Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

ސޮއި ކުރީ އީގަލްސް، ޔޫވީ އަދި ގްރީން ސްޓްރީޓްސް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 3 އެޕްރީލު 2017 | ހޯމަ 12:38
ކުންފުނިތަކާ ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބަކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ކުންފުނިތަކާ ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބަކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ކްލަބުތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެފްއޭއެމްގެ ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބަކާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކްލަބުތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ކުންފުނިތައް ހަމަޖައްސައި ގުރުލާފައި ވަނީ މިދިޔަ މާޗު މަހުގެ 2 ވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގައި މިހާތަނަށް ސޮއި ކޮށްފައި ވަނީ ކްލަބު ގްރީން ސްޓްރީޓާއި ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބު އީގަލްސް އެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުގައި މިހިނގާ ހަފްތާގެ ތެރޭގައި ހުރިހާ ކްލަބްތަކަކާއެކު އެއްބަސްވުމުގައި ސޮއި ކުރެވޭނެ އެވެ.

ފުރަތަމަ ޑިވިޝަންގެ އިތުރުން އެފްއޭއެމުން ވަނީ އާދިއްތަ ދުވަހު ދެވަނަ ޑިވިޝަންގެ ދިހަ ކްލަބަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ކުންފުންޏަކާއި އެ ކްލަބުތައް ހަވާލުކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދެވަނަ ޑިވިޝަންގެ ކުޅުން މި މަހުގެ 10 ވަނަ ދުވަހު ފެށުމުގެ ކުރިން އެ ކްލަބުތަކާއެކު ވެސް ކުންފުނިތަކުން އެއްބަސްވުމަކަށް އަންނާނެ ކަމަށެވެ.

މިއަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސްޕޮންސަރަކަށް އެލައިޑް އިންޝިއުރެންސް ހަމަޖެހިގެންދި އިރު، މިދިޔަ އަހަރުގެ ދިވެހި ލީގު ޗެމްޕިއަން މާޒިޔާ އާއި ހަވާލުވާނީ މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ. ފާއިތުވި ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރި ކްލަބު އީގަލްސްގެ ސްޕޮންސަރަކަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ހަމަޖެހިގެންދިޔަ އިރު، ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ސްޕޮންސަރަކަށް ހަމަޖެހިފައި ވަނީ މޯލްޑިވް ގޭސް އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް އެވެ. އަދި ފާއިތުވި ސީޒަންގެ އެފްއޭކަޕްގެ ޗެމްޕިއަން ކްލަބު ވެލެންސިޔާ އަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ހަމަޖެހިގެންދިޔަ އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ސްޕޮންސަރަކަށް ހަމަޖެހުނީ ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އަދި މިއަހަރުގެ ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުތް ކްލަބު ގްރީން ސްޓްރީޓުގެ ސްޕޮންސަރަކަށް ހަމަޖެހުނީ މޯލްޑިވިއަން އެވެ.

ދިވެހި ޕްރިމިއަރ ލީގަށް ކުރިޔަށް އޮތް ސީޒަނުގައި ކޮލިފައިނުވާ ކްލަބްތަކަށް ދެ މިލިއަން ރުފިޔާ ލިބޭ އިރު، އޭގެ ތެރެއިން ކޮލިފައިވާ ކްލަބްތަކަށް އިތުރަށް އެއް މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ. މީގެ އިތުރުން އަތޮޅު ތެރެއިން އަންނަ ޓީމުތަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމާފަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު