Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާ

15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ދެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2026 | ހުކުރު 08:34

ފުލުހުން ބުނީ، އަލީ ޙަސަން ހައްޔަރުކޮށްފައިވަނީ 24 ޑިސެމްބަރު 2025 ވަނަ ދުވަހު ކަމަށް. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ މުއްދަތު ހަމަވާނީ 1 މާރިޗް 2026 ގައި. އަދި މުޙައްމަދު އިޙްސާން ހައްޔަރުކޮށްފައިވަނީ 3 ފެބުރުވަރީ 2026 ވަނަ ދުވަހު. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 6 މާރިޗް 2026 ގައި. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކަށް ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ފެބުރުއަރީ 2026 | ހުކުރު 08:34
15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން

15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން | މޯލްޑިވްސް ޕޮލިސް

ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، 44 އަހަރުގެ، އަލީ ޙަސަން އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، 21 އަހަރުގެ، މުޙައްމަދު އިޙްސާން ކަމަށެވެ. 

Advertisement - newsAdvertisement

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އަލީ ޙަސަން ހައްޔަރުކޮށްފައިވަނީ 24 ޑިސެމްބަރު 2025 ވަނަ ދުވަހު ކަމަށާއި، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ މުއްދަތު ހަމަވާނީ 1 މާރިޗް 2026 ގައި ކަމަށެވެ. އަދި މުޙައްމަދު އިޙްސާން ހައްޔަރުކޮށްފައިވަނީ 3 ފެބުރުވަރީ 2026 ވަނަ ދުވަހު ކަމަށާއި، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 6 މާރިޗް 2026 ގައި ކަމަށެވެ. 

މި މައްސަލާގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ. 

ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ފުލުހުން ދަނީ ޚާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މައުލޫމާތުދެ އެވެ.

ދޭތެދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު، ޖެނުއަރީ މަހުގެ ތެރޭގައި ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަކުއްޖެއްގެ ގައިގައި އަތްލައިފިކަން ސާބިތުވެއްޖެ ނަމަ، އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޙަސަން އަލީމުހައްމަދު އިހްސާން ކުޑަކުދިން ގްރޫމިންގޖިންސީ ގޯނާދިވެހި ފުލުހުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2026

ކުޅިވަރުގެ ޚިދުމަތްތެރިޔާ ޙަސަން އަލީ ނިޔާވެއްޖެ

07 ފެބުރުއަރީ 2026
ކުޅިވަރުގެ ޚިދުމަތްތެރިޔާ ޙަސަން އަލީ ނިޔާވެއްޖެ
05 ފެބުރުއަރީ 2026

މާލެ ހިޔާ-1ގެ 5 ވަނަ ފަންގިފިލާ އިން ދުވަސްވީ މީހަކު ވެއްޓި އަނިޔާވެއްޖެ

05 ފެބުރުއަރީ 2026
މާލެ ހިޔާ-1ގެ 5 ވަނަ ފަންގިފިލާ އިން ދުވަސްވީ މީހަކު ވެއްޓި އަނިޔާވެއްޖެ
04 ފެބުރުއަރީ 2026

ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުވި ދެ މީހުން ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2026
ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުވި ދެ މީހުން ހައްޔަރު ކޮށްފި
02 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

02 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި
01 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

01 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ
23 ޖެނުއަރީ 2026

މާލޭގައި ފުޅާ ދާއިރާ އެއް ގައި ބަނގުރާ ވިޔަފާރި ކުރާކަމުގެ ތުހުމަތު ގައި ބަންގްލަދޭޝްގެ ހަތަރު މީހުން ހައްޔަރުކޮށް ޑީޕޯޓު ކޮށްލަނީ!

23 ޖެނުއަރީ 2026
މާލޭގައި ފުޅާ ދާއިރާ އެއް ގައި ބަނގުރާ ވިޔަފާރި ކުރާކަމުގެ ތުހުމަތު ގައި ބަންގްލަދޭޝްގެ ހަތަރު މީހުން ހައްޔަރުކޮށް ޑީޕޯޓު ކޮށްލަނީ!
21 ޖެނުއަރީ 2026

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

21 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ
19 ޖެނުއަރީ 2026

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

19 ޖެނުއަރީ 2026
ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި
18 ޖެނުއަރީ 2026

ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

18 ޖެނުއަރީ 2026
ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް