Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްރީ ލަންކާ

މީހުންނަށް އުނދަގޫ ކުރާ ރާމާމަކުނު ބަންދު ކުރަން ސްރީ ލަންކާ ގައި ޑިޓެންޝަން ސެންޓަރުތަކެއް ހަދަނީ

11 ފެބުރުއަރީ 2026 | ބުދަ 17:50

ސެންޓަރުގައި ބަންދު ކުރާ ރާމާމަކުނުގެ އާބާދީ ކޮންޓްރޯލް ކުރުމަށްޓަކައި އަންހެން ރާމާމަކުނުތައް މާބަނޑުވުން ހުއްޓުވުމުގެ އައު ޕްރޮސީޖަރެއް ވެސް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 17:50
3 މާރިޗު 2016 ގައި ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ ސްރީލަންކާގެ ކޮލަމްބޯ ކައިރީގައި ހުންނަ ދެހިވަލަ ޒޫ ގައި ބަންދު ކޮށްފައިވާ އެފްރިކަން ޗިމްޕަންޒީއެއް.

3 މާރިޗު 2016 ގައި ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ ސްރީލަންކާގެ ކޮލަމްބޯ ކައިރީގައި ހުންނަ ދެހިވަލަ ޒޫ ގައި ބަންދު ކޮށްފައިވާ އެފްރިކަން ޗިމްޕަންޒީއެއް. | ގެޓީ އިމޭޖަސް

މީހުންނަށް އުނދަގޫ ކުރާ ރާމާމަކުނު ބަންދު ކުރަން ސްރީލަންކާ ގައި ޑިޓެންޝަން ސެންޓަރުތަކެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.

މި ގޮތުން ހަދާ ފުރަތަމަ ރާމާމަކުނު ބަންދުކޮށްފައި ބައިތިއްބާ މަރުކަޒު ގާއިމުކުރުމަށްޓަކައި، އެ ގައުމުގެ މަޓަލެ ޑިސްޓްރިކްޓްގެ ކަލުގަންގާ ރިޒަވޮޔާ ކައިރިން ބިމެއް ޑިޕާޓްމަންޓް އޮފް ވައިލްޑްލައިފް ކޮންޒަވޭޝަން (ޑީ.ޑަބްލިއު.ސީ) އިން ކަނޑައަޅައިފި ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

ވައިލްޑްލައިފް ކޮންޒަވޭޝަން އޮފިސަރު ޗަމަތު ލަކްޝްމަން ޕެރޭރާ "ޑެއިލީ މިރަރ" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، 150 އޭކަރުގެ ބިމެއްގައި ތަރައްގީކުރާ މި މަރުކަޒުގައި ފެނާއި، ކާނާ އަދި ސަލާމަތީ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށެވެ. މި މަޝްރޫއަކީ ޑިޕާޓްމަންޓް އޮފް ވައިލްޑްލައިފް ކޮންޒަވޭޝަންގެ ލަފާގެ މަތިން، މަޓަލެ ޑިސްޓްރިކްޓް ޑިވެލޮޕްމަންޓް ކޮމިޓީގެ ހުއްދައާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

"މި މަރުކަޒު ބިނާކުރާނީ އެތަނުގައި ބައިތިއްބާ ރާމާމަކުނުތައް އަލުން ޖަންގަލީގެ ތެރެއަށް ފިލައިގެން ނުދެވޭނެ ފަދަ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު. މި ސަރަހައްދަކީ ގުދުރަތީ ގޮތުން ކާނާ ލިބެން ހުރި ތަނެއް ނަމަވެސް، ބޭނުންވެއްޖެ ހާލަތެއްގައި އިތުރު ކާނާ ވެސް ފޯރުކޮށްދެވޭނެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އެ ސިޓީގެ ރައްޔިތުންނަށް އުނދަގޫ ކުރަމުންދާ ރާމާމަކުނުތައް ހިފައި، ރައްކާތެރިކަމާއެކު މި މަރުކަޒަށް ބަދަލުކުރުން،" ޕެރޭރާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސެންޓަރުގައި ބަންދު ކުރާ ރާމާމަކުނުގެ އާބާދީ ކޮންޓްރޯލް ކުރުމަށްޓަކައި އަންހެން ރާމާމަކުނުތައް މާބަނޑުވުން ހުއްޓުވުމުގެ އައު ޕްރޮސީޖަރެއް ވެސް ތައާރަފުކުރުމަށް ވަނީ ނިންމާފަ އެވެ. ޕެރޭރާ އިތުރަށް ވިދާޅުވީ، މޫސުމީ ސަބަބުތަކާ ހުރެ އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ރާމާމަކުނު ބަދަލުކުރުމަކީ ދަތި ކަމަކަށް ވާތީ، ސްރީލަންކާގެ ނުވަ ޕްރޮވިންސެއްގައި މިފަދަ ނުވަ މަރުކަޒު ގާއިމުކުރުމަށް ރާވާފައިވާ ކަމަށެވެ.

މީހުން ދިރިއުޅޭ ސިޓީގެ ސަރަހައްދުތަކުގައި އުނދަގޫކުރާ ރާމާމަކުނުތައް ބަދަލުކުރާނީ އަލަށް ބިނާކުރާ މި މަރުކަޒަށެވެ.

ޕެރޭރާ ފާހަގަކުރެއްވި ގޮތުގައި މެލޭޝިއާ ފަދަ ބައެއް ގައުމުތަކުގައި މިހާރުވެސް މިފަދަ ރާމާމަކުނު ބަންދުކުރާ މަރުކަޒުތައް ދަނީ ހިންގަމުންނެވެ.

މަސްދަރު: ޑެއިލީ މިރަރ

ސްރީލަންކާރާމާމަކުނު ޑިޓެންޝަން ސެންޓަރ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!

11 ފެބުރުއަރީ 2026
ކަރަޕްޝަން ގެ ނުރައްކާ ސަހައްދުގައި އެންމެ ކުޑަ ބޫޓާން އާއި ރާއްޖެ އާ ދެމެދު 73 ދަރަޖައިގެ ތަފާތު!
04 ފެބުރުއަރީ 2026

ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

04 ފެބުރުއަރީ 2026
ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!
03 ފެބުރުއަރީ 2026

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުންނާއި ދަރިކަލުން ނަމާލުު ތަހުގީގީ އިދާރާތަކަށް ހާޒިކޮށް ބަޔާން ނަގައިފި

03 ފެބުރުއަރީ 2026
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުންނާއި ދަރިކަލުން ނަމާލުު ތަހުގީގީ އިދާރާތަކަށް ހާޒިކޮށް ބަޔާން ނަގައިފި
02 ފެބުރުއަރީ 2026

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި

02 ފެބުރުއަރީ 2026
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި
01 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

01 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި
30 ޖެނުއަރީ 2026

ސްރީލަންކާ ގެ ސަބީނާ ޔޫސުފް މިސިޒް ވޯލްޑް 2025 ދެވަނަ ރަނަރަޕް ހޯދައިފި

30 ޖެނުއަރީ 2026
ސްރީލަންކާ ގެ ސަބީނާ ޔޫސުފް މިސިޒް ވޯލްޑް 2025 ދެވަނަ ރަނަރަޕް ހޯދައިފި
29 ޖެނުއަރީ 2026

ސްރީލަންކާ ގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެ، ކޮންމެ ދުވަހަކު އަލަށް 100 މީހުންނަށް ބަލި ޖެހޭ ކަމަށް ހާމަ ކޮށްފި

29 ޖެނުއަރީ 2026
ސްރީލަންކާ ގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެ، ކޮންމެ ދުވަހަކު އަލަށް 100 މީހުންނަށް ބަލި ޖެހޭ ކަމަށް ހާމަ ކޮށްފި
28 ޖެނުއަރީ 2026

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކޯޓަށް ހާޒިރު ކޮށްފި

28 ޖެނުއަރީ 2026
 ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކޯޓަށް ހާޒިރު ކޮށްފި
18 ޖެނުއަރީ 2026

ދުނިޔޭގެ އެންމެ ބޮޑު ދަނބުކުލައިގެ ތަރިޖެހި ނީލަމް ކޮޅުނބުގައި ދައްކާލައިފި

18 ޖެނުއަރީ 2026
ދުނިޔޭގެ އެންމެ ބޮޑު ދަނބުކުލައިގެ ތަރިޖެހި ނީލަމް ކޮޅުނބުގައި ދައްކާލައިފި
13 ޖެނުއަރީ 2026

މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

13 ޖެނުއަރީ 2026
މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް