Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަސްކަރީ މަރުކަޒަށް ޖާނުން ފިދާވެގެން ހަމަލާދީ ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމްކޮށްލުމަށް ފަހު ހަމަލާދިން މީހުން އަމިއްލައަށް ގޮއްވާލައިގެން ވަނީ މަރުވެފައި.

ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 10:49
ޕާކިސްތާނުގެ ޕެޝަވާރުގައި ހުންނަ ޕާކިސްތާނުގެ ޕެރަމިލިޓަރީ ފޯސްއެއްގެ މައި މަރުކަޒަށް ދިން ހަމަލާ އަށް ފަހު ރެސްކިއު އޮފިޝަލުން ހަރަކާތްތެރި ވަނީ - ނޮވެމްބަރު 24، 2025

ޕާކިސްތާނުގެ ޕެޝަވާރުގައި ހުންނަ ޕާކިސްތާނުގެ ޕެރަމިލިޓަރީ ފޯސްއެއްގެ މައި މަރުކަޒަށް ދިން ހަމަލާ އަށް ފަހު ރެސްކިއު އޮފިޝަލުން ހަރަކާތްތެރި ވަނީ - ނޮވެމްބަރު 24، 2025

ޖާނުން ފިދާ ވެގެން، ޕާކިސްތާނުގެ އަސްކަރީ މައި މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި، ހަމަލާދިން މީހުން ޕެޝާވަރު ސިޓީގައި ހުންނަ ފްރޮންޓިއަރ ކޮންސްޓަބިއުލަރީގެ މައި މަރުކަޒަށް ވަނުމަށް މަސައްކަތް ކުރަމުން ދިޔައިރު އެމީހުން ދިޔައީ އެތަނުގެ ސިފައިންނާ ދިމާލަށް ބަޑިޖަހަމުންނެވެ. އަދި، އެމީހުން އެތަނުގެ ތެރެއަށް ވަދެ އަމިއްލައަށް ގޮއްވާލައގެން މަރުވިއެވެ.

ހަމަލާ އަމާޒު ކުރި ފައުޖުގެ ޑެޕިއުޓީ ކޮމަންޑެންޓް، ޖާވިދު އިގުބާލް ބުނީ ސަލާމަތީ ފައުޖުގެ ތިން މީހުން މަރުވެފައިވާ ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ރޮއިޓަރސްއާ ވާހަކަ ދެއްކި އިސް އޮފިޝަލަކު ބުނީ "އެކަކު ކޮންސްޓަބިއުލަރީގެ މައި ދޮރޯއްޓަށް ހަމަލާދިން އިރު، އަނެއް ދެ މީހުން ވަނީ އެތަނުގެ ގޯތިތެރެއަށް ވަދެފައި،" ކަމަށެވެ.

ސިފައިންނާއި ފުލުހުން ވެސް ހިމެނޭ ގޮތަށް، ލޯ އެންފޯސްމަންޓްގެ މުވައްޒަފުން، އެ ސަރަހައްދު ވަނީ ބަންދުކޮށްފައި ކަމަށާއި، އަދި ހާލަތު ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށާއި، އެ މަރުކަޒު ތެރޭގައި ބައެއް ޓެރަރިސްޓުން ތިބި ކަމަށް ބެލޭ ކަމަށް ވެސް އެ އޮފިޝަލް އިތުރަށް ބުންޏެވެ.

ހަމަލާދިން އަސްކަރީ މަރުކަޒު ހުންނަނީ ޚައިބަރ ޕަޚްތުންޚުވާ ޕްރޮވިންސްގެ ވެރިކަންކުރާ ޕެޝާވަރުގެ އާބާދީ ބޮޑު ސަރަހައްދެއްގައެވެ.

ޒަހަމްވި ފަސް މީހުންގެ ތެރޭގައި ސަލާމަތީ ފައުޖުގެ ދެ މީހުން ވެސް ހިމެނޭ ކަމަށާއި، އެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ރޮއިޓާސް އިން ރިޕޯޓު ކޮށްފައި ވެއެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން ނަގާފަ އެއް ނުވެއެވެ.

މިދިޔަ މަހު ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ހިނގި ބޯޑަރުގެ ހަމަނުޖެހުންތަކަށް ފަހު، މި ސަރަހައްދުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ވަނީ ފަހުގެ ހަފްތާތަކުގައި ހަމަލާ ދިނުން އިތުރުކޮށްފައެވެ.

ޕާކިސްތާނުން ބުނަނީ ބޯޑަރު ހުރަސްކޮށް ހަމަލާދޭ ހަނގުރާމަވެރިންނަށް އަފްޣާން ތާލިބާނުން ހިމާޔަތްދޭ ކަމަށެވެ. ނަމަވެސް ކާބުލްއިން އެކަން ދޮގުކުރެއެވެ.

ޕާކިސްތާންފްރޮންޓިއަރ ކޮންސްޓަބިއުލަރީޕާކިސްތާން-އަފްޣާނިސްތާންތާލިބާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު