Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީގެ އެއްބަސްވުން

މެސީގެ އެއްބަސްވުމުގައި ސޮއިކުރީ އޭނާގެ ބައްޕަ: ބާސެލޯނާ

16 ސެޕްޓެމްބަރު 2017 | ހޮނިހިރު 02:50

މެސީގެ ކެރިޔަރު ނިންމާލަން އޭނާ ބޭނުންވަނީ ބާސާގައި

ލީވާން އަލީ
ލީވާން އަލީ | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 02:50
ބާސާ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ

ބާސާ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ

ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން އާ އެއްބަސްވުމުގައި ސޮއިކުރީ އޭނާގެ ބައްޕަ ޖޯޖް ހޮރަސިއޯ މެސީ ކަމަށް އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓެމިއު ވިދާޅުވެއްޖެއެވެ.

ބާސާގައި 2021 ވަނަ އަހަރުގެ ނިޔަލަށް މެސީ މަޑުކުރަން އެއްބަސްވެފައިވާކަމަށް އެ ކްލަބުން މިދިޔަ ޖުލައި މަހު ހާމަކޮށްފައިވާއިރު، އެ ކްލަބުން ބުނަމުންދިޔައީ ވަރަށް އަވަހަށް އެއްބަސްވުމުގައި މެސީ ސޮއިކުރާނެ ކަމަށެވެ.

އެހެންނަމަވެސް ބާސާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބާޓެމިއު ވިދާޅުވީ، މެސީގެ އެއްބަސްވުމުގައި ސޮއިކުރީ އޭނާގެ ބައްޕަ ކަމަށާއި، މިހާރު ހަމައެކަނި ނުކުރެވި އޮތް ކަމަކީ ފޮޓޯއެއް ނެގުން ކަމަށެވެ.

މިކަމާ ގުޅިގެން މެސީ އަދި އޭނާގެ ބައްޕަވެސް އެއްވެސް ރަސްމީ އެއްޗެއް ބުނެފައިނުވާއިރު، ބާސާ އާއި މެސީއާ މެދު މައްސަލަ އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އޭނާ އެ ކްލަބް ދޫކޮށް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ބަދަލުވާން އުޅޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދާދިފަހުން މެސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، ކެރިއަރު ނިންމާލަން އޭނާ ބޭނުންވަނީ ބާސާގައި ކަމަށާއި، އެއީ އަބަދު ވެސް އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. ބާސެލޯނާގެ ޔޫތު އެކަޑަމީއިން ތަމްރީން ވެފައިވާ މެސީ ވަނީ މިހާތަނަށް އެ ކުލަބާއެކު ސްޕެނިޝް ލީގު 8 ފަހަރު، ސްޕެނިޝް ކަޕް 5 ފަހަރު، އަދި ޗެމްޕިއަންސް ލީގު 4 ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ

21 އޯގަސްޓު 2017
އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ
29 ޖޫން 2017

އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި

29 ޖޫން 2017
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
13 ޖޫން 2017

ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި

13 ޖޫން 2017
ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި
05 ޖޫން 2017

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

05 ޖޫން 2017
މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން
31 މެއި 2017

ދެ އަހަރު އާސެނަލްގައި މަޑުކުރަން ނިންމައި، ވެންގާ އެއްބަސްވުމުގައި ސޮއިކޮށްފި

31 މެއި 2017
ދެ އަހަރު އާސެނަލްގައި މަޑުކުރަން ނިންމައި، ވެންގާ އެއްބަސްވުމުގައި ސޮއިކޮށްފި
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް