Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުންފުސް

ދުންފުހުގެ އަސަރު ބޮޑުވެ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފި

7 ޖެނުއަރީ 2026 | ބުދަ 16:50

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ ކުރިއަށް އޮތް ފަސް ދުވަހު ބޭރުގައި ކުޅިވަރު ހަރަކާތްތައް ބޭއްވުމާއި ކަސްރަތުކުރުން މަދުކުރުމަށާއި N95 މާސްކު ބޭނުންކުރުމަށް އެޗްޕީއޭ އިން އެދިއްޖެ. ބުދަ ދުވަހު ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރަށްވުރެ ދަށްވެ މެދު ރާއްޖެ އާއި އުތުރުގެ ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ރެޑް އެލާޓަށް އަރާފައިވޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 7 ޖެނުއަރީ 2026 | ބުދަ 16:50
ކުރިޔަށް އޮތް ފަސް ދުވަހު ވެސް ރާއްޖެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނޭ

ކުރިޔަށް އޮތް ފަސް ދުވަހު ވެސް ރާއްޖެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނޭ | މިހާރު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ. ކުރިއަށް އޮތް ފަސް ދުވަހުވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަހައްދުގައި ވަރަށް ބޮޑަށް ހުންނާނެ ކަމަށް ބެލެވޭކަމަށް އެޖެންސީން ބުނެ އެވެ.

މި ދުވަސްވަރު ބޭރުގައި ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމާއި ކަސްރަތުކުރުމަށް ބޭރަށް ދިޔުން މަދުކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެ އެވެ. އަދި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި N95 މާސްކު ނުވަތަ އެފަދަ ރައްކާތެރިކަމުގެ މާސްކެއް ބޭނުންކުރުމަށް އިރުޝާދު ދީފައިވެ އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެ ދުރުފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުން ބުދަ ދުވަހު ދުރުފެންނަ މިންވަރު ވަނީ 1.5 ކިލޯމީޓަރަށްވުރެ ދަށްވެފަ އެވެ. މިއާއެކު މެދު ރާއްޖެ އާއި އުތުރުގެ ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ދަށްވުމުގެ ސަބަބުން މިހާރު ރެޑް އެލާޓަށް ވަނީ އަރާފަ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ ސިއްހަތަށް ވަރަށް ބޮޑު ނުރައްކާއެއް ކަމަށާއި، ހާއްސަކޮށް ނޭވާލާ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މި ހާލަތު ވަރަށް ގޯސް ކަމަށް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނާނެ ހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިވެ އެވެ. އަދި ގޭތެރޭގެ ވައި ސާފުކުރުމަށް އެއަރ ޕިއުރިފަޔަރ ބޭނުންކުރުމަށް ވެސް އިރުޝާދު ދީފައިވެ އެވެ. ކުޑަކުދިންނާއި މާބަނޑު މީހުން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތްތަކުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ ގޮވާލާފަ އެވެ.

ރާއްޖޭގެ ސަރަހައްދުގެ ވައި ނުސާފުވެފައިވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމާއެކުގަ އެވެ. ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި މި މައްސަލަ ރާއްޖެ އަށް ކުރިމަތިވެ އެވެ.

އެޗް.ޕީ.އޭމެޓް އޮފީސްވައި ތަޣައްޔަރުވުންދުންފުސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

23 ޑިސެމްބަރު 2025
ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި
20 ޑިސެމްބަރު 2025

ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

20 ޑިސެމްބަރު 2025
ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި
13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
18 ނޮވެމްބަރު 2024

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ

18 ނޮވެމްބަރު 2024
ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ
10 އޮކްޓޯބަރު 2024

ވަރަށް ގަދައަށް ވައިޖެހޭނެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވޭ: މޫސުމާބެހޭ ގައުމީ އިދާރާ

10 އޮކްޓޯބަރު 2024
ވަރަށް ގަދައަށް ވައިޖެހޭނެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވޭ: މޫސުމާބެހޭ ގައުމީ އިދާރާ
07 އޮކްޓޯބަރު 2024

ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި

07 އޮކްޓޯބަރު 2024
ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި
06 އޮކްޓޯބަރު 2024

ހަފްތާ ބަންދާ ހަމައަށް ވެސް މޫސުން ގޯސް - މެޓް އޮފީސް

06 އޮކްޓޯބަރު 2024
ހަފްތާ ބަންދާ ހަމައަށް ވެސް މޫސުން ގޯސް - މެޓް އޮފީސް
21 މެއި 2024

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ޔެލޯ އެލާޓް

21 މެއި 2024
ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ޔެލޯ އެލާޓް
21 މެއި 2024

ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް އޮރެންޖް އެލާޓް

21 މެއި 2024
ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް އޮރެންޖް އެލާޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް