Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗް.ޕީ.އޭ

ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި

ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަ މަހަކަށް ފަސްކޮށް އަންނަ ޖުލައި 28 އަށް ބަދަލުކޮށްފި. އެ ތާރީހުން ފެށިގެން ސިއްހަތުގެ އިންޒާރު ނުޖަހައި ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުމަކަށް ހުއްދަ ނުދޭނެ. މިއީ ވިޔަފާރިވެރިންނަށް އެ ބަދަލުތަކަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެޗްޕީއޭ އިން ބުނޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 12:55
ދުންފަތުގެ ބާވަތްތަކެއްގއި ސިއްހަތުގެ އިންޒާރު ޖަހާފައި: ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން އިތުރު ހަ މަހުގެ މުއްދަތެއް އެޗްޕީއޭ އިން ވަނީ ދީފަ

ދުންފަތުގެ ބާވަތްތަކެއްގއި ސިއްހަތުގެ އިންޒާރު ޖަހާފައި: ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން އިތުރު ހަ މަހުގެ މުއްދަތެއް އެޗްޕީއޭ އިން ވަނީ ދީފަ | އެކްސް

ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ނުވަތަ ލޭބަލް ޖަހަން ދިން މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުދަ ދުވަހު އިތުރު ހަ މަހަށް ފަސްކޮށްދީފި އެވެ.

މި މަހުގެ 28 ގައި ހަމަވާން އޮތް މުއްދަތު މިހާރު ވަނީ އަންނަ ޖުލައި މަހުގެ 28 އަށް ފަސް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

Advertisement - newsAdvertisement

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ލާޒިމުކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި ސިއްހަތުގެ އިންޒާރު ޖެހުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެޗްޕީއޭ އިން ވަނީ ބުދަ ދުވަހު އިއުލާން ކޮށްފަ އެވެ. އެ ބަދަލުތަކުގެ ތެރޭގައި މުއްދަތު ފަސްކުރުމަށް ނިންމުން ހިމެނެ އެވެ.

އެޗްޕީއޭ އިން ބުނީ އަންނަ ޖުލައި 28 ގެ ފަހުން ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ ސިއްހަތުގެ އިންޒާރު ނުވަތަ ލޭބަލް ޖަހައިގެން ކަމަށެވެ. މިހާރު ސިއްހަތުގެ އިންޒާރު ނުޖަހައި ދުންފަތުގެ ބާވަތްތައް އެތެރެކުރާ މީހުންނަށް އެޗްޕީއޭ އިން ވަނީ އަންނަ ޖުލައި 27 ގެ ކުރިން އެ ތަކެތި ވިއްކައި ނިންމަން ހަނދާން ކޮށްދީފަ އެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި އެ ބަދަލާ ގުޅިގެން އަންނަ ޖުލައި 28 ގެ ކުރިން ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހައިގެން އެތެރެކޮށް ވިއްކުމަށް ހުރަހެއް ނާޅާނެ އެވެ. މިއީ ވިޔަފާރިވެރިންނަށް އެ ބަދަލުތަކަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެޗްޕީއޭ އިން ވަނީ ރަޖިސްޓާޑް ޓޮބޭކޯ ޕްރޮޑަކްޓްސް ލިސްޓަށް އައި ބަދަލުތަކެއް ވެސް ހާމަކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނެނީ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކަނޑައެޅޭ މުއްދަތެއްގެ ކުރިން އެތެރެކޮށްފައިވާ ދުންފަތުގެ ހުރިހާ ބާވަތްތަކާއި ގަވާއިދަށް އަމަލުކުރަން ފެށި ފަހުން އަލަށް އެތެރެކުރުމަށް ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވޭ ބާވަތްތަކެވެ.

އަލަށް ރަޖިސްޓްރީ ކުރެވޭ ދުންފަތުގެ ބާވަތްތައް އެ ލިސްޓުގައި ހިމަނަނީ ރަޖިސްޓްރޭޝަން ނަމްބަރާ އެކީގަ އެވެ. އެ ލިސްޓާ ގުޅޭ ގޮތުން އެޗްޕީއޭ އިން ބުނީ ދުންފަތުގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވާސް ހިމެނޭ ބާވަތްތަކާއި އެ ބާވަތްތައް ޕެކެޓު ކުރާއިރު ތަކެތި ހުންނަ އަދަދާއި އުފެއްދި ގައުމަށް ބަލައި ތަފާތު އުފެއްދުމެއްގެ ގޮތުގައި މިހާރުގެ ލިސްޓުގައި ހިމަނާފައިވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެ އިން ދުންފަތުގެ އިސްތިއުމާލު ކުރުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ އިދާރާތަކުން ބުނާއިރު ދުންފަތުގެ ވަގު ވިޔަފާރި ރާއްޖޭގައި ދުވަހެއް ދުވަހަކަށް ފުޅާވަމުން އަންނަ ކަމަށް ފާހަގަކުރެވެ އެވެ. ރާއްޖޭގެ މައި ދޮރާށި ތަކުން ސިނގިރޭޓުގެ ބޮޑެތި ވައްކަން ކުރާ އިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ސިގިރޭޓް ވަގަށް ނެގުމުގެ މައްސަލަތައް ވެސް ވަނީ ދާދި ފަހުން ފެންމަތިވެފަ އެވެ.

އެޗް.ޕީ.އޭދުންފަތް ކޮންޓްރޯލްކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

07 ޖެނުއަރީ 2026
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު