Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުން ގެ މަޖިލިސް

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

މަސްތުވާތަކެތީގެ ބިލު 65 މެންބަރުންގެ ވޯޓާ އެކު އިސްލާހު ކޮށްފައިވާއިރު އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވާފައި ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2025 | ބުރާސްފަތި 14:07
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

މަސްތުވާތަކެތީ ގެ މައްސަލަތަކާއި ގުޅިގެން އުމުރަށް ޖަލަށްލުމުން އެ ކުށަށް މާފު ނުދެވޭ ގޮތަށް ހަދާ އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތަށް މަސްތުވާތަކެތީ ގެ ބިލު އިސްލާހުކޮށްފި އެވެ.

އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުން ގެ މަޖިލީހު ގެ ގަމު ދާއިރާ ގެ މެންބަރު ޔޫސުފް ރަޝީދު އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މަޖިލީހުން ބުދަ ދުވަހު އިސްލާހުކޮށްފައިވަނީ 65 މެންބަރުން ގެ ވޯޓާ އެކު އެވެ. ބިލަށް އިދިކޮޅު އެމްޑީޕީ ގެ މެމްބަރު ވޯޓު ދެއްވާފަ އެއް ނުވެ އެވެ.

މި ބިލު މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން ތާށިވެފައި އޮތްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މި ބިލު ކޮމިޓީ މަރުހަލާގައި އޮންނަތާ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ. ބިލު ފާސްކުރީ ކޮމިޓީ އިން ގެނައި އިސްލާހުތަކާއި އެކުގަ އެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން ނަމަ މަސްތުވާތަކެތީ ގެ މައްސަލަތަކުގައި އުމުރު ދުވަހަށް ޖަލަށް ލުން ކަމަށް ބުނެފައި ވަނީ 25 އަހަރު ގެ ބަދަލުގައި އެ މީހެއް ގެ އުމުރު ގެ ބާކީ އޮތް މުއްދަތަށް ކަމަށް އާ އިސްލާހުގައި ބުނެފައި ވެއެވެ. އާ އިސްލާހު ބުނާ ގޮތުން މިފަދަ މައްސަލަ އެއްގައި އުމުރު ދުވަހަށް ޖަލަށް ލައިފި ނަމަ އެ މީހެއް ގެ ކުށު ގެ އަދަބަށް ލުޔެއް ވެސް ނުދެވޭނެ އެވެ.

މިހާރު ގެނައި އިސްލާހުގައި "އުމުރަށް ޖަލަށްލުން'' ކަމަށް ބަޔާންކޮށްފައި ވަނީ ޕެރޯލް ގެ ދަށުން ލުއި ނުލިބޭ ގޮތަށް ވަނީ އުމުރަށް ޖަލަށް ލުމުން ދޫނުކުރެވޭ ގޮތަށް އަދި ކުށަށް މާފު ވެސް ނުދެވޭނެ ކަމަށް ބަޔާންކޮށްފަ އެވެ. މިފަދަ އިސްލާހެއް ގެނައުމު ގެ ބޭނުމަކީ އުމުރު ދުވަހަށް ޖަލަށްލުމަކީ އޭނާ ގެ އުމުރު ގެ ނިޔަލަށް ކުރާ ޙުކުމެއްކަން ސާފުކޮށް ބަޔާންކޮށްދިނުން ކަމަށް ކޮމިޓީ މަރުހަލާގައި ސަރުކާރު ގެ މެމްބަރުން ވަނީ ބުނެފަ އެވެ.

ރާއްޖެ އަންނަ އިރު މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދިނުމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. މަރު ގެ އަދަބު ވެސް މާފު ނުކުރެވޭނެ ކަމަށާއި ލުއި ނުކުރެވޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. ހަމައެހެންމެ އުމުރުަށް ޖަލަށް ލުމުން ނުވަތަ މަރު ގެ އަދަބު ދޭ މީހަކާއި އެކު އިއުތިރާފް ގެ އެއްބަސްވުމެއް ހަދައިގެން ނުވާނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލަކީ ރާއްޖޭގައި މަސްތުވާ ތަކެތިން ވިޔަފާރި ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމު ގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރާ މިންވަރު އިތުރުވެ، މިކަމާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ ހުށަހެޅި ބިލެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އެެހެންކަމުން އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައި ވެއެވެ.

މަސްތުވާތަކެތިރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު