Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަން ސިޔާމް ގްރޫޕު

ރައީސް މުއިއްޒުގެ ވެރިކަމުގައި ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މާލީ ގޮތުން ދަތިވެ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށް ސަރވިސް ޗާޖު ރުފިޔާ އިން ދޭން ނިންމައިފި

ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ރައީސް މުއިއްޒު ވަނީ ޑޮލަރު މާރު ކުރުން މަޖުބޫރު ކުރުވާފައި. ސަން ސިޔާމް ގުރޫޕުގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނީ، މި ގަވާއިދުގެ ސަބަބުން ކުންފުނީގެ ހިންގުމަށާއި މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެ މަޝްވަރާތަކުން މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 10:35
އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މާލީ ގޮތުން ދަތިވެ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށް ސާވިސް ޗާޖު ރުފިޔާbއިން ދޭން ނިންމައިފި އެވެ.

ބޭންކު ތަކަށް ޑޮލަރު މާރު ކުރުން، ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމު ކުރާ ބޭރު ފައިސާއާ ބެހޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. 

Advertisement - newsAdvertisement

އޭރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ދިޔައީ މި ބިލު ތަސްތީގު ނުކުރުމަށް ގޮވާލަމުންނެވެ. އެކަމުގެ ސަބަބުން ރިސޯޓުތަކަށް ވަރަށް ބޮޑަށް މާލީ ގޮތުން ދަތިވެ، އުދަނގޫވާނެ ކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. މިސިޔާސަތާއެކު މުވައްޒަފުންނަށް ދަތިވާނެ ކަމަށާއި، ޑޮލަރުގެ ކަޅުބާޒާރު ނައްތާ ނުލެވޭނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައި، ޑޮލަރު މާރު ކުރުން މަޖުބޫރު ކުރުވި އެވެ. 

ސަން ސިޔާމް ގުރޫޕުގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނީ، މި ގަވާއިދުގެ ސަބަބުން ކުންފުނީގެ ހިންގުމަށާއި މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެ މަޝްވަރާތަކުން މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށެވެ. 

އެހެންކަމުން 1 ޖެނުއަރީ 2026 އިން ފެށިގެން އެ ގްރޫޕުގެ ހުރިހާ ރިސޯޓުތަކެއްގެ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ސާވިސް ޗާޖު ބަހާނީ ދިވެހި ރުފިޔާއިން ކަމަށް ބުނެފައިވެ އެވެ. 

މި ނިންމުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ސަން ސިޔާމް ކުންފުނިން މުއައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ ސާރވިސްޗާރޖް ދިވެހި ރުފިޔާއިން ދޭގޮތަށް ނިންމި ނިންމުމަކީ ސަން ސިޔާމް ކުންފުނިން މިދިޔަ 25 އަހަރު ތެރޭގައި ނިންމި އެންމެ އުދަގޫ އަދި އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ނިންމި ނިންމުމެއް ކަމަށެވެ.

ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދަށް ގެނައި ބަދަލުތަކާއެކު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހެއްގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ނުވަތަ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މަގުން މާރުކުރަން މަޖުބޫރު ކޮށްފައިވަނީ ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދާ ފަރާތްތަކުގެ މަޝްވަރާއާ ލަފާތަކަށް ބެލުމެއް ނެތި ކަމަށް މެންބަރު އައްބާސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ގޮތްދޫނުކުރުމާއި، ބޮޑާކަން އިސްކޮށް، ގަދަބަސްބުނާ ސަރުކާރެއް ކަމަށެވެ. 

މީގެ އިތުރުން މެންބަރު އައްބާސް ވިދާޅުވީ، މިއީ މިސަރުކާރުން ފަތުރުވެރިކަމަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އާއިލާތަށް ކުޑަ ކަކުލަށް ތިރިކޮށް އާއިލާތަކަށް ދަތިކޮށް ބިކަ ކުރުމަށް ނިންމި ޖާހިލު އަމަލެއް ކަމަށެވެ.

މިއީ ރައްޔިތުންނަށް ދޮގުބުނާ މަކަރުވެރި އަނިޔާވެރިވާ އަދި ރައްޔިތުން މަގުމަތިކުރާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރު ސަރވިސް ޗާޖު ރުފިޔާ އިން ދިނުމަށް މިހާރު މަޖުބޫރު ވެފައިވާ ކަމަށް ބުނެފައިވެ އެވެ. 

ސަން ސިޔާމް ކުންފުނިން ސަރވިސް ޗާޖު ރުފިޔާއިން ދޭން ނިންމާފައިވާއިރު، މި ބަދަލާއެކު ބައެއް ރިސޯޓުތަކުން ވަނީ ލިބޭ މާލީ ގެއްލުން ކުޑަ ކުރުމަށް މީގެ ކުރިން ޑޮލަރުން މުސާރަ ދިން ނަމަވެސް މިހާރު ރުފިޔާ އިން މުސާރަ ދޭން ފަށާފަ އެވެ. އެރިސޯޓުތަކުގެ މަސައްކަތް ކުރާ މުވައްޒަފުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަށް މިހާތަނަށް މި ސަރުކާރުން އިޖާބަ ދީފައިނުވެ އެވެ. 

ސަން ސިޔާމް ގްރޫޕްމުހައްމަދު އައްބާސްޑޮލަރުގެ މައްސަލަމާލީ ސިޔާސަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ވިޔަފާވެރިންނާއި ބައްދަލުކުރެއްވުން: 2 އަހަރުވި އިރު ސަރުކާރުން ހައްލުކޮށްދިން ކަމެއް ނެތި ވިޔަފާރިވެރިން މާޔޫސްވެފައި

ރައީސް ވިޔަފާވެރިންނާއި ބައްދަލުކުރެއްވުން: 2 އަހަރުވި އިރު ސަރުކާރުން ހައްލުކޮށްދިން ކަމެއް ނެތި ވިޔަފާރިވެރިން މާޔޫސްވެފައި

18 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލު ނުކެރެވޭނެކަން ރޭކާލީ ނޭވާހޮޅިއަށް އެޅުނީމަ؟

ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލު ނުކެރެވޭނެކަން ރޭކާލީ ނޭވާހޮޅިއަށް އެޅުނީމަ؟

28 ނޮވެމްބަރު 2025
ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް

ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް

15 ނޮވެމްބަރު 2025
މަސައްކަތް ކުރަން ބޭނުންވާ ސާމާނު ނެތަސް ޅޮހީގައި ތިބި ސަރުކާރު މުވައްޒަފުންގެ އަދަދު 40 ހާ ގާތްކުރޭ: މެންބަރު އައްބާސް

މަސައްކަތް ކުރަން ބޭނުންވާ ސާމާނު ނެތަސް ޅޮހީގައި ތިބި ސަރުކާރު މުވައްޒަފުންގެ އަދަދު 40 ހާ ގާތްކުރޭ: މެންބަރު އައްބާސް

12 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު