Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުންނާއި ދަރިކަލުން ނަމާލުު ތަހުގީގީ އިދާރާތަކަށް ހާޒިކޮށް ބަޔާން ނަގައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސަ، މާލީ ހިޔާނާތުގެ މައްސަލައެއްގައި ބަޔާން ދެއްވުމަށް އެ ގައުމުގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަނަށް އަންގާރަ ދުވަހު ވަނީ ހާޒިރުކޮށްފައި. މީގެ އިތުރުން، އެމަނިކުފާނުގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވެސް ކުށްވެރިއަކާ އޮތް ގުޅުމެއްގެ މައްސަލައިގައި ބަޔާން ދެއްވުމަށް އެ ދުވަހު ވަނީ ސީ.އައި.ޑީ އަށް ހާޒިރުކޮށްފައި.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 15:35
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ (ކަނާތްފަރާތުގައި)، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއެކު.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ (ކަނާތްފަރާތުގައި)، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއެކު. | ސޯޝަލް މީޑިއާ

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސަ، މާލީ ހިޔާނާތުގެ މައްސަލައެއްގައި އަންގާރަ ދުވަހު އެ ގައުމުގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފް.ސީ.އައި.ޑީ) އަށް ބަޔާން ދެއްވައިފި އެވެ. ސްރީލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޝިރާންތީ އެފް.ސީ.އައި.ޑީގައި ހަތަރު ގަޑިއިރާ ގާތްކުރާ ވަގުތެއް ހޭދަކުރެއްވީ އެ ސަރުކާރުގެ ފަންޑަކާ ގުޅިގެން ތުހުމަތުކުރެވޭ ގަވައިދާ ޚިލާފަށް ފައިސާ ގެ މުއާމަލާތްތަކެއް ކުރެއްވުމާ ގުޅޭ ގޮތުން ބަޔާން ދެއްވުމަށެވެ.

ޝިރާންތީ ރާޖަޕަކްސަ އެފް.ސީ.އައި.ޑީ އަށް ހާޒިރުވެވަޑައިގަތީ، 2026 ޖެނުއަރީ 27 ވަނަ ދުވަހު އެ އިދާރާއަށް ހާޒިރުވުމަށް އަންގައި ފޮނުވި އަމުރަކާ ގުޅިގެންނެވެ.

ނަމަވެސް، ކުރިން ކަނޑައެޅި ތާރީޚަށް ހާޒިރުވެވެން ނެތް ކަމަށް ޝިރާންތީގެ ވަކީލުން މެދުވެރިކޮށް ކުރިން އަންގާފައިވާތީ، އެ މުއްދަތު ދެ ހަފުތާއަށް އިތުރުކޮށްދިނުމަށް އެކަމަނާ އޮތީ އެދިވަޑައިގެންފައެވެ.

އަނބިކަނބަލުންގެ އިތުރުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސް.އެލް.ޕީ.ޕީ) ގެ ނޭޝަނަލް އޯގަނައިޒަރ އަދި ޕާލަމެންޓް މެންބަރު ނަމާލް ރާޖަޕަކްސަ ވެސް ވަނީ ބަޔާން ނެގުމަށް އަންގާރަ ދުވަހު ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) އަށް ހާޒިރު ކޮށްފަ އެވެ.

މެންބަރު ނާމަލް ރާޖަޕަކްސަ ސީ.އައި.ޑީ އަށް ހާޒިރު ކުރީ، 'ކެހެލްބައްދަރަ ޕަދްމޭ' ނަމަކަށް ކިޔާ ކުށްވެރިއަކާ އޮތް ގުޅުމެއްގެ މައްސަލައިގައި ބަޔާން ނެގުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މަހިންދަ ރާޖަޕަކްސަޝިރާންތީ ރާޖަޕަކްސަނަމަލް ރާޖަޕަކްސަސްރީލަންކާ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި

02 ފެބުރުއަރީ 2026
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި
01 ފެބުރުއަރީ 2026

އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި

01 ފެބުރުއަރީ 2026
އަމީން މިއާގެ މަރުގެ މައްސަލަގައި ސްރީލަންކާ އަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފި
30 ޖެނުއަރީ 2026

ސްރީލަންކާ ގެ ސަބީނާ ޔޫސުފް މިސިޒް ވޯލްޑް 2025 ދެވަނަ ރަނަރަޕް ހޯދައިފި

30 ޖެނުއަރީ 2026
ސްރީލަންކާ ގެ ސަބީނާ ޔޫސުފް މިސިޒް ވޯލްޑް 2025 ދެވަނަ ރަނަރަޕް ހޯދައިފި
29 ޖެނުއަރީ 2026

ސްރީލަންކާ ގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެ، ކޮންމެ ދުވަހަކު އަލަށް 100 މީހުންނަށް ބަލި ޖެހޭ ކަމަށް ހާމަ ކޮށްފި

29 ޖެނުއަރީ 2026
ސްރީލަންކާ ގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެ، ކޮންމެ ދުވަހަކު އަލަށް 100 މީހުންނަށް ބަލި ޖެހޭ ކަމަށް ހާމަ ކޮށްފި
28 ޖެނުއަރީ 2026

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކޯޓަށް ހާޒިރު ކޮށްފި

28 ޖެނުއަރީ 2026
 ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކޯޓަށް ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު