Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ޖަޕާން

ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ޖަޕާނުގެ ބޮޑުވަޒީރުކަމަށް ސަނޭ ޓަކައިޗީ އިންތިޚާބުވުމަކީ އެކަމަނާގެ ލީޑަރޝިޕަށް އޮތް އިތުބާރު ހާމަވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވި. ދެޤައުމުގެ ގުޅުމަށް 60 އަހަރު ފުރޭއިރު، ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި.

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 11:24
ޖަޕާންގެ ބޮޑު ވަޒީރު ސަނައޭ ޓަކައިޗީ.

ޖަޕާންގެ ބޮޑު ވަޒީރު ސަނައޭ ޓަކައިޗީ. | ރޮއިޓާސް

ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހަރ އެކްސަލަންސީ ސަނޭ ޓަކައިޗީ، އަލުން އިންތިހާބުކުރުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.

ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލިހުން އެކަމަނާ އައު ދައުރަކަށް ހޮއްވެވުމަކީ ބޮޑުވަޒީރުކަމުގެ ލީޑަރޝިޕާއި ތަޖުރިބާއާއި ޤާބިލުކަމާއެކު، އެކަމަނާގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަން ދައްކުވައިދޭ ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުމަށް 2027 ވަނަ އަހަރު 60 އަހަރު ފުރޭކަން ފާހަގަކުރައްވައި، ޖަޕާނުން ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ދިވެހި ރައްޔިތުން އެކަމަކަށް، އިޚްލާޞްތެރިކަމާއެކީ ޝުކުރުވެރިވާ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ.

އަދި، ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ދެޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކާ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ޖަޕާނުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

މަސްދަރު: ރައީސް އޮފީސް

ސަނައޭ ޓަކައިޗީޑރ. މުޙައްމަދު މުޢިއްޒުޖަޕާންރާއްޖެ-ޖަޕާން

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026
ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް
19 ފެބުރުއަރީ 2026

ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

19 ފެބުރުއަރީ 2026
ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"
18 ފެބުރުއަރީ 2026

ބަރުބަރީ މިސްކިތް ހުޅުވައިފި

18 ފެބުރުއަރީ 2026
ބަރުބަރީ މިސްކިތް ހުޅުވައިފި
16 ފެބުރުއަރީ 2026

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު
16 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި

16 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު