Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ލިއޯ ޓްރޭޑިންގ އަށް 20 އަހަރު

ލިއޯ ޓްރޭޑިންގ: ޚިދުމަތުގައި 20 އަހަރު

ލިއޯ ޓްރޭޑިންގ ފަށާފައިވަނީ 2002 ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2022 | ހޯމަ 12:43
ލިއޯ ޓްރޭޑިންގ

ލިއޯ ޓްރޭޑިންގ

ރާއްޖޭގެ ޓްރޭޑިންގ އަދި ލޮޖިސްޓިކް ދާއިރާގައި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ލިއޯ ޓްރޭޑިންގ އަށް 20 އަހަރު ފުރިއްޖެއެވެ.

26 ސެޕްޓެމްބަރު 2002 ގައި ރާއްޖޭގައި ޓްރޭޑިންގ ޚިދުމަތް ދިނުމުގެ މަގުސަދުގައި ފެށި ލިއޯ ޓްރޭޑިންގ އަށް 20 އަހަރު ވެފައިވާއިރު އެ ކުންފުންޏަކީ މިއަދު ރާއްޖޭގައި އެންމެ ނަން ހިނގާ އެއް ކުންފުންޏެވެ. ޓްރޭޑިންގ ކުންފުންޏެއްގެ ގޮތުގައި ފެށިނަމަވެސް މިއަދު މި ކުންފުނީގެ ޚިދުމަތްތައް ފުޅާވެ ކަސްޓަމް ކްލިއަރެންސާއި ސަޕްލައި ޑެލިވަރީ ފަދަ ޚިދުމަތްތައް ވެސް އަންނަނީ ދެމުންނެވެ.

Advertisement - businessAdvertisement

ލިއޯ ޓްރޭޑިންގ އިން ދޭ އެންމެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ހެވީ ކޮންސްޓްރަކްޝަން ސާމާނު ލީޒް ކުރުމާއި ޝިޕްމަންޓް ކްލިއަރ ކުރުމާއި ކާގޯ ކްލިއަރެންސާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި ބިން ހިއްކުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ލިއޯ ޓްރޭޑިންގ ގެ މަސައްކަތްތައް ފުޅާވެ މިއަދާ ހަމައަށް މާލެ އާއި ހުޅުމާލެ އާއި ތިލަފުއްޓާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހިމެނޭހެން އެ ކުންފުނީގައި 490 އަށްވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މުވައްޒަފުންގެ ތެރޭގައި ލޭބަރުންނަށްވުރެ އެކި ދާއިރާތަކުން ޓެކްނިކަލް މީހުންނާއި ތަޖުރިބާކާރުން ގިނަވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އަދި އެ ކުންފުނީގެ ފްލީޓުގައި މިވަގުތު އެކި ބާވަތުގެ އުޅަނދުތައް ހިމެނޭހެން 300 އަށްވުރެ ގިނަ އުޅަނދު އެބައޮތް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ލިއޯ ޓްރޭޑިންގ ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު ރާއްޖެޓީވީ އަށް ވިދާޅުވީ މިވަގުތު ރާއްޖޭގައި ޕްރޮޖެކްޓުތަކަށް ބޭނުންވާ މެޓީރިއަލްގެ އެންމެބޮޑު ސްޓޮކެއް ހުރީ ވެސް އެ ކުންފުނީގައި ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ކޮންމެ ޕްރޮޖެކްޓެއްގައި ވެސް ލިއޯ ޓްރޭޑިންގެ ކުޑަނަމަވެސް ހިއްސާއެއް އޮންނާނެ ކަމަށް ސަވާދު ވިދާޅުވިއެވެ.

މިވަގުތު ލިއޯ ޓްރޭޑިންގ އިން ހިއްސާވާ ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި 10 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ތިލަމާލެ ބްރިޖުގެ މަސައްކަތާއި އައްޑޫ މަގުތައް ހެދުމާއި ގަލްފް ލެގޫންގެ މަސައްކަތް ހިމެނެއެވެ. ތިލަމާލެ ބްރިޖް މަޝްރޫއަށާއި ގަލްފް ލެގޫން ފަދަ ބޮޑެތި މަޝްރޫއުތަކަށް އެ ކުންފުނިން ފޯރުކޮށްދެމުން ދަނީ ލޮޖިސްޓިކް ހިދުމަތެވެ. މީގެ އިތުރުން ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ބައިނަލްއަގުވާމީ ބޮޑެތި ޓޫރިޒަމް ބްރޭންޑުތަކުގެ ރިސޯޓުތައް ތަރައްގީ ކުރުމުގައި ވެސް އެ ކުންފުނިން އަންނަނީ ހިއްސާވަމުންނެވެ.

ލިއޯ ޓްރޭޑިންގ އިން މިހާރު ވަނީ ހާޑްވެއަރ ސަޕްލައިގައި ވެސް ދިވެހިންގެ އިތުބާރު ހޯދައިފައެވެ. އެގޮތުން އެ ކުންފުނިން 6500 އަށްވުރެ ގިނަ ބާވަތުގެ ހާޑްވެއާ ސާމާނު ލިބެން ހުންނައިރު ކަސްޓަމަރުން ރެކުއެސްޓް ކުރާ ސާމާނު ވެސް ރާއްޖެ ގެނެސްދެއެވެ. މީގެ ތެރޭގައި ހެވީ ވެހިކަލްތަކާއި ވެސަލްތަކުގެ ސްޕެއާ ޕާޓުތައް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެ ކުންފުނިން ވަނީ އިންޑަސްޓްރިއަލް ސާމާނު އުފައްދާ ބޭރުގެ ގިނަ ކުންފުނިތަކުގެ އުފެއްދުންތައް ވެސް ރާއްޖެއަށް ތައާރަފު ކޮށްފައެވެ. މީގެ ތެރެއިން ތުރުކީގެ ކުންފުންޏެއް ކަމަށްވާ ޕެޓްރޯލް އޮފިސީގެ އަޑީތެލަކީ އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމެވެ. ޕެޓްރޯލް އޮފިސީއަކީ މިއަހަރުގެ ރޯދަ މަހު ރާއްޖެޓީވީން ގެނެސްދިން "ސެލެބްރިޓީ ރޭސް" ސީޒަން ދޭއްގެ ޓައިޓަލް ސްޕޮންސާއެވެ.

ލިއޯ ޓްރޭޑިންގ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އީއެލްއެސް ލިޔޯ އިން ރާއްޖެއަށް ޕްރިކާސްޓް މޮޑިއުލަރ ހައުސިންގ ޔުނިޓު ތައާރަފްކޮށްފި

އީއެލްއެސް ލިޔޯ އިން ރާއްޖެއަށް ޕްރިކާސްޓް މޮޑިއުލަރ ހައުސިންގ ޔުނިޓު ތައާރަފްކޮށްފި

29 އޮކްޓޯބަރު 2024
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު