Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރޯޑްކާސްޓިން ކޮމިޝަން

ޗެނަލް 13ގެ މައްސަލަ ބްރޯޑްކޮމްއިން ނިންމީ ތަހްގީގު ކޮމިޓީގެ ނިންމުމާ ހިލާފަށް!

ކޮމިޝަނުން ނިންމީ ރައީސް މައުމޫނަށް ހަޖޫޖެހި ކޮންޓެންޓް ގާނޫނާ ހިލާފު ނުވާ ކަމަށް

ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2017 | ބުދަ 08:40
ރައީސް މައުމޫނަށް ހަޖޫޖަހައި ކުރަހާފައިވާ ކާޓޫނެއް

ރައީސް މައުމޫނަށް ހަޖޫޖަހައި ކުރަހާފައިވާ ކާޓޫނެއް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމަށް ހަޖޫޖަހައި ތައްޔާރުކޮށްފައި ހުރި ކާޓޫނުތަކެއް ޗެނަލް 13އިން ދެއްކި މައްސަލައިގައި، އެއީ އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނަމަވެސް، ތަހްގީގުކުރި ކޮމިޓީން ނިންމާފައި އޮތީ އެއީ ގާނޫނާ ހިލާފު ކޮންޓެންޓެއް ކަމަށް، ކޮމިޝަންގެ ބައެއް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓްކުރާ ޗެނަލް 13 އިން "ނަނާ ހުވަފެން"ގެ ނަމުގައި ގެނެސްދިން ޕްރޮގްރާމްގައި، ކުރީގެ ރައީސް މައުމޫން، ބުދު ދީނުގެ ކަލާނގެއަކާ އެއް ސިފަކޮށްފައިވެ އެވެ. އަދި އެ މަނިކުފާނަށް ހަޖޫޖަހާފައިވާ އެތައް މަންޒަރުތަކެއް އެ ޕްރޮގްރާމްގައި ދައްކާފައިވެ އެވެ.

މި ކޮންޓެންޓަކީ އަބުރުގެ ގާނޫނާ ހިލާފުވާ ކޮންޓެންޓެއް ނޫން ކަމަށް ކޮމިޝަނުން ނިންމި ނަމަވެސް، އެ މައްސަލަ ތަހްގީގުކުރި ކޮމިޓީން ނިންމާފައި އޮތީ، ޗެނަލް 13 އިން އަބުރުގެ ގާނޫނާ ހިލާފުވާ ކަމަށާއި ފިޔަވަޅު ވެސް އެޅުމަށް ކަމަށް ކޮމިޝަންގެ މެމްބަރަކު ވިދާޅުވި އެވެ.

އެ މެމްބަރު ވިދާޅުވި ގޮތުގައި ކޮމިޝަނުން އަމިއްލަ އަށް އިސް ނަގައިގެން ބެލި މި މައްސަލަ ތަހްގީގުކުރުމަށް ފަހު، ކޮމިޓީގެ ނިންމުމާމެދު އަންގާރަ ދުވަހު ކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމީ ޗެނަލް 13 ގާނޫނާ ހިލާފު ނުވާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

"މި ކޮންޓެންޓް ގާނޫނާ ހިލާފުވާ ކަމަށް ކޮމިޝަންގެ ބައެއް މެމްބަރުން ވެސް ގަބޫލުކުރައްވާ، ކޮމިޝަންގެ އެހެން މުވައްޒަފުން ވެސް. ނަމަވެސް ކަންކަން ނިންމަނީ "މަތިން" އަންގާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ކާޓޫން ދެއްކި މައްސަލަ ބެލުމަށް ހުށަހެޅީ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު އަސްލަމް ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.

އެ ޕްރޮގްރާމްގައި އަބުރުގެ ޤާނޫނާ ޚިލާފް ކޮންޓެންޓް ނުހިމެނޭ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމި ގޮތުގެ ބަޔާނުގައި ޗެނަލް 13 ގެ އެކްޓިންގ ސީއީއޯ ހަސަން ޣައްސާން ދީފައިވާ ދިފާޢީ ބަޔާނުގެ މައްޗަށް ބުރަވެ، ދެ ކަމެއް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެޕްރޮގްރާމުގައި ދައްކާފައިވަނީ މާޒީގައި ބަޔެއްގެ ޢަމަލުތައް ބައްޓަންވެފައި ހުރި ގޮތް ކަމާއި، ޗެނަލް 13 އިން ދެއްކި ކޮންޓެންޓަކީ ކުރީގެ ބަޔަކު ކޮށްފައި އޮތް ކަމެއް ކުށްވެރިކޮށް، އެ ކަން އެއީ އެހެން ވެގެންވާނެ ކަމެއް ނޫން ކަމަށް ސިފަކޮށްދޭން ދެއްކި ކޮންޓެންޓެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

ޗެނަލް 13 އިން ދެއްކި ކޮންޓެންޓަކީ އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ތެދު ބަޔާން ކުރުމުގެ ގޮތުން ދެއްކި ކޮންޓެންޓެއް ކަމާއި، އެ ކޮންޓެންޓަކީ އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ތެދު ހަގީގަތެއްކަން ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނުގެ ތަހުގީގަށް ސާބިތުކޮށްދީފައިވާ ކަމަށް ބްރޯޑްކޮމްގެ ބަޔާނުގައިވެއެވެ. ޗެނަލް 13 ގެ ކޮންޓެންޓުގައި އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށް، އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެމާއްދާގެ (ބ) އާ ޚިލާފް ކޮންޓެންޓެއް ނެތް ކަމަށް މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

ކޮމިޝަންގެ މި ނިންމުން، ތަހްގީގު ކޮމިޓީގެ ނިންމުމާ ހިލާފު ކަމަށް ކޮމިޝަންގެ ބައެއް އޮފިޝަލުން ރާއްޖެއެމްވީއާ ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް ބުދަ ދުވަހު ރާއްޖެއެމްވީއަށް ވިދާޅުވީ ކޮމިޓީން މައްސަލަ ތަހްގީގު ކުރި ނަމަވެސް، ފައިނަލް ނިންމުން ނިންމާނީ މުޅި ކޮމިޝަނުން ކަމަށާއި ޗެނަލް 13 މައްސަލަ ވެސް ނިންމާފައި ވަނީ އެ އުސޫލުން ކަމަށެވެ. ކޮމިޝަންގެ ނިންމުން ތަހްގީގު ކޮމިޓީގެ ނިންމުމާ ހިލާފު ކަމަށް އޭނާ ވިދާޅެއް ނުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު