Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. ގެ ވޯކިންގ ގްރޫޕް

ރައީސް ނަޝީދާއި ނާޒިމަށް ޝަރީއަތްކޮށް ހުކުމް ކުރީ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން: ރާއްޖެ

16 ސެޕްޓެމްބަރު 2017 | ހޮނިހިރު 11:52

ގާނޫނީ ހުކޫމާތު ހަމަހަމަކަމާއެކު ގާއިމްކުރުމަށް މަސައްކަތް ކުރަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 11:52
ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދު

ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ މައްޗަށް ޝަރީއަތްކޮށް ހުކުމް އިއްވާފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ކަމަށް ރާއްޖެއިން އދ. ގައި ބުނެފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 36 ވަނަ ސެޝަންގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދު ވިދާޅުވީ ރައީސް ނަޝީދާއި ނާޒިމްގެ މައްޗަށް ޝަރީއަތް ހިންގުނީ ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ދެ ބޭފުޅުން ކުރައްވާފައިވާތީ ކަމަށެވެ.

Advertisement - newsAdvertisement

ޖެފްރީ ވިދާޅުވީ ގާނޫނީ ހުކޫމާތު އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ދެމެހެއްޓުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދާއި ނާޒިމްގެ މައްސަލަައިގައި އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ދެކޭގޮތް ހާމަކޮށްފައިވާއިރު، އެ ދެ ބޭފުޅުންގެ މައްސަލައިގައި ވެސް ގާނޫނީ ހުކޫމާތު ހަމަހަމަކަމާއެކު ދެމެހެއްޓުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ޖެފްރީ ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދާއި ނާޒިމްގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް ކުރެވުނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކުގެ މަތިންނެވެ.

އދ. ގެ ވޯކިން ގްރޫޕްގެ ގޮވާލުންތަކާ ގުޅިގެން ރާއްޖޭގެ ފަރާތުން ވަނީ ޖުމްލަ ތިން ކަމަކަށް ގޮވާލާފަ އެވެ. އެގޮތުން ގައުމުތަކުގެ ދާޚިލީ ނިޒާމުތައް ހިންގުމުގެ ފުރުސަތު ދިނުމަށާއި، މައްސަލަތަކުގައި ދާޚިލީ ނިޒާމްގެ އެކި މަރުހަލާތައް ބޭނުންކޮށްގެން ހައްލު ހޯދުމުގެ ޖާގަ ދިނުމަށް ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން ވޯކިންގ ގްރޫޕްއިން މައްސަލަތައް ބަލާއިރު ހަމައެކަނި ނުރަސްމީ ސޯސްތަކަށް ބަރޯސާނުވެ ސަރުކާރުން ދައްކާ ވާހަކަތައް ވެސް ބަލައިގަތުމަށް ވަނީ ގޮވާލާފަ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖުލަށް ލުމަށް ހިންގި ޝަރީއަތް ބޭއިންސާފް ކަމަށާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފް ކަމަށް ބުނެ، އެމަނިކުފާނު ވަގުތުން މިނިވަންކޮށް ބަދަލު ނަގައިދިނުމަށް ވޯކިންގ ގްރޫޕުން ގޮވާލާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހިންގި ތަހުގީގާއި ޝަރީއަތުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް، ވޯކިންގ ގްރޫޕުން ގޮވާލާފައިވަނީ ނާޒިމް ވެސް މިނިވަންކޮށް، ނުހައްގުން ޖަލަށްލުމާ ގުޅިގެން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ދިނުމަށެވެ. ނާޒިމް މިނިވަންކުރުމަށް ގޮވާލާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް