Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބު

ދިވެހި ރައްޔިތުންވެސް ނިންމީ މަސީހުގެ އިތުބާރު ނެތްކަމަށް: އަމީތު

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މަސީހު ނިސްބަތްވާ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 މެއި 2017 | އާދީއްތަ 10:33
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއިން ނާކާމިޔާބު ވުމަކީ މަސީހުގެ އިތުބާރު ނެތްކަން ހާމަވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދުމަނިކު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އަމީތު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާއިންނާއި ދިވެހި ރައްޔިތުންވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނިންމާފައިވަނީ މަޖިލީޙުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން މަސީޙު އިސްތިއުފާ ދެއްވުމަށް އަމީތު ވަނީ ގޮވާލައްވާފަ އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށް މަސީހު ހޮވިވަޑައިގަންނަވާފައިވަނީ ޕީޕީއެމް ޓިކެޓްގައި އެވެ. މަސީހުގެ އިތުބާރު ނެތްކަމަށާއި މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް އަމީތު ގޮވާލައްވާފައި މިވަނީ ގުޅިފައިވާ އިދިކޮޅު ޕާލަމެންޓް ގްރޫޕުން މަޖިލީހުގެ ތެރެއިން މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މަޖިލިސް އިންތިހާބަށްފަހު އާއްމު އިންތިހާބެއް ބޭއްވި ފުރަތަމަ ފުރަތަމަ ފަހަރަކީ މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލަކު ދެކުނު ދާއިރާއިން ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ފަލާހު ޝަރީފް އެވެ.

މީގެއިތުރުން އަމީތު ވަނީ ހޮނިހިރު ދުވަހުގެ ރޭ ކުއްލި ގޮތަކަށް އާސަންދައިގެ ހިދްމަތަށް ގެނެސްފައިވާ ބަދަލާ ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ސަރުކާރުން ވަނީ އާސަންދައިގެ ހިދްމަތް ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ނުލިބޭ ގޮތަށް ހަމަޖައްސާފަ އެވެ. އެހެންކަމުން ދެން އާސަންދައިގެ ހިދްމަތް ލިބޭނީ ސަރުކާރު ހޮސްޕިޓަލުތަކުން އެކަންޏެވެ.

އަމީތު ވިދާޅުވީ މިއީ ރައްޔިތުންނަށް އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.

އަމީތަކީ ޕީޕީއެމް ޓިކެޓްގަިއ މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރެކެވެ. ނަމަވެސް ޕީޕީއެމް ދެ ފެކްޝަނަށް ބެހިގެންދިޔައިރު، ކުރިން ރައީސް ޔާމީން ފެކްޝަނުގަިއ ހުންނެވުމަށް ފަހު، ފަހުން ވަނީ ރައީސް މައުމޫންގެ ފެކްޝަނަށް ބަދަލުވެވަޑާއިގަންނަވާފަ އެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކާއެކުގަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު