Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީ20 ވޯލްޑް ކަޕް

ނިންމުން ބަދަލުކޮށް، އިންޑިއާ މެޗު ކުޅެން ޕާކިސްތާން އިން ނިންމައިފި

ޕާކިސްތާންގެ ސަރުކާރުން ބުނެފައި ވަނީ، އެ ނިންމުން ނިންމީ ބްންގްލަދޭޝް ކްރިކެޓު ބޯޑާއި، ސްރީ ލަންކާ އާއި، އެކުވެރި ޢަރަބި އިމާރާތް އަދި އެހެނިހެން ޤައުމު ތަކުގެ އެދުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް. މީގެ އިތުރުން ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ވެސް ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރަށް ގުޅުއްވައި، އެ ޤައުމުގެ ނިންމުން ބަދަލު ކުރެއްވުމަށް އެެދިވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 06:50
ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާ މެޗަކީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް މެޗު

ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާ މެޗަކީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް މެޗު | ރޮއިޓާސް

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގައި އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ނުކުޅޭނެ ކަމަށް ނިންމި ނިންމުން ބަދަލުކޮށް، އެ މެޗު ކުޅުމަށް ޕާކިސްތާންގެ ސަރުކާރުން ނިންމައިފި އެވެ.

މުބާރާތުގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާ މެޗު އޮތީ ފެބްރުވަރީ މަހުގެ 15 ވާ އާދީއްތަ ދުވަހު އެވެ. މީގެ ކުރިން ޕާކިސްތާންގެ ސަރުކާރުން ނިންމާފައި ވަނީ، އެ ޤައުމުން އެ މެޗު ނުކުޅޭ ގޮތަށެވެ. 

އެކަން ހާމަކޮށް ހޯމަ ދުވަހު ޕާކިސްތާންގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، 2026 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހު، އައިސީސީ ފިރިހެން ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާން އިން ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ނިކުންނަަން ސަރުކާރުން އަންގާ ކަމަށެވެ. 

ޕާކިސްތާންގެ ސަރުކާރުން މި ނިންމުން އިއުލާން ކޮށްފައި ވަނީ، ޕާކިސްތާންގެ ކްރިކެޓު ބޯޑުގެ ރައީސް މުހްސިން ނަގްވީ، އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްއާ ބައްދަލު ކުރެއްވި ފަހުންނެވެ. އެ ބައްދަލުވުމުގައި ވަނީ އައިސީސީ އާއި، ބަންގްލަދޭޝް ކްރިކެޓު ބޮޑުގެ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގެ ނަތީޖާ ވެސް ހިއްސާ ކޮށްފަ އެވެ. 

އައިސީސީގެ އިސް އޮފިޝަލުން ވަނީ އާދީއްތަ ދުވަހު ބަންގްލަދޭޝް ކްރިކެޓު ބޯޑުގެ ރައީސް އަމީނުލް އިސްލާމް އާއި، ނަގްވީއާ ބައްދަލު ކޮށްފަ އެވެ. އެެއީ މެޗު ބޮއިކޮޓް ނުކޮށް، އެ މެޗު ކުޅުމަށް ޕާކިސްތާން އެއްބަސް ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. 

ޕާކިސްތާންގެ ސަރުކާރުން ބުނެފައި ވަނީ، އެ ނިންމުން ނިންމީ ބްންގްލަދޭޝް ކްރިކެޓު ބޯޑާއި، ސްރީ ލަންކާ އާއި، އެކުވެރި ޢަރަބި އިމާރާތް އަދި އެހެނިހެން ޤައުމު ތަކުގެ އެދުމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. މީގެ އިތުރުން ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ވެސް ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރަށް ގުޅުއްވައި، އެ ޤައުމުގެ ނިންމުން ބަދަލު ކުރެއްވުމަށް އެެދިވަޑައިގެންފަ އެވެ. 

ޕާކިސްތާން އިން ޓީ20 ވޯލްޑް ކަޕްގެ ހުރިހާ މެޗު ތަކެއް ކުޅުމަށް ހަމަޖެހިފައި ވަނީ ސްރީ ލަންކާގަ އެވެ. މިއަހަރުގެ މުބާރާތް ބާއްވަނީ އިންޑިއާ އާއި، ސްރީ ލަންކާ ގުޅިގެންނެވެ. އެ މެޗު ކެންސަލް ވެއްޖެ ނަމަ، ފަތުރުވެރި ކަމަށް ބަރޯސާވެފައި އޮންނަ ސްރީ ލަންކާ އަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

ޕާކިސްތާންގެ ނިންމުން ބަދަލު ކުރުމުގެ ކުރިން، އައިސީސީ އިން ބުނެފައި ވަނީ މިއަހަރުގެ މުބާރާތުން ބަންގްލަދޭޝް ބޭރު ކުރަން ޖެހުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އިންޑިއާގައި މެޗުތައް ކުޅުމަށް ބަންގްލަދޭޝް އިން އިންކާރު ކުރި މައްސަލައިގައި، ގިނަ މަޝްވަރާ ތަކަށް ފަހު ވެސް ޙައްލެއް ލިބިފައި ނުވެ އެވެ. އެންމެ ފަހުން އައިސީސީ އިން ނިންމީ ބަންގްލަދޭޝްގެ ބަދަލުގައި ސްކޮޓްލެންޑަށް މުބާރާތުން ފުރުސަތު ދިނުމަށެވެ. 

އެއާ އެކު އައިސީސީ އިން ބުނެފައި ވަނީ ބަންގްލަދޭޝް އަށް އަދަބެއް ނުދޭނެ ކަމަށެވެ. އަދި 2031 ވަނަ އަހަރުގެ ކުރިން، ބަންގްލަދޭޝްގައި އައިސީސީގެ މުބާރާތެއް ބާއްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕާކިސްތާން-އިންޑިއާޓީ20 ވޯލްޑް ކަޕްޝެހްބާޒް ޝަރީފް ޕާކިސްތާންއިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އަނުރަ ކުމާރަ ޑިސަނަޔަކެ

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް

11 ފެބުރުއަރީ 2026
ޕާކިސްތާނުގެ މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

ޕާކިސްތާނުގެ މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

06 ފެބުރުއަރީ 2026
ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

03 ފެބުރުއަރީ 2026
ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި

ބަލޮޗިސްތާނުގެ ހަމަލާތަކާ ގުޅިގެން 92 ހަނގުރާމަވެރިން މަރާލައިފި ކަމަށް ޕާކިސްތާނުން ބުނެފި

01 ފެބުރުއަރީ 2026
ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި

ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އެކި ސިޓީތަކަށް ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިން ދިން "ކޯޑިނޭޓެޑް" ހަމަލާތަކެއްގައި މަދުވެގެން އަށް ފުލުހުން މަރާލައިފި

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު