Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލިއޯ ޓްރޭޑިންގް

ބްރެއިން ކޮރަލް އިން ޒަމާނީ ޓެކްނޮލޮޖީގެ، މަޝްހޫރު އެޓަމްބަރގް ބްރޭންޑް ގެ ފަންކާ ތައާރަފު ކޮށްފި

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރުގައި ހުންނަ ބްރެއިން ކޯރަލް އައުޓްލެޓުން މިހާރު އެޓަމްބަރގް ބްރޭންޑްގެ ސްމާޓް ފަންކާތައް ލިބެން ހުންނާނެ. މި ފަންކާތަކުގައި ހިމެނޭ BLDC މޯޓަރުގެ ސަބަބުން ކަރަންޓު ޚަރަދު 65 އިންސައްތައާ ހަމައަށް ކުޑަކޮށްދޭއިރު، މިއީ އެލެކްސާ އަދި ގޫގުލް ހޯމް މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް. ޒަމާނީ ފަރުމާތަކަށް ތައްޔާރުކޮށްފައިވާ މި ފަންކާތަކަކީ އަޑު މަޑު، އަދި ވޯލްޓޭޖަށް އަންނަ ބަދަލުތަކާ އެކު ވެސް އެއްވަރަކަށް ވައި ފޯރުކޮށްދޭ އިތުބާރު ހުރި އުފެއްދުންތަކެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 މާރިޗު 2026 | ހޯމަ 09:31
ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "އެޓަމްބަރގް" ބްރޭންޑްގެ ފަންކާ

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "އެޓަމްބަރގް" ބްރޭންޑްގެ ފަންކާ | ލިއޯ ޓްރޭޑިންގ

ގޭތެރޭގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް ގެނެސްދޭ، ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "އެޓަމްބަރގް" ބްރޭންޑްގެ އުފެއްދުންތައް ބްރެއިން ކޯރަލް އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރުގައި ހުންނަ ބްރެއިން ކޯރަލް އައުޓްލެޓަކީ ގެދޮރު އިމާރާތްކުރުމާއި، ފަރުމާކުރުމުގެ އިތުރުން މަރާމާތު ކުރުމަށް ބޭނުންވާ ހުރިހާ ޕްރޮޑަކްޓެއް އެއްތަނަކުން ފޯރުކޮށްދޭ ފިހާރައެކެވެ. މި އައުޓްލެޓުން މިހާރު އެޓަމްބަރގް ބްރޭންޑްގެ އެންމެ ފަހުގެ، ސްމާޓް ފަންކާތައް ލިބެން ހުންނާނެ އެވެ.

އެޓަމްބާގް ބްރޭންޑްގެ އެންމެ ޚާއްސަ އެއް ސިފައަކީ އޭގައި ހިމެނޭ 5- ސްޓާ ރޭޓެޑް BLDC މޯޓަރެވެ. މި މޯޓަރުގެ ސަބަބުން އާދައިގެ ފަންކާތަކާ އަޅާބަލާއިރު ކަރަންޓު ބޭނުންކުރާ މިންވަރު 65 އިންސައްތައާ ހަމައަށް ކުޑަކޮށްދެ އެވެ. މިއީ ތިމާވެއްޓާ ރައްޓެހި، އަދި އިގްތިސާދީ ގޮތުން ބޮޑު ފައިދާއެއް އުފެއްދުމެކެވެ.

 މީގެ ތެރޭގައި ހިމެނޭ "ރެނޭސާ އެލީޓް ސްމާޓް" އަދި "އެރިސް ކޮންޓުއާ" ފަދަ މޮޑެލްތަކަކީ އެލެކްސާ އަދި ގޫގުލް ހޯމް މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭ، އަދި މޮބައިލް އެޕްލިކޭޝަނުން އޮޕަރޭޓް ކުރެވޭ އުފެއްދުންތަކެކެވެ.

މި ފަންކާތަކަކީ އަޑު މަޑުކޮށް މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވާ، އަދި ކަރަންޓު ވޯލްޓޭޖް ދަށްވިޔަސް އެއްވަރެއްގައި ބާރަށް ވައި ޖައްސައިދޭ ފަންކާތަކެކެވެ. އަދި މިއީ ޒަމާނީ ގެތަކާ ގުޅޭގޮތަށް ތަފާތު ކުލަތަކާއި ޑިޒައިންތަކުން ލިބެން ހުންނަ ބްރޭންޑްގެ ފަންކާ އެކެވެ.

އިންޑިއާ ގައި 10 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ އެޓަމްބަރގް ބްރޭންޑަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ހޯމް އެޕްލަޔަންސް ބްރޭންޑެވެ.

އެޓަމްބަރގްބްރެއިން ކޯރަލްލިއޯ ޓްރޭޑިންގ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

އީއެލްއެސް ލިޔޯ އިން ރާއްޖެއަށް ޕްރިކާސްޓް މޮޑިއުލަރ ހައުސިންގ ޔުނިޓު ތައާރަފްކޮށްފި

29 އޮކްޓޯބަރު 2024
އީއެލްއެސް ލިޔޯ އިން ރާއްޖެއަށް ޕްރިކާސްޓް މޮޑިއުލަރ ހައުސިންގ ޔުނިޓު ތައާރަފްކޮށްފި
26 ސެޕްޓެމްބަރު 2022

ލިއޯ ޓްރޭޑިންގ: ޚިދުމަތުގައި 20 އަހަރު

26 ސެޕްޓެމްބަރު 2022
ލިއޯ ޓްރޭޑިންގ: ޚިދުމަތުގައި 20 އަހަރު
23 އޮކްޓޯބަރު 2021

މަޝްހޫރު ޑިޒައިނަރ ރައިދާގެ ފިހާރައެއް ކްރޮސްރޯޑްސްގައި ހުޅުވައިފި

23 އޮކްޓޯބަރު 2021
މަޝްހޫރު ޑިޒައިނަރ ރައިދާގެ ފިހާރައެއް ކްރޮސްރޯޑްސްގައި ހުޅުވައިފި
30 އޮކްޓޯބަރު 2020

އޮންލައިން ވިޔަފާރިއަށް މަޝްހޫރު ރަންފައުންގެ ފިހާރަ ހުޅުވައިފި

30 އޮކްޓޯބަރު 2020
އޮންލައިން ވިޔަފާރިއަށް މަޝްހޫރު ރަންފައުންގެ ފިހާރަ ހުޅުވައިފި
21 ޖޫން 2020

ބޮސްޓޮން ޑައިނަމިކްސްގެ މަޝްހޫރު ރޮބޮޓް، "ސްޕޮޓް" ބާޒާރަށް ނެރެފި

21 ޖޫން 2020
ބޮސްޓޮން ޑައިނަމިކްސްގެ މަޝްހޫރު ރޮބޮޓް، "ސްޕޮޓް" ބާޒާރަށް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު