Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

ޖުލައި 10 ގެ ނިޔަލަށް ކެޕިޓަލް ޚަރަދުތައް ކުރީ އަހަރާ އަޅާ ބަލާއިރު 63% ވަނީ ދަށަށް ގޮސްފައި

ރާއްޖެ އެމްވީ | 18 ޖުލައި 2025 | ހުކުރު 12:39
ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތުގައި ބޭނުން ކުރާ އެކްސްކަވޭޓަރެއް އެރަށުގެ ގޮނޑުދޮށުގައި

ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތުގައި ބޭނުން ކުރާ އެކްސްކަވޭޓަރެއް އެރަށުގެ ގޮނޑުދޮށުގައި

ރާއްޖޭގައި މިހާތަނަށް ފާސް ކުރި އެންމެ ބޮޑު ދައުލަތުގެ ބަޖެޓް 2025 ވަނަ އަހަރަށް ފާސް ކޮށްފައި ވާއިރު، ބަޖެޓުން ތަރައްގީ އަށް ކުރާ ޚަރަދު ބޮޑު ތަނުން ދަށަށް ހިނގައްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަ ވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަ ކުރި ހިސާބުތަކުގައިވާ ގޮތުން ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 2025 ވަނަ އަހަރުގެ ޖުލައި 10 ގެ ނިޔަލަށް ދިވެހި ސަރުކާރުގެ ކެޕިޓަލް ޚަރަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ބޮޑެތި އުމްރާނީ މަޝްރޫޢުތަކަށް ކުރެވޭ އިންވެސްޓްމަންޓްތައް ހިމެނެނީ ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އެންމެ ފަހުން ނެރުނު ހަފްތާގެ މާލީ ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 5.83 ބިލިއަން ރުފިޔާ ގެ ކެޕިޓަލް ޚަރަދު ކޮށްފައި ވާއިރު މި އަހަރު މިހާތަނަށް ޚަރަދު ކޮށްފައި ވަނީ 2.14 ބިލިއަން ރުފިޔާ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 63% ގެ ދަށްވުމެކެވެ.

ސަރުކާރުގެ ކެޕިޓަލް ޚަރަދުގެ ތެރެއިން ބޮޑު ބައެއް އާންމުކޮށް ހިއްސާ ކުރާ އުމްރާނީ ވަސީލަތްތަކަށް ކުރެވޭ ޚަރަދު ފާހަގަ ވަނީ އެންމެ ބޮޑަށް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައެވެ. މި ޚަރަދު 2024 ވަނަ އަހަރުގެ ޖުލައި މަހު 2.8 ބިލިއަން ރުފިޔާ އިން މިއަހަރުގެ ޖުލައި 10 ށް، 1.21 ބިލިއަން ރުފިޔާ އަށް ދަށަށް ގޮސްފައިވެއެވެ. ހަމަ އެހެންމެ، ބިންބިމާއި ޢިމާރާތްތަކަށް ކުރެވޭ އިންވެސްޓްމަންޓްތައް ވެސް ވަނީ މި މުއްދަތުގައި 2.77 ބިލިއަން ރުފިޔާ އިން 582.1 މިލިއަން ރުފިޔާ އަށް ދަށަށް ގޮސްފައެވެ.

ބަޖެޓު ގައި ހިމެނޭ އުމްރާނީ ތަރައްޤީގެ މައިގަނޑު ބައި ކަމުގައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ޚަރަދަތުތަކަށް ބަލާއިރު ވެސް މި ދަށްވުން ފެންނަން އެބަހުއްޓެވެ. ޕީ.އެސް.އައި.ޕީ ބަޖެޓުގެ ބޭނުން ކޮށްފައިވާ މިންވަރު ވޭތުވެދިޔަ އަހަރުގެ ޖުލައި އަށް 5.27 ބިލިއަން ރުފިޔާ ގައި ހުރި އިރު، 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމަ އަށް 2.07 ބިލިއަން ރުފިޔާ އަށް ވަނީ ވެއްޓިފައެވެ.

ތަރައްގީގެ ބައިތަކުން ޚަރަދު ކުރުން ބޮޑު ތަނުން މަޑު ޖެހިފައިވާ އިރު، އަނެއް ކޮޅުން، މުސާރަ އާއި، އިދާރީ ޚަރަދުތަކާއި، ހިންގުމުގެ ޚަރަދުތައް ހިމެނޭ ރިކަރަންޓް ޚަރަދު ތައް ވަނީ މައްޗަށް ގޮސްފައެވެ. އެ ގޮތުން މުސާރަ އާއި ޕެންޝަން ގެ ގޮތުގައި 2024 ވަނަ އަހަރުގެ ޖުލައި މަހު 6.72 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވާއިރު، 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމަ އަށް 7.19 ބިލިއަން ރުފިޔާ އަށް ޚަރަދު ވަނީ އިތުރު ވެފައެވެ.

މި މުއްދަތުގައި ބަޖެޓުގެ އަރަނި 1.36 ބިލިއަން ރުފިޔާ ގެ ގޮތުގައި ދައްކާ އިރު، މިއީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދުތައް މަދުކޮށްފައި ވާތީ ފެންނަ އަދަދެއް ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑުތަނުން އިތުރުވެފައި ވާއިރު، މަޝްރޫއު ތައް ނުހިނގާތީ ރަށް ރަށުގެ ވިޔަފާރިތަކަށް ވެސް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށް ވިޔަފާރިތައް ހިންގާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑަގަންނަވަން ހިންގެވި ކެމްޕޭން ގައި ވިދާޅުވެފައި ވަނީ ފަށާފައި ހުރި އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށެވެ.

ސަރުކާރުން މި މުއްދަތުގައި ބަޖެޓް ސަރޕްލަސް ގެ ގޮތުގައި ހާމަ ކުރި އިރު، ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ނުދޭ މައްސަލަ ވެސް ވަނީ ބޮޑު ވެފައެވެ.

ބައެއް ފަރާތްތަކުން ގެންދަނީ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުގެ ގާބިލު ކަން ހުރި މިންވަރާ މެދުވެސް ސުވާލު އުފައްދަމުންނެވެ.

ރާއްޖޭ ގެ ތަރައްގީ މަޑު ޖެހުމަކީ ކުރިމަގު ގެ އިގްތިސާދީ ދުވެއްޔަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ރައީސް މުއިއްޒުގެ ޕާޓީ، ޕީއެންސީ ގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރުން ހުށަހެޅި ގޮތައް މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްދީފަ އެވެ.

ތަރައްގީ އަށް ކުރާ ޚަރަދުތައް ދަށްވެފައި ވާއިރު، މީގެ ކުރިއާ ޚިލާފަށް މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ފްރޮޖެކްޓް ތަކުގެ ތަފްސީލު ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައެއް ނުވެއެވެ.

ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާ ފާސްކޮށްފައި ވާއިރު އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ. ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގެ އިގުތިސާދު ގައުމީ ތަރައްގީރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުބަޖެޓް 2025މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ގާއިމްކޮށްފައިވާ ކަމަށް ބުނެ އޮޅުވާލަނީ

ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ގާއިމްކޮށްފައިވާ ކަމަށް ބުނެ އޮޅުވާލަނީ

01 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

13 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު