Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިޒަމުގެ މައްސަލަ

އައިއީޑީ މައްސަލައިގައި އިއުތިސާމަށް ކުރި ދައުވާ: 7 އަހަރުވީއިރު މައްސަލަ ލަސްވާތީ ކަންބޮޑުވުން

މި މައްސަލައިގައި ދެފަރާތުންވެސް ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާތީ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމަވާލައްވާފައި. އަދި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 09:01
އައިއީޑީ މައްސަލައިގައި އިއުތިސާމަށް ކުރި ދައުވާ

އައިއީޑީ މައްސަލައިގައި އިއުތިސާމަށް ކުރި ދައުވާ | ހައި ކޯޓް

2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އައިޑީއެއް ހަދަން ބޭނުންކުރާ ތަކެތި ތައްޔާރުކުރުމުގެ މައްސަލައާ ގުޅޭ ދައުވާގައި ކްރިމިނަލް ކޯޓުން ނެރިފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައަކީ ދައުވާ ލިބޭ އިޢުތިސާމް މުޙައްމަދު ސައީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ބަލަމުންދާ މައްސަލައެކެވެ.

މި އަޑުއެހުމުގައި އިއުތިސާމްގެ ފަރާތުން އޭނާ ގެ ވަކީލު ވަނީ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ދިން ރައްދާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިއުތިސާމްގެ ޙައްޤުތައް ގެއްލިފައިވާ ކަމަށާއި، ސިއްރު ހެކިންގެ ކަންކަމުގައިވެސް ދައުލަތުން އަމަލުކޮށްފައިވަނީ އޮޅުންބޮޅުންތައް އުފެދޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެކަންކަމަށް ހައިކޯޓުން ފަރުވާއެއް ހޯދައިދިނުމަށް އެދޭކަމަށް އޭނާ ގެ ވަކީލު ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އިއުތިސާމުގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، މި މުޅި މައްސަލައިގައި 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ދައުލަތުން ބޮޑެތި އިޖުރާއީ އޮޅުންބޮޅުންތަކެއް އުފައްދާފައިވާ ކަމަށެވެ.

ހައިކޯޓުގައި ކުރިއަށްދާ މި މައްސަލައަކީ މައްސަލާގައި ހިމެނޭ ސިއްރު ހެކި ރައްކާ ކުރަން އަލުން ނެރުނު އަމުރާމެދު ހިތްހަމަ ނުޖެހިގެން ހުށަހަޅާފައިވާ އިސްތިއުނާފެކެވެ. އެގޮތުން ސިއްރު ހެކި ރައްކާތެރި ކުރަން މިދިޔަ އަހަރުގެ އޭޕްރީލް މަހު އަމުރު ނެރުނީވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން 3 ވަނަ ފަހަރަށް ފެށުމަށްފަހުއެވެ. އެއީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅިތާ 8 އަހަރު ފަހުންނެވެ.

އާދިއްތަ ދުވަހުގެ މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން މި މައްސަލަ ލަސްކުރުމުގެ އެއްވެސް ނިޔަތެއް ނުގެންގުޅޭ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ޖުމުލަ 4 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ހުށަހެޅި ކަމަށާއި، އެ އެންމެންގެ ދައުވާވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިން ކަމަށެވެ. އެ އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އުޅުމުގެ ކުށުގެ ދައުވާއެވެ.

އެހެންނަމަވެސް އޭގެ ތެރެއިން މި މައްސަލައިގެ ދައުވާގައި މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރީ ހަމައެކަނި އިއުތިސާމްއެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުންވެސް ވަނީ ބައެއް ސުވާލުތައް އަމާޒު ކުރައްވާފައެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުވާ ފޯމަށް ބަދަލު ގެނައި ނަމަވެސް މައްސަލައިގައި ކޮށްފައިވާ ދައުވާއަށް ދައުލަތުން ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ. އެގޮތުން ދައުލަތުން ހަމައެކަނި ބަދަލު ގެނެސްފައިވާނީ ދައުވާކުރި ސަބަބުގެ ބަޔަށް ކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ދައުވާ 2018 ވަނަ އަހަރު ހުށަހެޅި ހިސާބުން 2022 ވަނަ އަހަރާ ހަމައަށް މައްސަލައިގެ އިބްތިދާއީ ބައެއް އަޑުއެހުންތައް ކުރިއަށް ގޮސްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދެފަރާތުންވެސް ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާތީ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމަވާލައްވާފައެވެ. އަދި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުޝަރީއަތްޝަރީއަތް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!

01 މާރިޗު 2026
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އެމްޑީޕީ އިން ހުށަހެޅި ބިލު ބަލައިގަނެ، ކޮމިޓީ އަށް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އެމްޑީޕީ އިން ހުށަހެޅި ބިލު ބަލައިގަނެ، ކޮމިޓީ އަށް

11 ފެބުރުއަރީ 2026
ހެކީންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ހެކީންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

12 ސެޕްޓެމްބަރު 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު