Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޮސްޓޮން ޑައިނަމިކްސް

ބޮސްޓޮން ޑައިނަމިކްސްގެ މަޝްހޫރު ރޮބޮޓް، "ސްޕޮޓް" ބާޒާރަށް ނެރެފި

21 ޖޫން 2020 | އާދީއްތަ 12:18

ރޮބޮޓް ވިއްކުމަށް ނިންމާފައިވަނީ ސިނާއީ ބޭނުންތަކަށް

އަމަން ހަލީމް
އަމަން ހަލީމް | 21 ޖޫން 2020 | އާދީއްތަ 12:18
ބޮސްޓޮން ޑައިނަމިކްސް އިން އުފައްދާފައިވާ ސްޕޮޓް

ބޮސްޓޮން ޑައިނަމިކްސް އިން އުފައްދާފައިވާ ސްޕޮޓް

އެމެރިކާގެ ބޮސްޓޮން ޑައިނަމިކްސް ކުންފުނިީގެ އީޖާދެއް ކަމުގައިވާ، ކުއްތާއެއްގެ ސިފައަށް ޑިޒައިން ކޮށްފައިވާ ރޮބޮޓް، "ސްޕޮޓް" ބާޒާރަށް ނެރެފިއެވެ.

މި ރޮބޮޓް ވިއްކުމަށް ނިންމާފައިވަނީ ސިނާއީ ބޭނުންތަކަށެވެ. ބިން އެއްވަރު ނޫން ތަންތަނުގައި ދުވުމާއި، ސިޑިން އެރުމުގެ ގާބިލްކަމާއި، ވޯޓަރ އަދި ޑަސްޓް ޕްރޫފްކޮށް ހަދާފައިވާ ރޮބޮޓް ޕްރީ-އޯޑަރ ކުރެވެނީ 74،500 ޑޮލަރަށެވެ.

ސްޕޮޓްގެ ވަށައިގެން ކެމެރާ ހަރުކުރެވިފައިވާއިރު، ތަފާތު އެކިއެކި ކަންކަމަށް ބޭނުންކުރެވޭ ޓޫލެއްގެ ގޮތުގައި ބޭނުންކުރެވޭ އަތެއް ވެސް ވަނީ ހަރުކުރެވިފައެވެ.

މީގެ ކުރިން މި ރޮބޮޓް ބޭނުންކޮށްފައިވަނީ، ހޮވާލެވިފައިވާ ވިޔަފާރިތަކާއި ދިރާސާކުރާ މަރުކަޒުތަކުގައި އެކަންޏެވެ. އެގޮތުން، ކޮންސްޓްރަކްޝަން ސައިޓްތައް އިންސްޕެކްޓް ކުރުމަށާއި، ލެބޯޓްރީ ފަދަ ތަންތަނުގައި މި ރޮބޮޓުގެ ބޭނުން ވަނީ ކޮށްފައެވެ.

ބޮސްޓޮން ޑައިނަމިކްސް ކުންފުނިން ސްޕޮޓް އިޝްތިހާރުކުރަމުން ދަނީ، އިންސާނުންނަށް އުނދަގޫ ނުވަތަ ނުރައްކާތެރި މަސައްކަތްތަކުގައި އެހީތެރިވެދޭނެ ބައިވެރިއެއްގެ ގޮތުގައެވެ. އަދި މި ރޮބޮޓުގެ ސޮފްޓްވެއަރއާއި ހައި ޕަރފޯމަންސް މެކޭނިކަލް ފަރުމާ، މިކަމަށް ފަހިކޮށްދޭ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ސްޕޮޓް އުފެއްދި ބޮސްޓޮން ޑައިނަމިކްސް ކުންފުންޏަކީ، އިންޖިނިއަރުން ތަމްރީނުކުރުމުގައި މަޝްހޫރު މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ތެރެއިން 1992 ވަނަ އަހަރު އުފެދިގެން އައި ކުންފުންޏެކެވެ. ގޫގްލްއިން 2013 ވަނަ މި ކުންފުނި ގަތުމަށް ފަހު، ޖަޕާނުގެ ސޮފްޓް ބޭންކް ކުންފުންޏަށް ވިއްކާލީ 2017 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2024

އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި

22 ސެޕްޓެމްބަރު 2024
އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި
19 ޖެނުއަރީ 2024

މަޝްހޫރު ބްރޭންޑް "މޮނިން"ގެ އެކި ބާވަތުގެ ސިރަޕް، މިހާރު ސިމްޑީ ރެސޫ އިން ލިބޭނެ!

19 ޖެނުއަރީ 2024
މަޝްހޫރު ބްރޭންޑް "މޮނިން"ގެ އެކި ބާވަތުގެ ސިރަޕް، މިހާރު ސިމްޑީ ރެސޫ އިން ލިބޭނެ!
16 ސެޕްޓެމްބަރު 2022

ދުނިޔޭގެ މަޝްހޫރު "ޖޮކީ" ބްރޭންޑުގެ ފިހާރައެއް މާލޭގައި ހުޅުވައިފި

16 ސެޕްޓެމްބަރު 2022
ދުނިޔޭގެ މަޝްހޫރު "ޖޮކީ" ބްރޭންޑުގެ ފިހާރައެއް މާލޭގައި ހުޅުވައިފި
02 ޖުލައި 2022

ދުނިޔޭގެ މަޝްހޫރު ބްރޭންޑް "ބުލްގަރީ" ގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ

02 ޖުލައި 2022
ދުނިޔޭގެ މަޝްހޫރު ބްރޭންޑް "ބުލްގަރީ" ގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
23 އޮކްޓޯބަރު 2021

މަޝްހޫރު ޑިޒައިނަރ ރައިދާގެ ފިހާރައެއް ކްރޮސްރޯޑްސްގައި ހުޅުވައިފި

23 އޮކްޓޯބަރު 2021
މަޝްހޫރު ޑިޒައިނަރ ރައިދާގެ ފިހާރައެއް ކްރޮސްރޯޑްސްގައި ހުޅުވައިފި
30 އޮކްޓޯބަރު 2020

އޮންލައިން ވިޔަފާރިއަށް މަޝްހޫރު ރަންފައުންގެ ފިހާރަ ހުޅުވައިފި

30 އޮކްޓޯބަރު 2020
އޮންލައިން ވިޔަފާރިއަށް މަޝްހޫރު ރަންފައުންގެ ފިހާރަ ހުޅުވައިފި
23 ޖެނުއަރީ 2020

ރާއްޖެއަށް ލަންކާގެ މަޝްހޫރު މެލްވާ ކޮންސްޓްރަކްޝަން ބްރޭންޑް އިފްތިތާހްކޮށްފި

23 ޖެނުއަރީ 2020
ރާއްޖެއަށް ލަންކާގެ މަޝްހޫރު މެލްވާ ކޮންސްޓްރަކްޝަން ބްރޭންޑް އިފްތިތާހްކޮށްފި
26 މެއި 2019

މާލެ ސިޓީގައި ދިރާގު ވައިފައި ހޮޓްސްޕޮޓްތައް ތައާރަފުކޮށްފި

26 މެއި 2019
މާލެ ސިޓީގައި ދިރާގު ވައިފައި ހޮޓްސްޕޮޓްތައް ތައާރަފުކޮށްފި
28 ޖުލައި 2018

ދުނިޔޭގައި މަޝްހޫރު ކޮފީ އިވެންޓެއް ރާއްޖޭގައި، ދިރާގުން ބާއްވަނީ

28 ޖުލައި 2018
ދުނިޔޭގައި މަޝްހޫރު ކޮފީ އިވެންޓެއް ރާއްޖޭގައި، ދިރާގުން ބާއްވަނީ
08 އޯގަސްޓު 2017

މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި

08 އޯގަސްޓު 2017
މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް