Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު ޕްރޮޓެކްޝަން އެޖެންސީ

ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ ދަނީ އިތުރުވަމުން: އެޗްޕީއޭ

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އިތުރުވަމުންދާތީ، ސައިބޯނިލައިގެން އަތްދޮވުމާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި. ބަލިޖެހިއްޖެނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދުދީފައިވާއިރު، ސްކޫލްތައް ހުޅުވުނު ފަހުން މި ބަލީގައި ޑޮކްޓަރަށް ދައްކާ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާކަން ހޮސްޕިޓަލްތަކުން ފާހަގަކުރެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލަ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް.

އަލީ ޝާހީން
އަލީ ޝާހީން | 6 ފެބުރުއަރީ 2026 | ހުކުރު 08:55
ހޮސްޕިޓަލެއްގެ ކޮރިޑޯގައި މެޑިކަލް ސްޓާފަކު ހަރަކާތްތެރިވަނީ

ހޮސްޕިޓަލެއްގެ ކޮރިޑޯގައި މެޑިކަލް ސްޓާފަކު ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް

މި ދުވަސްވަރު, ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އަދިވެސް ދަނީ އިތުރުވަމުން ކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށް އެދިފައިވެ އެވެ.

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކެއުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތޮދޮވުން، ފާޚާނާ ކުރުމަށްފަހު އަދު ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި، ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުންކުރުން - ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފުތާހިރު ތަނެއްތޯ ބެލުމާއި ކާބޯތަކެތިތައްޔާރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 

މީގެ އިތުރުންވެސް އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެ ނަމަ ގިނަގިނައިން ލޮނުޕެކެޓު، ސޫޕް، ކުރުނބާފެން ފަދަ ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދުދީފަ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާ މީހުން ސުކޫލުތައް ހުޅުވުނު ފަހުން އިތުރުކަން ހުޅުމާލެ ހޮސްޕިޓަލްތަކުން ފާހަގަކުރި އެވެ. ޚާއްސަކޮށް، ޑޮކްޓަރަށް ދައްކާ ކުޑަކުދިން އިތުރުކަމަށް ވަނީ ބުނެފަ އެވެ.

އެޗް.ޕީ.އޭ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

28 ޖެނުއަރީ 2026
ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ
27 ޖެނުއަރީ 2026

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ

27 ޖެނުއަރީ 2026
ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ, އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ނަމަ ދިވެހީން ސަމާލުވާން ޖެހޭ: އެޗްޕީއޭ
08 ޖެނުއަރީ 2026

ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި

08 ޖެނުއަރީ 2026
ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ދިން މުއްދަތު އެޗްޕީއޭ އިން އިތުރު ކޮށްދީފި
07 ޖެނުއަރީ 2026

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

07 ޖެނުއަރީ 2026
ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު