރުއަރީ 2026

ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟

12 ފެބުރުއަރީ 2026
ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް