Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމްއެޗް 370

ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ހޯދުމަށް ކަނޑުގެ އަޑީގައި ކުރިއަށްގެންދާ އެންމެ ފަހުގެ މިޝަންގެ ހަރަކާތްތައް އިންޑިއާ ކަނޑުގައި ފަށައިފި

239 މީހުންނާއެކު ދަތުރުކުރަނިކޮށް މެލޭޝިއާ އެއާލައިންސްގެ ބޯޓު ގެއްލުނުތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، އޭވިއޭޝަންގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު އެއް ސިއްރު ހޯދުމަށްޓަކައި އިންޑިއާ ކަނޑުގެ އަޑީގައި ކުރިއަށްގެންދާ އައު އޮޕަރޭޝަން ބުދަ ދުވަހު ވަނީ ފަށާފައi.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 16:25
ފީނިކްސް އޮޓޮނޮމަސް އަންޑަރވޯޓަރ ވެހިކަލް (AUV) ބްލޫފިން-21 ބޭނުން ކޮށްގެން މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތް 2014 އޭޕްރީލް މަހު އޮސްޓްރޭލިއާގެ ކޯސްޓްގާޑުން ކުރިއަށް ގެންދަނީ.

ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ހޯދުމަށް ކަނޑުގެ އަޑީގައި ކުރިއަށްގެންދާ އެންމެ ފަހުގެ މިޝަންގެ ހަރަކާތްތައް ފަށައިފި އެވެ.

239 މީހުންނާއެކު ދަތުރުކުރަނިކޮށް މެލޭޝިއާ އެއާލައިންސްގެ ބޯޓު ގެއްލުނުތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، އޭވިއޭޝަންގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު އެއް ސިއްރު ހޯދުމަށްޓަކައި އިންޑިއާ ކަނޑުގެ އަޑީގައި ކުރިއަށްގެންދާ އައު އޮޕަރޭޝަން ބުދަ ދުވަހު ވަނީ ފަށާފައެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުދަ ދުވަހު ހާމަކުރި ގޮތުގައި، މި މަސައްކަތަށް ޚާއްޞަކޮށްފައިވާ "އާރމާޑާ 86 05" (Armada 86 05) ނަމަކަށް ކިޔާ އުޅަނދު، ކަނޑުގެ އަޑީގައި އަމިއްލަ އަށް ދަތުރުކުރާ ދެ އުޅަނދާއެކު ކަނޑައެޅިފައިވާ ސަރަޙައްދަށް މިހާރު ވަނީ ގޮސްފައެވެ.

މި އޮޕަރޭޝަން ކުރިއަށްދާ ސަރަޙައްދު ބަޔާނުގައި ހާމަކޮށްފައި ނުވި ނަމަވެސް، އެ އުޅަނދު މި މަސައްކަތަށް ތައްޔާރުވީ ވެސްޓަން އޮސްޓްރޭލިއާގެ ފްރީމެންޓަލް ބަނދަރުގައި ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިންވެސް ބޯޓު ހޯދުމުގެ މަސައްކަތް ކުރި އަދި މި އައު އޮޕަރޭޝަންގައި ވެސް އިސްކޮށް އުޅޭނެ ކަމަށް ބެލެވޭ "އޯޝަން އިންފިނިޓީ" ކުންފުނީގެ ނަން ސަރުކާރުން ސީދާ ބަޔާންކޮށްފަ އެއް ނުވެއެވެ. ނަމަވެސް، ސަރުކާރުން ބަޔާންކުރި އުޅަނދަކީ އޯޝަން އިންފިނިޓީގެ އުޅަނދެއްކަން މެރިން އަދި އޭވިއޭޝަންގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިދިޔަ ޑިސެމްބަރު މަހު މެލޭޝިއާ ސަރުކާރުން ބުނެފައިވަނީ، އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ މި ކުންފުންޏާ އެކު "ފެނިއްޖެނަމަ ފައިސާ ދައްކާ ގޮތަށް" ވެފައިވާ އެއްބަސްވުމުގެ ދަށުން ކަނޑުގެ އަޑީގެ ވަކި ސަރަޙައްދުތަކެއް ބަލަން ފަށާނެ ކަމަށެވެ.

އޯޝަން އިންފިނިޓީން ވަނީ އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަލުން ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި މަސައްކަތުގެ ނާޒުކުކަމާއި މުހިންމު ކަމަށް ރިއާޔަތްކޮށް، އެކަމާ ގުޅޭ އިތުރު ތަފްޞީލެއް ދިނުމަށް އެ ކުންފުންޏަކުން ބޭނުމެއް ނުވިއެވެ.

2018 ވަނަ އަހަރުވެސް އެ ކުންފުނިން މިފަދަ އެއްބަސްވުމެއްގެ ދަށުން ކަނޑުގެ އަޑި ބަލާފައިވީ ނަމަވެސް، ބޯޓުގެ އެއްވެސް ނިޝާނެއް އޭރު ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް، މިހާރު އެ ކުންފުނީގެ ޓެކްނޮލޮޖީ ކުރިއަރުވައި، ދިރާސާތައް އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ކުންފުނީގެ ސީއީއޯ އޮލިވާ ޕްލަންކެޓް މިދިޔަ އަހަރު ވިދާޅުވި ގޮތުގައި، ގިނަ މާހިރުންތަކަކާއެކު ކުރެވުނު މަސައްކަތުން، ބޯޓު ވެއްޓިފައިވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސަރަޙައްދު މިހާރު ވަނީ ހަނިކުރެވިފައެވެ.

މި އަހަރުގެ ކުރީކޮޅު މެލޭޝިއާގެ ހުއްދައާއެކު އިންޑިއާ ކަނޑުގެ ދެކުނުން 15،000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ބެލުމުގެ މަސައްކަތް އޯޝަން އިންފިނިޓީން ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އޭޕްރީލް މަހު އެ މަސައްކަތް މެދުކަނޑާލަން ޖެހުނެވެ.

ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރުކުރި މެލޭޝިއާ އެއާލައިންސްގެ މި ބޯޓު ރާޑާރުން ގެއްލުނީ މާޗް 8، 2014 ގައެވެ. ސެޓެލައިޓް ރެކޯޑުތަކުން ދައްކާ ގޮތުގައި، ބޯޓު ވަނީ އޭގެ އަސްލު މަގުން ކަސިޔާރުވެ، އިންޑިއާ ކަނޑުގެ ދެކުނުގެ އެކަހެރި ސަރަޙައްދަކަށް ދަތުރުކޮށްފައެވެ. ބޯޓުގެ މިސްރާބު ބަދަލުވާން މެދުވެރިވި ސަބަބެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ބޯޓު ހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ ބޮޑު އަދި އަގުބޮޑު އޮޕަރޭޝަނުން ބޯޓު ފެނިފައި ނުވި ނަމަވެސް، ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ބައެއް ތަކެތި ފަހުން ވަނީ އިރުމަތީ އެފްރިކާގެ އައްސޭރިފަށާއި އިންޑިއާ ކަނޑުގެ ބައެއް ޖަޒީރާ ރަށްތަކަށް ލައްގާފައެވެ. އެހެންނަމަވެސް، ބޯޓުގެ މައިގަނޑު ބައިތަކެއް ނުވަތަ އެއްވެސް މީހެއްގެ ހަށިގަނޑެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

މެލޭޝިއާ އެއާލައިންސް އެމްއެޗް 370އޯޝަން އިންފިނިޓީމެލޭޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ގެ މައްޗަށް ހިންގި ޚިޔާނާތުގެ ދެވަނަ ޝަރީޢަތުގައި ވެސް އޭނާ ކުށްވެރިވާ ކަމަށް ހުކުމް ކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ގެ މައްޗަށް ހިންގި ޚިޔާނާތުގެ ދެވަނަ ޝަރީޢަތުގައި ވެސް އޭނާ ކުށްވެރިވާ ކަމަށް ހުކުމް ކޮށްފި

26 ޑިސެމްބަރު 2025
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

22 ޑިސެމްބަރު 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު