Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުގެ މައްސަލަތައް

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!

ނިޔާވި މީހާގެ ދެ ވާރިސަކު އެބަ ތިބި. އެއީ އޭނާގެ މަންމައާއި ބައްޕަ. ބަންގްލަދޭޝްގެ ހައިކޮމިޝަން މެދުވެރިކޮށް މިހާރު ވާރިސުން ފޮނުވާފައިވާ ލިއުމުގައި ވަނީ އެމީހުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 08:54
ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ދައުވާ އުފުލާފައިވާ މުޙައްމަދު މަސްއޫދު

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ދައުވާ އުފުލާފައިވާ މުޙައްމަދު މަސްއޫދު | ރާއްޖެ އެމްވީ

މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީއަކު މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާދިއްތަ ދުވަހުގެ މި އަޑުއެހުމަކީ މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ އެހެން ރައްޔިތެއް ކަމުގައިވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. އެގޮތުން މައްސަލައާ ގުޅިގެން އޭނާ ގެ މައްޗަށް އުފުލީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި މަސްއޫދު، ޝާހީނަށް ޙަމަލާދިނުމަށްފަހު ވަޅި ނެއްޓުމަށް މަސައްކަތް ކުރި ތަންވެސް ފެނިފައިވާކަމަށް ބައެއް ހެކިވެރިން ވަނީ ބުނެފައެވެ. އަދި ވަޅި ހަށިގަނޑުގެ ތެރޭގައި ހެރިފައި ހުއްޓައި އަނބުރާލަން މަސައްކަތް ކުރިތަންވެސް ފެނިފައިވާކަމަށް ހެކިވެރިއަކު ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ޙަމަލާގެ ސަބަބުން މުޙައްމަދު ޝާހީނުގެ ފުއްޕާމޭ ފިތި، ހަށިގަނޑުން ގިނަ ލޭތަކެއް ބޭރުވެފައިވާކަންވެސް ހެކިންގެ ހެކިބަހުން އެނގެއެވެ.

މި މައްސަލައިގެ ތަހުގީގަށް ދިން ބަޔާނުގައި މަސްއޫދު ބުނެފައިވަނީ، އެދެމީހުންގެ ތެރޭގައި ދެބަސްވުމެއް އުފެދި މާރާމާރީއެއް ހިނގި ކަމަށެވެ. ނަމަވެސް އޭނާ ޝާހީންގެ ގަޔަށް ގަސްތުގައި ވަޅި ޖަހާފައިނުވާކަމަށް އޭނާ ބުނެ އެވެ.

 

މައްސަލައިގެ ހެކިވެރިންގެ ހެކިބަހުން އެނގޭ ގޮތުގައި މަސްއޫދު ޝާހީނަށް ޙަމަލާދީފައިވަނީ ކަންނެލި ކެނޑުމަށް ބޭނުންކުރާ ތޫނު ވަޅިއެއް ބޭނުންކޮށްގެންނެވެ. އަދި ޙަމަލާއަށްފަހުވެސް ޝާހީނަށް އެހީތެރިވުމަށް އޭނާ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

ގާޒީ ވިދާޅުވީ، ނިޔާވި މީހާގެ ދެ ވާރިސަކު އެބަ ތިބި ކަމަށާއި، ބަންގްލަދޭޝްގެ ހައިކޮމިޝަން މެދުވެރިކޮށް މިހާރު ވާރިސުން ފޮނުވާފައިވާ ލިއުމުގައި ވަނީ އެމީހުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ. އަދި މަސްއޫދަށް ޖަލުގެ އަދަބު ދޭން އެމީހުން ބޭނުން ނުވާކަމަށްވެސް ބުނެފައިވެއެވެ. އޭނާ ގެ ވާރިސުންނަކީ އޭނާ ގެ މަންމައާއި ބައްޕައެވެ. 

މި މައްސަލައިގެ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހެއްގައި ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ. ގާޒީ ވިދާޅުވީ، އަދަބު ކަނޑައެޅުމުގެ މަޖިލިސް މި ހަފްތާގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޝަރުއީ ކޯޓުޝަރީއަތްމަރުގެ މައްސަލަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައިއީޑީ މައްސަލައިގައި އިއުތިސާމަށް ކުރި ދައުވާ: 7 އަހަރުވީއިރު މައްސަލަ ލަސްވާތީ ކަންބޮޑުވުން

އައިއީޑީ މައްސަލައިގައި އިއުތިސާމަށް ކުރި ދައުވާ: 7 އަހަރުވީއިރު މައްސަލަ ލަސްވާތީ ކަންބޮޑުވުން

01 މާރިޗު 2026
ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

26 ސެޕްޓެމްބަރު 2025
ހެކީންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ހެކީންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު