Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޭމްގެ މައްސަލަ

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގާ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ: ފުލުހުން

މުދާ ލިބުމުގެ ކުރިން ފައިސާ ނުފޮނުވުމަށާއި، ވިޔަފާރި ކުރަނީ ރަޖިސްޓްރީކޮށްފައިވާ ތަނަކުންތޯ ބެލުމުގެ އިތުރުން، އަމިއްލަ ބޭންކިންގ މައުލޫމާތާއި އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައި. ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް ވެސް ފުލުހުން އެދިފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 08:18
ސްކޭމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި

ސްކޭމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި | ސެކިއުރިޓީ މެގަޒިން

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މިދުވަސްވަރު ސްކޭމަރުން ވަރަށް ބޮޑަށް ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށާއި، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ފުލުހުން ބުނެފި އެވެ.

ސްކޭމްގެ މައްސަލަތައް ބޮޑުވެފައިވާ މިދުވަސްވަރާ ގުޅިގެން ފުލުހުން އާއްމު ކޮށްފައިވާ ވީޑީއޯއެއްގައި އެންޓި ސްކޭމް ސެންޓަރުގެ ސީނިއަރ ސާޖަންޓް އަބްދުﷲ ޝަހުނީޒު ވިދާޅުވީ މިދުވަސްވަރަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ މީހުން ގޭތެރޭގައި ގެންގުޅޭ އާލާތްތައް އާ ކުރުމާއި، ކާބޯތަކެތި ގަތުމުގައި ހަމަ ވަރަށް އަވަދިނެތި އުޅޭ ކަމަށެވެ. އަދި މިދުވަސްވަރު ސްކޭމަރުން ވެސް އިތުރަށް ހުށިޔާރުވެ ވިޔަފާރީގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޝަހުނީޒު ވިދާޅުވީ އޮންލައިން ވިޔަފާރިތަކުން ކުރާ ސްކޭމްތައް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ވިޔަފާރި ކުރުމުގެ ކުރިން އެއީ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އަދި މުދާ އަތަށް ނުލިބެނީސް ފައިސާ ޖަމާ ނުކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ. 

އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މިރޯދައަށް ތައްޔާރުވާ ތައްޔާރުވުމުގައި އޭގެ ނާޖާއިޒް ފައިސާ ސްކޭމަރުން ނަގަމުންދާކަން. އެގޮތުން ހަމަ ގިނަ ފަހަރު މި ފާހަގަކުރެވެނީ މިއީ އަސްލު ވިޔަފާރިއެއް ތޯ ކަށަވަރުކޮށްނުލެވި މި ފައިސާ ފޮނުވާލާ މުދާ ނުލިބެނިސް މިފައިސާ ދޫކޮށްލެވޭތަން އެބަ އާދޭ. އެހެންވީމަ އަޅުގަނޑުމެންގެ އިލްތިމާސްއަކީ ސައްހަ ވިޔަފާރިއެއްތޯ ކަށަވަރު ކުރުން. ކަށަވަރުު ކުރެވޭނެ ބިޒްނަސް ޕޯޓަލް ގެ ތެރެއިން ބިޒްނަސް. އީގޯން.އެމްވީ އެލިންކުން ބަލާލެވޭނެ އެއީ ރަޖިސްޓާޓް ބިޒްނަސްއެއްތޯ. ދެން އަޅުގަނޑުމެންގެ އިލްތިމާސް އަކީ ފަރުދުންގެ އެކައުންޓުތަކަށް ޓްރާންސްފަރ ނުކުރެއްވުން ވިޔަފާރި ކުރައްވާއިރުގައި . ހަމަ ވިޔަފާރި އެކައުންޓެއްތޯ ބައްލަވާފައި ނޫނީ ޓްރާންސްފަރ ނުކުރެއްވުން އޭގެ އިތުރުން މުދާ ލިބުނީމަ ނޫނީ ފައިސާ ދޫނުކުރެއްވުން.
އެންޓި ސްކޭމް ސެންޓަރުގެ ސީނިއަރ ސާޖަންޓް އަބްދުﷲ ޝަހުނީޒު

މީގެ އިތުރުން ފުލުހުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު ޔަގީންކަން ނެތް ލިންކުތަކަށް ނުފިތުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ. އަދި އަމިއްލަ ބޭންކިންގް މައުލޫމާތާއި އޯ.ޓީ.ޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އެދިފައިވާއިރު، ސްކޭމްގެ މައްސަލައެއް ފާހަގަ ކުރެވޭއިރަށް ވީހާ ވެސް އަވަހަށް ރިޕޯޓު ކުރުމަށް އެދިފައިވެ އެވެ. 

އަބްދުﷲ ޝަހުނީޒުއެންޓި ސްކޭމް ސެންޓަރސްކޭމްދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ދެ މީހަކު ހައްޔަރު ކޮށްފި

15 އަހަރުގެ އަންހެން ކުއްޖެއް ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ދެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2026
މާލެ ހިޔާ-1ގެ 5 ވަނަ ފަންގިފިލާ އިން ދުވަސްވީ މީހަކު ވެއްޓި އަނިޔާވެއްޖެ

މާލެ ހިޔާ-1ގެ 5 ވަނަ ފަންގިފިލާ އިން ދުވަސްވީ މީހަކު ވެއްޓި އަނިޔާވެއްޖެ

05 ފެބުރުއަރީ 2026
ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުވި ދެ މީހުން ހައްޔަރު ކޮށްފި

ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލުވި ދެ މީހުން ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

އަމީން މިއާގެ މަރުގެ މައްސަލަގައި ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

02 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު