Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަޖީބް ރައްޒާގު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ގެ މައްޗަށް ހިންގި ޚިޔާނާތުގެ ދެވަނަ ޝަރީޢަތުގައި ވެސް އޭނާ ކުށްވެރިވާ ކަމަށް ހުކުމް ކޮށްފި

މި ހިޔާނާތުގެ މައްސަލަ މެލޭޝިއާގައި ފުރަތަމަ ފެންމަތިވީ 2015 ވަނަ އަހަރު. ނަޖީބް ގެ މައްޗަށް ވަނީ 2020 ވަނަ އަހަރު ވަންއެމްޑީބީ ފަންޑުން ގާތްގަނޑަކަށް 9.9 މިލިއަން ޑޮލަރު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި.

ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 12:14
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ޖަލު ގާޑުން ކައިރީގައި ތިބެގެން ކުއަލަލަމްޕޫރު ކޯޓްސް ކޮމްޕްލެކްސް އަށް ހާޒިރު ވަނީ - ޑިސެމްބަރު 22، 2025

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ޖަލު ގާޑުން ކައިރީގައި ތިބެގެން ކުއަލަލަމްޕޫރު ކޯޓްސް ކޮމްޕްލެކްސް އަށް ހާޒިރު ވަނީ - ޑިސެމްބަރު 22، 2025

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ މައްޗަށް އުފުލުނު، އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ޚިޔާނާތުގެ ދެވަނަ ޝަރީއަތުގައި ވެސް އޭނާ ކުށްވެރިވާ ކަމަށް ހުކުމް ކޮށްފި އެވެ. 

ކުއަލަމްޕޫރު ހައިކޯޓުން ހުކުރު ދުވަހު މި ނިންމުން އިއްވާފައިވާއިރު، 72 އަހަރުގެ ނަޖީބް ކުށްވެރިކުރެވިފައި ވަނީ މެލޭޝިއާގެ ވަން އެމްޑީބީ ސޮވަރިން ވެލްތު ފަންޑުން ގާތްގަނޑަކަށް 2.2 ބިލިއަން މެލޭޝިއަން ރިންގިޓް (539 މިލިއަން ޑޮލަރު) ގަވައިދާ ޚިލާފަށް ބާރުގެ ބޭނުން ކޮށްގެން އޭނާގެ އެކަުންޓަށް ބަދަލުކުރުމާ ގުޅޭ ހަތަރު ދައުވާއަށެވެ.

ފަނޑިޔާރު ކޮލިން ލޯރެންސް ސެކްރާ ވިދާޅުވީ، "ފުރަތަމަ ދައުވާއާ ގުޅޭގޮތުން ދައުލަތުން ހުށަހެޅި މައްސަލަ، އަޅުގަނޑު ދެކޭ ގޮތުގައި، ޝައްކެއް ނެތް މިންވަރަށް ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުކޮށްދީފައިވާ." ކަމަށެވެ.

"އެހެންކަމުން، ފުރަތަމަ ދައުވާ އިން ދައުވާ ލިބޭ ފަރާތް ކުށްވެރި ކުރަން،" ފަނޑިޔާރު ވިދާޅުވިއެވެ.

ނަޖީބްގެ މައްޗަށް އިތުރު 21 ދައުވާއެއް މަނީ ލޯންޑަރިންގްގެ ދަށުން ވަނީ އުފުލިފައެވެ. ހުކުރު ދުވަހު ކޯޓުން ގެންދިޔައީ މި ދައުވާ ތަކުގެ ހުކުމް ވެސް އިއްވަމުންނެވެ. ކޮންމެ ދައުވާއަކަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދައުލަތުގެ ވަކީލުން ތުހުމަތުކުރާ ގޮތުގައި، ނަޖީބް ވަނީ ބޮޑުވަޒީރުގެ ހައިސިއްޔަތުންނާއި، ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުންނާއި، ވަންއެމްޑީބީ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަންގެ ހައިސިއްޔަތުން ބާރުގެ ނާޖާއިޒު ބޭނުންކޮށް، ސޮވަރިން ވެލްތު ފަންޑުން ބޮޑެތި އަދަދުތަކެއް އޭނާގެ އަމިއްލަ އެކައުންޓުތަކަށް ބަދަލުކޮށްފައެވެ.

މި ހިޔާނާތުގެ މައްސަލަ މެލޭޝިއާގައި ފުރަތަމަ ފެންމަތިވީ 2015 ވަނަ އަހަރުއެވެ. ނަޖީބް ގެ މައްޗަށް ވަނީ 2020 ވަނަ އަހަރު ވަންއެމްޑީބީ ފަންޑުން ގާތްގަނޑަކަށް 9.9 މިލިއަން ޑޮލަރު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާގެ ހުކުމުގެ މުއްދަތު ފަހުން ވަނީ ހަ އަހަރަށް ކުރުކޮށްފައެވެ.

ނަޖީބްގެ މައްޗަށް ހުކުރު ދުވަހު ހުކުމް އިއްވި ދެވަނަ ޝަރީޢަތް، ވަންއެމްޑީބީ އާ ގުޅުންހުރި ކުންފުނިތަކާއި، އަދި މާ ބޮޑެތި ފައިސާގެ އަދަދުތަކެއް ހިމެނޭތީ، މިހާތަނަށް ހިނގި ޝަރީޢަތްތަކުގެ ތެރެއިން އެންމެ މުހިންމު ޝަރީޢަތް ކަމުގައި ވަނީ ބެލެވިފައެވެ.

މި މައްސަލަ ހަތް އަހަރަށް ދިގުދެމިގެން ދިޔައިރު، ވަކީލުން ވަނީ ނަޖީބް ވެސް ހިމެނޭ ގޮތަށް 76 ހެކިންގެ ހެކިބަސް ނަގާފަ އެވެ.

ނަޖީބް ވަނީ މިދިޔަ އަހަރު ވަންއެމްޑީބީ ހިޔާނާތުގެ މައްސަލައިގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ވިދާޅުވެ މާފަށް އެދިފައެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުރެވިފައިވާ ޚިޔާނާތުގެ ތުހުމަތާ ގުޅިގެން ވިދާޅުވީ، އިންޓަޕޯލުން 2016 ވަނަ އަހަރުން ފެށިގެން ހޯދަމުންދާ މެލޭޝިއާގެ މަހުޖަނު އަދި ނަޖީބު ގާތް ފަރާތެއް ކަމަށްވާ ޖޯ ލޯގެ މަޅީގައި ޖެހި އޭނާ ގެ އޮޅުވާލުންތަކެއް ގައި ޖެހެވުނީ ކަމަށެވެ.

ފަނޑިޔާރު ސެކްރާ ހުކުރު ދުވަހު ވިދާޅުވީ، ހެކިތަކުން ދައްކާ ގޮތުގައި ނަޖީބް އާއި ލޯ އާ ދެމެދު "އޮޅުމެއް ނެތް ބޮޑު ގުޅުމެއް" އޮތް ކަން އެނގޭ ކަަމަށާއި ލޯ ހުރީ ބޮޑުވަޒީރުގެ "ޕްރޮކްސީއެއް" އަދި "މެދުވެރިއެއްގެ" ގޮތުގައި ކަމަށެވެ.

ދިފާއު ގައި ނަޖީބަށް ނުހައްގުން ލިބިފައިވާ ބައެއް ފައިސާ އަކީ ސައުދީ އިން ލިބުނު ޚައިރާތެއް ކަމަށް ނަޖީބަށް އޮތީ ހީފުޅުވެފައި ކަމަށް ބުނެ ދިފާއީ ވަކީލުން ދެއްކި ވާހަކަ އަށް ވެސް ފަނޑިޔާރު ވަނީ ގޮންޖައްސަވާފަ އެވެ.

ނަޖީބު ގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތަކުގެ ބޮޑު ކަމާއެކު ވެސް، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) ގެ ބައެއް ސަޕޯޓަރުންގެ މެދުގައި ނަޖީބް ގެ މަގުބޫލު ކަން އަދިވެސް ވަރަށް ބޮޑެވެ.

އުމްނޯ އިން 1957 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ގާތްގަނޑަކަށް ފަސްދޮޅަސް އަހަރު ވަންދެން މެލޭޝިއާގެ ވެރިކަން ކުރިއެވެ. 2018 ވަނަ އަހަރު ވަންއެމްޑީބީ ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެ ޕާޓީއަށް ވެރިކަން ވަނީ ގެއްލިފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ނަޖީބް ގެ ޝަރީއަތަކީ "މެލޭޝިއާގެ ޝަރުޢީ ނިޒާމަށް ކުރިމަތިވި އިމްތިޙާނެއް" ކަމަށެވެ. ނަޖީބު ގެ މައްޗަށް ހުކުމް ކުރި އިރު އޭނާގެ ޕާޓީ އަކީ ވެސް ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ތެރޭގަައި ހިމެނޭ ޕާޓީ އެކެވެ.

ނަޖީބް ރައްޒާގުމެލޭޝިއާ1MDBއުމްނޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

22 ޑިސެމްބަރު 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025
މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު