Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025 | އަންގާރަ 11:17

އިސްލާމްއާބާދު ކޯޓެއްގެ ބޭރުގައި ހިނގި ސުއިސައިޑް ބޮމުގެ ހަމަލާއިން 12 މީހުން މަރުވެ 27 މީހުން ޒަހަމްވި ކަމަށް އިންޓީރިއަރ މިނިސްޓަރ ވިދާޅުވި.

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2025 | އަންގާރަ 11:17
ޕާކިސްތާނުގެ އިސްލާމްއާބާދުގެ ކޯޓު ކޮމްޕްލެކްސް އެއްގެ ބޭރުގައި ކާރު ބޮމެއް ގޮއްވާލި މަންޒަރު

ޕާކިސްތާނުގެ އިސްލާމްއާބާދުގެ ކޯޓު ކޮމްޕްލެކްސް އެއްގެ ބޭރުގައި ކާރު ބޮމެއް ގޮއްވާލި މަންޒަރު

އިސްލާމްއާބާދުގައި ކާރެއްގައި މީހަކު ދިން ޖާނުން ފިދާވުމުގެ ހަމަލާ އެއްގައި 12 މީހުން މަރުވެއްޖެ އެވެ.

ހާދިސާ ހިނގީ އަންގާރަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ގައި ހުންނަ ކޯޓެއްގެ ބޭރުގަ އެވެ. ހަމަލާ ގައި 12 މީހުން މަރުވެ، މަދުވެގެން 27 މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވި އެވެ.

އިންޓީރިއާ މިނިސްޓަރ މުހްސިން ނަގްވީ ވިދާޅުވީ، ހާދިސާ ހިނގީ އަންގާރަ ދުވަހު އެތާ ގަޑިން މެންދުރު 12:30 ހާ އިރު ކަމަށެވެ. އަދި ހަމަލާ ދޭން އުޅުނު މީހާ ކޯޓަށް ވަންނަން އުޅުނު ކަމަށާއި، އެހެން ނަމަވެސް ބޮން ގޮއްވާލީ ކޯޓުން ބޭރުގައި ކަމަށެވެ.

ނަގްވީ ވިދާޅުވީ ބޮން ގޮއްވާލި މީހާ ދެނެގަތުމުގެ މަސައްކަތް އޮފިޝަލުން ވަރަށް އިސްކަން ދީގެން ކުރިއަށް ގެންދާނެ ކަމަށާއި، މި ކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

އިސްލާމްއާބާދު ގައި ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާތައް ހިންގާތާ މިހާރު ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ޒަހަމްވި 27 މީހުންނަށް ފަރުވާދެމުން އަންނަ ކަމަށް ނަގްވީ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ވިދާޅުވީ "ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ" ކަމަށެވެ.

ބާރުގަދަ ގޮވުމުގެ އަޑު ވަރަށް ދުރަށް އިވުނު ކަމަށް ވެއެވެ. އެ ސަރަހައްދުގައި ހުރި އެތައް އުޅަނދަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ރިޕޯޓުު ކޮށްފައި ވެއެވެ. ބޮން ގޮއްވާލީ، ކޯޓުގެ ޝަރީއަތްތަކަށް ގިނަ ބަޔަކު އަންނަމުން ދިޔަ ގަޑިއެއް ގައެވެ.

މި ގޮއްވާލުމުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފަ އެއް ނުވެއެވެ.

އިސްލާމްއާބާދުޕާކިސްތާންސުއިސައިޑް ބޮމުގެ ހަމަލާގޮއްވުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި

11 ނޮވެމްބަރު 2025
އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
07 ނޮވެމްބަރު 2025

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް