Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާލީ ސިޔާސަތު

ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލު ނުކެރެވޭނެކަން ރޭކާލީ ނޭވާހޮޅިއަށް އެޅުނީމަ؟

ފިސްކަލް ޒިންމާގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ، މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު މަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން 2 އަހަރަށް ފަސްކުރުމަށް އިސްލާހު ހުށަހަޅާފައިވާ އިރު މި ޤާނޫނަށް އަމަލުކުރަން ފެށިތާ އަދި މިވީ ކުޑަ ދުވަސްކޮޅެކެވެ. މިހާ އަވަހަށް މި ބަދަލުތައް ގެނައުމުން އެނގެނީ ހިންގުންތެރިކަމެއް ނެތްކަމެވެ.

ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ނުވަނީސް ސަރުކާރުން އެ ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރަން ފެށިއެވެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 14:26
ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ފިސްކަލް ޒިންމާ ގެ ޤާނޫނަކީ މިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރި ޤާނޫނެކެވެ. އެ ދުވަހު ރައްޔިތުން ގެ މަޖިލީހުގައި ދެއްކި ވާހަކަ އަކީ މި ޤާނޫނާއި އެކު މި ސަރުކާރު މާލީ ގޮތުން ދެފުށް ފެންނަ ސަރުކާރެއް ގެ މިސާލު ޤާއިމްކުރާނެ ވާހަކަ އެވެ. އެއްވާނަކަށް ކީ ޅެމަކީ ކަންކަން ނުފޮރުވާނެ ކަމު ގެ ވާހަކަ އެވެ. އެމްޑީޕީ ސަރުކާރަށް ފާޑު ކިޔާ މި ސަރުކާރަށް ހުޝާމަދު ނުކުރާ މެމްބަރަކު އެ ދުވަހު މަޖިލީހުގައި މަދެވެ.

އެއްވާނަކަށް ރާސްލާފައި މި ޤާނޫނު ފާސްކުރި އިރު ހީވީ މިއީ މި ޤައުމު ގެ މާލީ ކުރިމަގު ބަދަލު ކޮށްލުމު ގެ ބިންގާހެންނެވެ. އަޅުގަނދު ވެސް ހުރި ނިކަން އުންމީދުތަކެއް އެހެންވީމަ ކޮށްގެންނެވެ.

އެކަމަކު ކަމަކު ދާކަށް ނެތެވެ. ކުއްލިއަކަށް މި ފެނުނީ ފިސްކަލް ޒިންމާ ގެ ޤާނޫނު ފާސްކުރިތާ އަހަރެއް ނުވަނީސް "ޗުކީ" ކިޔާފައި ބިލަށް އެއޮތީ އިސްލާހު ބަރި އެއް ފޮނުވާފަ އެވެ. ކީހާ ޅެންވީ ފަރިއްސަށެވެ. ކެނޑިހާ ފޮނި ދިޔައީ ޖައްވަށް، ހަވަޔަށް، ފަޒާ އަށެވެ.

އެ ޤާނޫނަށް އަމަލުކުރަން ފެށީ ޖޫން މަހު އެވެ. އެފަހުން އަދި މިއުޅެނީ ހަމަސް ދުވަސް ފުރިހަމަކޮށް ނުލެވިގެންނެވެ. އެ ގާނޫނުގައި ބުނާ ގޮތުން ފިސްކަލް ޒިންމާ ގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހު ގެ ތެރޭގައި ފިސްކަލް ޒިންމާ ގެ ޗާޓަރު އެކުލަވާލަން ޖެހޭނެ އެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ސަރުކާރުން މިހާތަނަށް ފުރިހަމަކޮށްފަ އެއް ނުވެ އެވެ.

އެކަން ކުރުމު ގެ ފަހު މުއްދަތަކީ އަންނަ ބުދަ ދުވަހު އެވެ. މި ހަފްތާގައި މި ފެނުނީ އިތުރު ޖަލްސާ އެއް ބާއްވައިގެން މި ޤާނޫނަށް އިސްލާހު ގެންނަ މަންޒަރެވެ. ނޭވާހޮޅިއަށް އެޅުމުން ތެޅިބާލާ މޭރުމުން ބިލު ފާސްކުރުމުން ދެން ވެސް ރައްޔިތު މީހާ ބުނަންވީ ހާދަހާވާ ރަނގަޅޭ ހާދަހާވާ މޮޅޭތޯ އެވެ؟

އިސްލާހު ހުށަހަޅީ ދައުލަތު ގެ ފިސްކަލް ޒިންމާ ގެ ގާނޫނު ގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާ ގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށެވެ. އިސްލާހު ހުށަހަޅާފައި ވަނީ ފިސްކަލް ޒިންމާ ގެ ޗާޓަރު އެކުލަވާލުމު ގެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށެވެ. އެހެންކަމުން ދެން އެ ޗާޓަރު އެކުލަވާލަން ޖެހޭނީ 3 ޑިސެމްބަރު 2026ގަ އެވެ.

މިވަރަކުން ނިމުނީކީ ނޫނެވެ. އާ އިސްލާހުގައި ބުނެފައިވާ ގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓުމެންޓު (ޕީއެސްއައިޕީ) ގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމުތައް ބަޖެޓުގައި ހިމެނުމު ގެ ކުރިން އެ ޕްރޮގްރާމުތަކު ގެ ފީޒިބިލިޓީ ވަޒަންކޮށް، އެ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އިގްތިސޯދީ އަދި މާލީ މަންފާ އާއި އިޖުތިމާއީ މަންފާ އަދި ހަރަދުތަކާއި އެ ޕްރޮގްރާމުތަކުން ލިބިދާނެ ގެއްލުންތައް ދައުލަތު ގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު ފިނޭންސް މިނިސްޓަރު ވަޒަން ކުރަންޖެހޭނެ ކަމަށް ބުނެފައިވާ މާއްދާއަށް ވެސް އެ މުއްދަތުގައި އަމަލު ކުރާކަށް ނުޖެހޭނެ އެވެ.

އެހެންވީމަ ތިމާމެން މާ މޮޅު ފަރިހިތަކެއް ކިޔާފައި އަމިއްލަ އަށް ފާސްކުރި ޤާނޫނަށް ވެސް އަމަލު ނުކުރެވުނީ އެވެ. މީ ގެ ފަހަތުގައި އޮތީ ކޮން ކަމެއްތޯ އެނގޭނީ ސަރުކާރު ގެ އަމަލުތައް ދެން ބަލަން ތިބި ބަޔަކަށެވެ. ހަމަ ގައިމުވެސް ހިންގުންތެރިކަމު ގެ ކަންފުޅެއް ވެސް ހުރި ނަމަ ޤަނޫނުގައި ބުނާ ގޮތަށް އަމަލު ނުކޮށް ތިބެފައި މިހާ ހުތުރުކޮށް އަމަލުކުރާކަށް ނުޖެހުނީސްތާ އެވެ. ޤާނޫނުގައި ބުނާ މުއްދަތު ހަމަ ވާން ދެ ދުވަހަށް ވީމައި މަޖިލީހު ގެ މެޖޯރިޓީ ބޭނުންކޮށްގެން ހިތު ހުރި ގޮތަކަށް ކަންކަން ކުރާކަށް ނުޖެހުނީސްތާ އެވެ.

ފިސްކަލް ޒިންމާގެ ގާނޫނުރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓަރުމާލީ ސިޔާސަތު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު