Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2026

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

2026 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު އޯވަރޯލް ބަޖެޓް ޑެފިސިޓް 8.8 ބިލިއަން ރުފިޔާއަށް އަރާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 އޮކްޓޯބަރު 2025 | ހުކުރު 16:01
ވެލާނާގެ - ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ އިމާރާތް

ވެލާނާގެ - ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ އިމާރާތް

އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ 62 އިންސައްތަ ރިކަރަންޓް ޚަރަދަށް ކަނޑައަޅައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. މިނިސްޓަރު ވިދާޅުވީ ރިކަރަންޓު ޚަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 15.7 ބިލިއަން ރުފިޔާ ޚަރަދުކުރަން ބަޖެޓުގައި ހިމަނާފައި ވެއެވެ. އިދާރީ ޚަރަދަށް 6.2 ބިލިއަން ރުފިޔާ، އިންޓްރެސްޓް ޕޭމަންޓަށް 5.6 ބިލިއަން ރުފިޔާ، ސަބްސިޑީއަށް 2.9 ބިލިއަން ރުފިޔާ އަދި ސޯޝަލް ކޮންޓްރިބިއުޝަނަށް 6.2 ބިލިއަން ރުފިޔާ ޚަރަދު ކުރަން ވެސް ހިމަނާފައި ވެއެވެ.

ޒަމީރު ވިދާޅުވީ މި ބަޖެޓު އަމާޒުކުރެވިފައި ވަނީ ދިވެހިންގެ ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް ކަމަށެވެ. އެއީ ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓް ތަފްސީލުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ އާއި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާ އެވެ. ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރު ދައުލަތުގެ އޯވަރޯލް ބަޖެޓް ޑެފިސިޓް 8.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. މިއީ ޖީޑީޕީގެ 7.1 ޕަސެންޓެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސަރުކާރުގެ ޚަރަދުތައް އަންނަ އަހަރުތަކުގައި އިތުރުވެގެން ދާއިރު، އާމްދަނީ އިތުރުކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފަ އެވެ.

ބަޖެޓް ޑެފިސިޓް ފުއްދުމަށް، 2026 ވަނަ އަހަރު 26.3 ބިލިއަން ރުފިޔާގެ ފައިނޭންސިންގް ހޯދަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. މީގެ ތެރެއިން ބޭރު ފަރާތްތަކުންގެ އެހީގައި 16.8 ބިލިއަން ރުފިޔާ އެހެނިހެން ގޮތްގޮތުން 9.1 ބިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ހިމަނާފައި ވެއެވެ.

މޫސާ ޒަމީރު2026 ބަޖެޓްރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީދައުލަތުގެ ޚަރަދުބަޖެޓް ޑެފިސިޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު