Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންތޮނީ މާޝިއާލް

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

5 ޖޫން 2017 | ހޯމަ 19:45

މާޝިއާލް ބޭނުންވަނީ ޔުނައިޓެޑުގައި ދިގު މުއްދަތެއް ހޭދަކުރަން

ލީވާން އަލީ
ލީވާން އަލީ | 5 ޖޫން 2017 | ހޯމަ 19:45
އެންތޮނީ މާޝިއާލް (ކ) އަދި މާކަސް ރަޝްފަޑް (ވ)

އެންތޮނީ މާޝިއާލް (ކ) އަދި މާކަސް ރަޝްފަޑް (ވ)

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއަލް ބޭނުންވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތް ދެ އަހަރު ޔުނައިޓެޑުގައި މަޑުކުރަން ކަމަށް އޭނާގެ އެޖެންޓް ފިލިޕޭ ލެމްބޯލޭ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ފިލިޕޭ ބުނީ ޔުނައިޓެޑާއެކު މާޝިއަލް ހަދާފައިވާ އެއްބަސްވުމުގައިވާގޮތުން ބާކީ ދެ އަހަރު އެބަ އޮތް ކަމަށާއި، އެގޮތުން އިތުރު ކްލަބަކަށް ބަދަލުވާން އޭނާ ބޭނުންނުވާ ކަމަށެވެ.

އެހެންނަމަވެސް އޭނާ ބުނީ މާޝިއަލް ކްލަބުގައި ބަހައްޓަން ކްލަބުން ބޭނުންނުވާނަމަ ކްލަބް ދޫކޮށްލަން މާޝިއަލް ހުރީ ތައްޔާރަށް ކަމަށާއި، އޭނާ ހޯދުމަށް ބައިވަރު ހުށަހެޅުންތައް މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން މާޝިއަލް ބުނީ ސަޕޯޓަރުން އަދި ކްލަބް އުފާކޮށްދިނުމަށްވެސް އޭނާ މަސައްކަތްތަކެއް ކުރާ ކަމަށާއި، ކްލަބުގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން އެކަން އެގޮތަށް ވުމަށް އެދޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 21 އަހަރުގެ މާޝިއަލް ކެރިއަރު ފެށީ ފްރާންސްގެ އޮލިމްޕިކް ލިއޯން އިންނެވެ. އެޓީމުގައި ސީޒަނެއް ހޭދަކުރުމަށްފަހު ދެން އޭނާ ބަދަލުވީ މޮނާކޯއަށެވެ. އޭނާ ވަނީ އެ ކްލަބުގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 70 މެޗުގައި 15 ލަނޑު ކާމިޔާބުކޮށް މަޝްހޫރު ކްލަބްތަކުގެ ސަމާލުކަން ހޯދާފައެވެ.

އޭނާ ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެގޮތުން މިވީތަނަށް އޭނާ އެ ކްލަބަށް ކުޅުނު 91 މެޗުގައި 25 ލަނޑު ކާމިޔާބުކޮށްފައިވާ އިރު، އޭނާ ވަނީ، އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑްވެސް އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

4

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް