Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިސާ ޗާޕްކުރުން

ފައިސާ ޗާޕު ކުރަން އެ އުޅެނީ ސަރުކާރުގެ އިގްތިޞާދީ އަދި މާލީ ސިޔާސަތު އެއްކޮށް ފެއިލްވެ، ގޮތް ހުސްވެގެން: އަމީރު

ބޭރުން ހޯދަން ބުނި އެއްވެސް އެހީ އެއް ނުލިބޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 އޮކްޓޯބަރު 2025 | އަންގާރަ 00:39
 ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އޮޅުވާލައިގެން, ވަގަށް ފައިސާ ޗާޕުކުރަން އެ އުޅެނީ ސަރުކާރުގެ އިގްތިޞާދީ އަދި މާލީ ސިޔާސަތު އެއްކޮށް ފެއިލް ވެ ގޮތް ހުސްވެގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ މި ސަރުކާރުގެ މާލީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ނެވެ.

Advertisement - newsAdvertisement

ފައިސާ ޗާޕު ނުކުރުމަކީ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެކެވެ. ރައީސް މުއިއްޒު އޭރު ވިދާޅުވަމުން ގެންދެވީ ކަންކަން ކުރެވޭ ވަރަށް ދައުލަތައް ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށާއި ލޯނު ނެގުމާއި ފައިސާ ޗާޕުކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތަށް ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވީ އެ ކަންކަން ނުކޮށް ފައިސާ ހޯދަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކަންކަން ކުރަން ބޭނުންވާ ބޭރުގެ އެހީތެރިކަން ވެސް ހުރީ ހަމަ ޖެހި ނިމިފައި ކަމުގައެވެ. އަދި މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ ވި ވާހަތަކަށް އަލިއަޅުއްވާލައްވަމުން އަމީރު ވިދާޅުވީ ރައީސް މުއިއްޒު ވޭތުވެދިޔަ ދެ އަހަރު ދުވަހުގައި ވެސް ކީ ލަވަޔަކީ އެއްގޮތަކަށް ވެސް ފައިސާ ޗާޕު ނުކޮށް ސަރުކާރު ހިންގާނެ ކަމުގެ ވާހަކަތައް ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެން މިދަނީ އެކި ގޮތްގޮތުން އޮޅުވާލައިގެން އެކި ނަންނަމުގައި މަކަރާއި ހީލަތުން ރައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތަން ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރު ދުވަހަށް ބަލާއިރުގައި ސަރުކާރު އޮތީ ވަރަށް ބަލިކަށިވެފައި ކަމަށެވެ. އެގޮތުން މިހާރު އޮތީ ސަރުކާރު އެއްކޮށް ހުއްޓޭ ހިސާބަށް ގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މިއަދު އޮޅުވާލައިގެން ފައިސާ ޗާޕުކުރަން އެ އުޅެނީ ސަރުކާރުގެ އިގްތިޞާދީ އަދި މާލީ ސިޔާސަތު އެއްކޮށް ފެއިލް ވެ ގޮތް ހުސްވެގެން ކަމަށެވެ. އަދި މިއަދު މި ސަރުކާރަށް އެ ނޫން އެހެން އެއްވެސް ގޮތެއްް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

2024 ވަނަ އަހަރުގެ ބަޖެޓަށް ވެސް ސަރުކާރުން ފައިސާ ހޯދާނެ ގޮތްތަކެއް ކަމަށް ކަނޑައަޅާފައި ފާސްކުރި. އަދި އޭގެ އިތުރުން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ބޭރުން ގެންނާނެ ކަމަށް ފާހަގަކުރި އެއްވެސް ފައިސާއެއް ބޭރުން ނުލިބޭ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ ގާތްގަނޑަށް 432 މިލިއަން ޑޮލަރު ބޭރުން ބަޖެޓު ފައިނޭންސިންގ އަށް ހޯދާނެ ކަމަށް ބަޖެޓުގައި އެބަ އޮތް. އެކަމަކު އޭގެން އެއްވެސް ޑޮލަރެއް ނުލިބޭ. އެހެންވީމާ މި ދެ އަހަރު މިދިޔައީ ބޭރުން މި ސަރުކާރަށް އެއްވެސް ފައިސާއެއް ނުލިބި. އެއްވެސް ދިމާލަކުން ފައިސާއެއް ނުލިބުނު. ދެން މި ފެނިގެން ދަނީ ސަރުކާރުގެ އިގްތިޞާދީ އަދި މާލީ ސިޔާސަތު މުޅިން ފެއިލްވެގެން ދާތަން.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ ޕްރައިވެޓް ސެކްޓަރ ގެ ފިޔަފާރިތައް ވެސް މުޅިން ބަނގުރޫޓުވެ، ފަތުރުވެރިކަމުގެ ސިނާއަތް ފިޔަވައި ރާއްޖޭގެ ހުރިހާ ސިނާއަތް ތަކެއް މިހާރު ދަނީ ވަޅުޖަހަމުން ކަމަށެވެ.

އިބްރާހިމް އަމީރުފައިސާ ޗާޕްކުރުންމާލީ ސިޔާސަތުއިގްތިސާދީ ސިޔާސަތުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި

10 ޑިސެމްބަރު 2025
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު