Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީރާން ހަނގުރާމަ

މުއިއްޒުގެ ކުރިމަތީގައި ޚާމަނާއީ އަކީ އިސްލާމީ ގައުމެއްގެ ލީޑަރަކަށް ވެސް ނުވި

އީރާނުގެ އެންމެ އިސް ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ތައުޒިޔާ ކިޔަމުންދާއިރު، މުއިއްޒުގެ ސަރުކާރުން ހިމޭނުން އޮތް އިރު، މާޒީގައި އީރާނުގެ ލީޑަރުން އަވަހާރަވުމުން ރާއްޖޭގައި ހިތާމަ ފާޅުކޮށް ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާކަން ފާހަގަ ކުރެވޭ.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 18:05
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ، އެމެރިކާގެ ހަމަލާ ތަކުގައި ޚާމަނާއީ އަވަހާރަ ވެފައިވާކަން ވަނީ ކަށަވަރު ވެފައި

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ، އެމެރިކާގެ ހަމަލާ ތަކުގައި ޚާމަނާއީ އަވަހާރަ ވެފައިވާކަން ވަނީ ކަށަވަރު ވެފައި | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުން އީރާނަށް ދޭން ފަށާފައިވާ ނުރައްކާތެރި އަދި ޣައިރު ގާނޫނީ ހަމަލާތަކުގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން ދިވެހިރާއްޖޭގެ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިތާމައިގެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު އެކަމަށް އެއްވެސް އެއްޗެކޭ ވެސް ބުނެފައި ނުވާތީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

މީސް މީޑިއާ ގައި ފާޑުކީ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި އިސްލާމީ ގައުމުތައް ނޫން ގައުމުތަކުން ވެސް އީރާނުގެ ލީޑަރު އަވަހާރަވި ހާދިސާ ކުށްވެރިކޮށް އަދި އީރާނުގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާފައިވެ އެވެ.

Advertisement - newsAdvertisement

އަނެއްކޮޅުން ރައީސް މައުމޫނުގެ ވެރިކަމުގައި، 31 އޮގަސްޓް 1981 ގައި އީރާނުގެ އޭރުގެ ރައީސް އާއި ބޮޑު ވަޒީރު އަވަހާރަވި ހާދިސާ އާ ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.

އެ ތާރީޚުގައި ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނެފައިވަނީ އިރާނުގެ ރައީސް މުހައްމަދު އަލީ ރަޖާއީ އާއި އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޖަވާދު ބޮހޯނާ އަވަހާރަވުމުގެ ހިތާމަވެރި ޚަބަރު ލިބުމާ ގުޅިގެން ސަރުކާރުގެ ތަންތާނގެ ދިދަ 1 ސެޕްޓެމްބަރު 1981 ވީ ދުވަހުގެ ހެނދުނު 6ން ހަވީރު 6ށް ބައިދަނޑިއަށް ތިރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

އީރާނުގެ ވެރިން އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރުން ކުރިން ނެރެފައިވާ ދެންނެވުމެއް.
އީރާނުގެ ވެރިން އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރުން ކުރިން ނެރެފައިވާ ދެންނެވުމެއް.

އެމެރިކާ އާއި އިޒްރޭލުން މެދުއިރުމަތި ކޮންޓްރޯލުން ނެއްޓިފައިވާ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމުގެ ސަބަބުން، ދުނިޔެއަށް، ހާއްސަކޮށް އެ ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް ވަރަށް ގިނަ ގައުމުތަކުން ވަނީ އަޑު އުފުލާފަ އެވެ.

އެމެރިކާ-އިޒްރޭލް-އިރާންއީރާން-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު